ގިނަ މީހުންނަށް ފައިދިގު މަކުނަކާއި ވައްތަރު ޖަނަވާރެއް ކަނޑުގެ އެންމެ އަޑީގައި ދިރިއުޅެޔޭ ބުނުމުން ގަބޫލުކުރަން ދަތިވިޔަސް މިއީ ހަގީގަތުގައިވެސް ކަނޑުގެ އަޑީގައި ދިރިއުޅޭ ޖަނަވާރެކެވެ. ފައިދިގު މަކުނަކާއި ވައްތަރުވުމުގެ ސަބަބުން މިއަށް ނަންދެވިފައިވަނީ ކަނޑުގެ ފައިދިގު މަކުނު ނުވަތަ "ސީ ސްޕައިޑަރ" ގެ ނަމުންނެވެ. އެއްގަމުގައި ދިރިއުޅޭ ފައިދިގު މަކުނުހެން ސީ ސްޕައިޑާރގައިވެސް މުޅިއަކު އަށް ފައި ހުރެއެވެ.

އެހެންނަމަވެސް މިއީ ބައިލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް އޮންނަ ދެ ޖަނަވާރެއް ނޫނެވެ. ސީ ސްޕައިޑަރ އާދަޔާޙިލާފު އެއްޗަކަށްވާ ސަބަބުތަކުގެ ތެރެއިން އެއް ސަބަބަކީ އޭގެ ގިނަ ގުނަވަންތައް އޭގެ ފައިތަކުގެ ތެރޭގައި ވާ ކަމެވެ. މިގޮތުން ދަރިމައިވުމުގެ ނިޒަމާއި ކާ އެއްޗިހި ހަޖަމުކުރުމުގެ ނިޒާމުވެސް ވަނީ މި ޖަނަވާރުގެ ފައިތަކުގެ ތެރޭގައެވެ. މިކަމުގެ ސަބަބަކީ ސައިންސްވެރިން ބުނާގޮތުގައި ސީ ސްޕައިޑަރގެ މައި ހަށިގަނޑު ހިކިވުމުގެ ސަބަބުން މިފަދަ ގިނަ ގުނަވަންތައް މައި ހަށިގަނޑު ނުވަތަ އެބްޑޮމެންގެ ތެރެއަށް ފިޓްނުވާތީއެވެ. މި ޖަނަވާރު އޭގެ ފައި ބޭނުންކޮށްގެން ނޭވާލާއިރު، މީގައި ފުއްޕާމެއެއްވެސް ނުހުރެއެވެ. އަދި ސީ ސްޕައިޑަރ ދަރިމައިވަނީވެސް އޭތީގެ ފައިތައް ބޭނުންކޮށްގެންނެވެ.

ސީ ސްޕައިޑަރގެ 1300 ބާވަތް ދުނިޔޭގެ އެކި ކަނޑުތަކުގައި ދިރިއުޅޭނެކަމަށް ސައިންސްވެރިން ލަފާކުރާއިރު މި ޖަނަވާރުގެ އެހެން ބާވަތްތައް ހޯދުމަކީ އެކަށީގެންވާކަމެއްކަމުގައިވެސް އެފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

ތިރީގައި އެވަނީ މި ޖަނަވާރާ ބެހޭ ވީޑިޔޯއެކެވެ.

https://www.facebook.com/everythingexplainedshow/videos/573634862971874/

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިވެއްސެއް

    ވަގުތު ބޭފުޅުންނަށް ދަންނަވާލަން މިއީކީ ޖަނަވާރެއްނޫން، މިއީ ކަނޑުގައި އުޅޭ ސޫއްޕެކޭ ލިޔުނު ނަމަވެސް މާރަނގަޅުކަމަށް ފެނޭ