ދިވެހި އެތަށް ބަޔެއްގެ ހިތްތަކުންވެސް ޖާހަގަ ހޯދައިފައިވާ މަޝްހޫރު ޓީވީ ބަތަލް ސިދާތު ޝުކްލާ ހައްޔަރުކޮށްފިއެވެ.

މޮޑެލިންގެ ދާއިރާގައި ވެސް ހަރަކާތްތެރިވަމުން އަންނަ ސިދާތު ހައްޔަރު ކުރީ އޭނާ ދުއްވަމުންދިޔަ ބީއެމް ޑަބްލިއު ކާރު އެކްސިޑެންޓުވެ ތިން މީހަކަށް އަނިޔާވުމާއި ގުޅިގެންނެވެ. މިހާދިސާ ހިނގީ އިންޑިއާގެ މުންބާއީގައެވެ. އެކްސިޑެންޓްގައި ތިން މީހާކަށް އަނިޔާވި ނަމަވެސް އެމީހުންނަށް މާބޮޑު އަނިޔާއެއް ލިބިފައި ނުވާކަނަށް ޚަބަރުތައް ބުނެއެވެ.

ސިދާތު އެކްސިޑެންޓްވީ އޭނާ ދިރިއުޅޭ އެޕާޓްމެންޓް އަށް ދިޔަ މަގުމަތީގައި އެވެ.

މުމްބާއީގެ ފުލުހުން ބުނީ، އެހާދިސާ ހިނގިއިރު ސިދާތު ހުރީ މަސްތުގެ ހާލަތުގައި ނޫންކަމަށެވެ. މި ހާދިސާގައި ސިދާތު ދުއްވަން އިން ކާރަށް ވަނީ ބޮޑު ގެލުމެއް ވެފައެވެ. ފުލުހުން ސިދާތު ހައްޔަރުކޮށްފައިވަނީ އިއްޔެ ހަވީރު އެވެ.

ފުލުހުން ބުނީ ސިދާތު ހައްޔަރުކޮށްފައިވަނީ މީހުންގެ ފުރާނަށް ނުރައްކާވާނެހެން އަދި ފަރުވާކުޑަކޮށް ބާރަށް ދުއްވުމާއި ގުޅިގެންކަމަށާއި އަދި ޓްރެފިކްގެ ގާނޫނާއިވެސް ސިދާތު ހިލާފުވެފައިވާ ކަމަށެވެ.

ސިދާތު ދިވެހިންގެ ތެރޭގައި މަޝްހޫރު ވެގެން ދިޔައީ 2008 ވަނަ އަހަރު ސޮނީ ޓީވީ އިން ދެއްކި ޝޯ، ބަބުލް ކާ އާންގަން ޗޫޓޭ ނާ އިންނެވެ.

މީގެ އިތުރުން ސިދާތު ވަނީ އޭނާ ވަނީ ބަލިކާ ވަދޫ އާއި ހަތްރޯން ކީ ކިލާޅީ އަދި ޖަލަކް ދިކްލާޖާ އިން ވެސް ފެނިގެންގޮސްފައެވެ. އަދި ބޮލީވުޑްގެ ފިލްމު ހަމްޕްޓީ ޝަރްމާ ހި ދުލްހަނިޔާގައި ވެސް އާލިއާ ބަޓް އާއި ވަރުން ދާވަން އާއެކު މަސައްކަތްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު