އެމެރިކާގެ އެކްޓްރެސް ޖެނީ މެކާތީ އަކީ އެކްޓަރެއްގެ އިތުރުން ވެކްސިން ދިނުމާއި ދެކޮޅަށް ވަރަށް ބޮޑަށް ވަކާލާތު ކުރާ އެކްޓިވިސްޓެކެވެ. އެއީ ސައިންސުން ފެންނަން ހުރި ކިތަންމެ ހަޤީޤަތަކާއި ހިލާފަށް އޭނާ ކުރަމުން ގެންދާ ކަމެކެވެ.

ނަމަވެސް މިހާރު އެފަދަ ހަޤީޤަތްތައް ފެންނަން ހުއްޓާ ވެސް ޖެނީ އެހަޤީޤަތް ގަބޫލު ނުކުރަނީ ކީއްވެ ކަން އެބައެނގެއެވެ. އެއީ ފެންނަން ހުންނަ ކަންކަން ދެނެގަތުން އޭނާ އަށް ކޮންމެވެސް ވަރަަކަށް އުނދަގޫވާތީއެވެ. ނުވަތަ ފެންނަން ހުންނަން ކަންކަން ވެސް ގަބޫލު ނުކުރެވޭތީއެވެ.

ހެއްކަކީ ދާދިފަހުން ގެއިން "ޖިންނިއެއް" ފެނިގެން ޖެނީ އުޅުނު ގޮތެވެ. "ޖިންނި" ގެއަށް ވަދެ ޕިއާނޯ ކުޅުނު އަޑު ޖެހީ އަށް އިވުނެވެ. ޖިންނި އަތުލައިގަންނަން އޭނާ ވަނީ ގޭގައި ހުރި ސެކިއުރިޓީ ކެމެރާ ބަލާފައެވެ.

ނަމަވެސް އޭނާ އަށް ލިބުނީ ހައިރާން ކަމެކެވެ. ގެއަކަށް ޖިންނިއެއް ނުވަދެއެވެ. އަދި މީހަކު ވެސް ނުވަދެއެވެ. ޖެނީ އަށް އަޑުއިވުނީ ގޭގައި ހުރި "ގޫގުލް ހޯމް" އިން ޕިއާނޯގެ ރާގު ކުޅެލި އަޑެވެ.

HAUNTED! Just happened in my house! I had to look at the security tape to prove it. Ahh!!

Posted by Jenny McCarthy on Monday, 16 July 2018

ގޫގުލް ހޯމް އަކީ ސްޕީކަރެއްގެ އިތުރުން ވޮއިސް އެސިސްޓެންޓެކެވެ. ރަހުމަތްތެރިންނަށް ފޯނު ކޮށްދިނުމުގެ އިތުރުން ކުރާ ސުވާލު ތަކަށް ވެސް ފަސޭހައިން ޖަވާބު ދެއެވެ. ދޮރުވާނެއްގެ އިތުރުން ގޭގެ ސްމާޓް ލައިޓް ހުރި ނަމަ އޮންކޮށް އޮފް ކޮށްދިނުމުގެ ޒިންމާ ވެސް ގޫގުލް ހޯމް އިން އުފުލާނެއެވެ.

ގޫގުލް ހޯމް އިން ޕިއާނޯގެ އަޑު އިވިދާނެ ކަން ޖެނީ އަށް ނޭނގުމުން އޭނާ ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. އެވަރު އާދައިގެ ކަމެއް ނޭނގޭ މީހަކަށް ވެކްސިން ޖެހުމުގެ ގެއްލުން ބުނެދޭން ނޭނގޭނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކުރިމަތިވެފައިވާ ފާޑުކިޔުންތަކާއި ގުޅިގެން ޖެނީ އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު