އެމެރިކާގެ އަންހެނަކު އެގައުމުގެ ފާސްޓް ފުޑް ރެސްޓޯރެންޓެއް ކަމަށްވާ "ޗިކް-ފިލް-އޭ" ގެ އައުޓްލެޓެއްގައި ވިހެއުމުން އެއާއިލާ އަށް އުމުރު ދުވަހު ރެސްޓޯރެންޓުން ކެއުން ހިލޭ ދޭންށާއި ރެސްޓޯރެންޓަށް އުފަންވި ކުއްޖާ އަށް ވަޒީފާ ވެސް ދޭން ރެސްޓޯރެންޓުން ނިންމައިފިއެވެ.

ރެސްޓޯރެންޓަށް އުފަންވި ކުއްޖާގެ ބައްޕަ ރޮބަޓް ބުނީ އޭނާގެ އަންހެން ދަރިފުޅު އުފަންވި ތަނެއްކަމަށް އުފަންދުވަހުގެ ސެޓްފިކެޓްގައި "ޗިކް-ފިލް-އޭ" ޖެހުމުން ރެސްޓޯރެންޓުން އެކަމުގެ ބަދަލެއްގެ ގޮތުން ރެސްޓޯރެންޓުން އާއިލާ އަށް އުމުރު ދުވަހު ކާންދީ އަދި ދަރިފުޅަށް 14 އަހަރު ވުމުން ވަޒީފާ ވެސް ދޭނެކަން އަންގާފައިވާ ކަމަށެވެ.

ސަން އެންޓޯނިއޯގައި ހުންނަަ "ޗިކް-ފިލް-އޭ" ރެސްޓޯރެންޓަށް ރޮބޮޓް އާއި އޭނާގެ އަންހެނުން ފެލޮން މިދިޔަ އަންގާރަ ދުވަހު ދިޔައީ ވިހަން ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި ދެދަރިން ރަހުމަތްތެރިޔަކާއި ހަވާލު ކުރާށެވެ.

ނަމަވެސް ރެސްޓޯރެންޓް ކައިރީ މަޑުކޮށްލި ތަނުން ފެލޮންގެ ބަނޑުގައި ރިއްސައިގަނެ ފެންދުލި ފަޅައިގެން ދިއުމުން އަވަހަށް ރެސްޓޯރެންޓަށް ވަނީއެވެ.

ރެސްޓޯރެންޓްގެ މެނޭޖަރުގެ އެހީތެރިކަމާއި އެކު ރޮބޮޓް ވަނީ އަނބިމީހާ ވިއްސަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އަނބިމީހާ ނުވިއްސިގެން އުޅެނިކޮށް ސިއްހީ އެހީތެރިން އައެވެ. ޑޮކްޓަރުންނާއި ނަރުހުންގެ އެހީތެރިކަމާއި އެކު ފެލޮން ވިހާފައި ވަނީ "ޗިކް-ފިލް-އޭ" ރެސްޓޯރެންޓްގެ ފާހާނާ ތެރެއަށެވެ.

މީގެ ކުރިން ވެސް ފްލައިޓްގެ ތެރެއަށް ވިހާ މީހުންނަށް އެމީހުންގެ ދަރިންގެ އުމުރުން ވަކި ވަރެއް ވަންދެން ހިލޭ ދަތުރު ކުރެވޭނެ އިންތިޒާމް އެއާލައިންތަކުން ހަމަޖައްސައިދެއެވެ. ނަމަވެސް މިއީ ރެސްޓޯރެންޓަކަށް ކުއްޖަކު އުފަންވެ އުމުރު ދުވަހު ހިލޭ ކާން ލިބުމުގެ ފުރުސަތާއި ވަޒީފާ ފުރުސަތު ލިބުނު ފުރަތަމަ ފަހަރު ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު