ސެމްސަންގް އެސް9 ނެރެފިއެވެ. ރޭ ބާސެލޯނާގައި ކުރިއަށްދާ ރަސްމިއްޔާތެެއްގައި ސެމްސަންގް އެސް9 ލޯންޗްކޮށްދިނީ ސެމްސަންގްގެ މޮބައިލް ހެޑު، ޑީޖޭ ކޮހްއެވެ.

ރޭގައި ސެމްސަންގް އިން އެސް9 ސީރީޒްގައި ދެ ފޯނެއްވަނީ ނެރެފައެވެ. އެއީ 5.8 އިންޗީގެ އެސް9 އާއި 6.2 އިންޗީގެ އެސް9 ޕްލަސްއެވެ. މީގެ ކުރިން ސެންސަންގްއިން ނެރެފައިވާ އެސް 8 އާ، މިފޯނާ މާބޮޑު ތަފާތެއް ނެތެވެ. ނަމަވެސް ކެމެރާގެ ކަނާތް ފަރާތުގައި އިންނަ ފިންގާ ޕްރިންޓް ސްކޭނާ، މި ފޯނުގައި ވަނީ ކެމެރާގެ ތިރިއަށް ޖައްސައިފައެވެ.

އެސް9 ގައި ހިމެނޭ ކެމެރާއަކީ ގެލެކްސީ ސީރީޒްގެ އެހެން ފޯނުތަކާއި އަޅާބަލާއިރު ކޮލެޓީ ކެމެރާއެކެވެ އެޕޭޗަރ ބަދަލު ކުރެވޭގޮތަށް ނެރުނު ފުރަތަމަ ފޯނުގެ ޝަރަފު ހޯދި މިފޯނުގައި ފޭޝަލް ރިކޮގްނިޝަން ފީޗާގައި ލޮލުގެ އައިރިސް ސްކޭން ކުރެވޭނެއެވެ. އެސް 9 ގައި އެއް ކެމެރާއިންނަ އިރު އެސް 9 ޕްލަސްގެ ފަހަތުގައި ނޯޓް 8 ގައިހެން ދެ ކެމެރާވެއެވެ.

އެސް9 ލޯންޗު ކޮށްފައިވަނީ އެންޑްރޮއިޑް އޯރިއޯ އޮޕަރޭޓިންގ ސިސްޓަމާއެކުގައެވެ. 64 ޖީބީގެ ސްޓޯރޭޖުގެެ މިފޯނުގައި މައިކްރޯ އެސްޑީ ކާޑުގެ ސުލޮޓެއްވެސް ވަނީ ހިމަނާފައެވެ.

ފޯނަށް ޕްރީ އޯޑާކުރުމުގެ ފުރުސަތު އަންނަ މަހުގެ ދެވަނަ ދުވަހު ހުޅުވާލާނެއެވެ. އަންނަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ފިހާރަތަކުން އާންމުކޮށް ގަންނަން ލިބެން ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދުފދސފސ

    އެސް އެއިޓް އނެއްކާ ނެރުނީ ދޯ. ލޮލް

    • ކޮއްމެސް މީހެއް

      ސާބަހޭ 9. ލިޔަން ކިޔަން ވެސް ނޭނގެނީ ދޯ. ލޮލް