އިންޑިޔާގެ ޖެއިޕޫރުގައި ދަރިފުޅު ރޭޕް ކުރި ކަމުގެ ކުށުގައި ބައްޕައަކަށް މަރުގެ ޙުކުމް އެޤައުމުގެ ކޯޓަކުން އިއްވައިފިއެވެ.

އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 40 އަަހަރުގެ ގިރިޝް ކުމާރަށް ޙުކުމްކޮށްފައިވަނީ އޭނާގެ 13 އަހަރުގެ ދަރިފުޅު ރޭޕްކުރިކަމުގެ ކުށުގެ ދަޢުވާގައެވެ. މިމީހާ އޭނާގެ ދަރިފުޅު ރޭޕްކޮށްފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ.

ކޯޓްގައި މިމީހާގެ އަނބިމީހާ ބުނެފައިވަނީ، އެދެމީހުންގެ ދަރިފުޅު ރޭޕް ކުރި މަންޒަރު ލޮލުން ފެނުނު ކަމަށާއި އޭނާގެ ފިރިމީހާއަކީ ބައްޕަގެ ކުލުނުގެ ތަންފުކެއްވެސް ނެތް މީހެއް ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް މިމީހާއަށް ފިޔަވަޅު އަޅާދިނުމަށް ކޯޓްގައި އޭނާގެ އަނބިމީހާ އެދިފައިވެއެވެ.

މިމައްސަލައިގައި އޭނާ، ދަރިފުޅު ރޭޕްކޮށްފައިވާ ކަމަށް މި މީހާވަނީ އެއްބަސްވެފައެވެ. މިމައްސަލައިގައި ކޯޓުން ނިންމީ އޭނާއަށް މަރުގެ ޙުކުމް އިއްވުމަށެވެ.

އިންޑިޔާގައި ރޭޕުކުރުމަކީ އާއްމުކަމަކަށްވާއިރު، ކޮންމަ ހަފްތާއަކުވެސް އެފަދަ ހިތްފަޅައިގެންދާފަދަ ވާހަކަތަކެއް ދަނީ އިވެމުންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން، އެޤައުމުގައި ކޮންމެ ދުވަހަކުވެސް މިފަދަ ޢަމަލެއް ހިނގާއިރު، މިފަދަ އެތައް ޢަމަލެއް، ރިޕޯޓު ނުކޮށްވެސް ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެ

    ރޭޕް ކުރަން މޮޔަވާވަރެއް ދޯ އަނބިމީހާ ހުއްޓަސް.. ކުޑަކުޑަ ވަގްތު ކޮޅެއްގެ ބޭކާރު ކަމަކަށް ދެން މިހާރު ރޭޕްއެއް ހަލާލްގޮތުގަސްވާކަށްނެތް.. ތީ ހިތުގެ ބޮޑު ބައްޔެއް ކަން ތި އިންޑިޔާ ބައިގަނޑަށް ކިޔަވައިދީ ހޭލުންތެރި ކުރަންވެއްޖެނު ދޯ