ބަރުދަން ލުއި ނުކުރެވިގެން އުޅެނީ ބަރުދަން ލުއި ކުރުމަށް ބޭނުންވާ މަސައްކަތް ކުރުމަށް ވަގުތު ނުވެގެން ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕްގެ ބަރުދަނުގައި ގާތްގަނޑަކަށް 95 ކިލޯ ހުރެއެވެ. ޑޮކްޓަރުން ލަދޭ ދެއްވާ ގޮތުގައި ޓްރަމްޕް ސިއްހަތު ރަނގަޅު މީހެއްގެ ގޮތުގައި ހުރުމަށް ބަރުދަނުން އަދި ހަކިލޯ އާއި ނުވަ ކިލޯ އާއި ދެމެދުގެ މިންވަރަކަށް ލުއި ކުރަން ޖެހެއެވެ.

ބަރުދަން ލުއި ކުރަން ޑޮކްޓަރު ލަފާދޭ ކޮންމެ ފަހަރަކު ވެސް ޓްރަމްޕް ވަނީ ބަރުދަން ލުއި ކުރަން ކުރަންޖެހޭ މަސައްކަތް ކުރުމަށް ވަގުތު ނެތް ކަމަށް ވިދާޅުވެ ބަރުދަން ލުއި ކުރަން އެއްވެސް ކަމެއް ކުރަން ދެކޮޅު ހަދާފައެވެ.

އެމެރިކާގެ ގިނަ މީހުންނާއި ހިލާފަށް ޓްރަމްޕް އަކީ އެއްވެސް ވަރަކަށް ބަނގުރާ ބޯ މީހެއް ނޫނެވެ. އަދި ދުންފަތުގެ އިސްތިއުމާލެއް ވެސް އެއްވެސް ވަރަކަށް ނުކުރެއެވެ. އެއީ ޓްރަމްޕްގެ ޑޮކްޓަރުންނަށް އޮތް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ނަމަވެސް ޓްރަމްޕް އެންމެ ގަޔާވާ ކެއުމަކީ ފާސްޓް ފުޑެވެ. ހާއްސަކޮށް ބަގާ ކެއުމަށް ޓްރަމްޕް ވަރަށް ބޮޑަށް ލޯބި ކުރެއެވެ. ބާގާގެ އިތުރުން ޓްރަމްޕް ދެން އެންމެ ގަޔާވަނީ އައިސްކްރީމަށެވެ.

އެމެރިކާގައި 2024 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޓްރަމްޕް ވާދަކުރާނެ ކަމަށް ވަރަށް ގިނަ ތަޖުރިބާކާރުން ލަފާކުރެއެވެ. އެހެންކަމުން ޓްރަމްޕް ސިއްހަތައް ހާއްސަ ސަމާލުކަމެއް ދިނުމަކީ އޭނާގެ ސަޕޯޓަރުންގެ ވެސް ވަރަށް ބޮޑު އެދުމެކެވެ. ނަމަވެސް ޓްރަމްޕްގެ ޑޮކްޓަރު ބުނާ ގޮތުގައި ޓްރަމްޕް ސިއްހީ ކަންކަމަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކިޔު

    ހެހެހެ. މަޖާމީހެއް. ހުއްޓިހުރިލެއްވެސް މަޖާ. ހެހެހެ.