އުމުރުން 21 އަހަރުގެ މުހައްމަދު އަޒީން އަކީ ރާއްޖޭގެ ސަގާފީ ކުޅިވަރުތަކަށާއި، ސަގާފީ އާދަތަކަށް ލޯބިކުރާ ޒުވާނެކެވެ. ހާއްސަ ގޮތެއްގައި ރާއްޖޭގެ ސަގާފީ ކުޅިވަރެއްގެ ގޮތުގައި ފާހަގަ ކޮށްލެވޭ ބޮޑުބެރަށް މި ޒުވާނާގެ ހިތުން ދެވިފައިވަނީ އާދައިގެ ލޯތްބެއް ނޫނެވެ. އޭނާ ދަނީ ބޮޑުބެރުގެ ދުނިޔެއިން އުސްމިންތަކަށް އެރުމަށް މަގުކޮށައި، ކުރި ހޯދަމުންނެވެ. އަޒީންގެ އުންމީދަކީ ވެސް ދާއިރާގައި ފާހަގަ ކޮށްލެވޭ ބެރުވެރިންގެ ތެރޭގައި ހިމެނުމެވެ. ހާއްސަކޮށް އެ ޒުވާނާ މިހާރު މަސައްކަތް ކުރަމުންދާ ބޮޑުބެރު ގްރޫޕްގެ "ލީޑް" ބެރުޖެހުންތެރިއަކަށް ވުމެވެ.

ކ. މާލެއަށް އުފަން އަޒީން ބުނީ ބޮޑުބެރުގެ ދުނިޔެއަށް އޭނާއަށް އެންމެ ފުރަތަމަ ވަދެވުނީ އުމުރުން 12 އަހަރުގައި ކަމަށެވެ.

"އުމުރުން 12 އަހަރުގައި ބެރުޖަހަން ފެށިގެން. އޭރު ބެރު ޖަހާނީ ސްކޫލް ޑެސްކްތަކާއި، ޑަބިޔާތަކުގައި،" އަޒީން ބުންޏެވެ.

އަޒީން ބުނި ގޮތުގައި، އޭނާ ބެރު ޖަހަން ދަސްކުރީ އަޑު އަހައިގެންނެވެ. ފެށުނީއްސުރެ ވެސް "ހަބޭސް" ގެ ލަވަތައް އަޑުއަހާ ކަމަށާއި، އެ ބެރުތައް އަމިއްލައަށް ޖަހައި ޕްރެކްޓިސް ކޮށްގެން ދަސްކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

ކުޑައިރުން ފެށިގެން ވެސް އަޒީން ބޭނުންވީ ބޮޑުބެރުގެ ދާއިރާއިން ކުރިޔަށް ދިއުމަށެވެ. މި އުންމީދު ހާސިލްކުރުމަށް އަޒީންއަށް ލިބުނު އެހީއަކަށް ވެގެން ދިޔައީ އުމުރުން 16 އަހަރު ފުރުން ފާހަގަކޮށް، އަޒީންގެ ދޮން ބައްޕަ ދިން ބެރެވެ.

"އެންމެ ފުރަތަމަ ޗިޅިޔާ ބޮޑުބެރު ގްރޫޕްގައި އުޅުނީ. ދެން އޭގެ ފަހުން ބިދަބިންގައި އުޅުނިން. މިހާރު މިއުޅެނީ ހަބޭސްގައި،" ހަބޭސްގެ ލީޑް ބެރުވެރިޔާ ނެތްތަ ނެއްގައި އެ މަގާމު ފުރާ، ލީޑް ކުރަމުންދާ އަޒީން ބުންޏެވެ.

2018 ގައި އަޒީން "ހަބޭސް" އާ ގުޅުން

އުފަން ދުވަހުގެ ހަދިޔާއަކަށް ލިބުނު ބެރު ބޭނުންކޮށްގެން، ބެރު ޖަހައި ދަސްކުރަމުން 2018 ވަނަ އަހަރު ބޮޑުބެރުގެ ދުނިޔެއިން އަޒީންއަށް އާ ހަރުފަތަކަށް ދެވުނެވެ.

އެ ބަޔަކު ބެރު ޖަހާތަން ބަލައި، އަޑު އަހައިގެން ބެރުގެ ހަމަތައް ދަސްކުރަމުންދިޔަ "ހަބޭސް" ބޮޑުބެރު ގްރޫޕުގައި ބެރު ޖެހުމުގެ ފުރުސަތު އަޒީންއަށް އެ އަހަރު ލިބުނެވެ. އަޒީން ބުނީ، އެންމެ ފުރަތަމަ "ހަބޭސް" އާ ގުޅުމަށް ފަހު ފެށީ ނަގާކިޔާ މީހާގެ އަޑުދަށުން ލަވަކިއަން ކަމަށެވެ.

"އެހެން ދަމުން ގޮސް މަދުމަދުން ބެރު ޖަހަން ފުރުސަތު ލިބޭ. އެއީ އޭރު ގްރޫޕްގައި ފަސް ބެރުވެރިން ތިބޭތީ. ދެން ބެރު ޖަހާލަން ފުރުސަތު ލިބޭނީ މަހަކު އެއްފަހަރު އެހެންނޫނި ދެމަހުން އެއްމަހު ކަހަލަ ގޮތަކަށް. އެކަމަކު މިހާރު މިހުރީ ބެރުވެރިންގެ ތެރޭގައި ހިމެނިފައި،" އަޒީން ކިޔައި ދިނެވެ.

އަޒީންއަށް ބެރެއް ނުޖެހޭނެއޭ ބުނެ އެތައް ބަޔަކު ފުރައްސާރަކުރި!

ބޮޑުބެރުގެ ދާއިރާއިން ކުރިޔަށް ދިއުމުގައި އަޒީންއަށް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނެވެ. ހަގު އުމުރުގައި ބޮޑުބެރު ނުޖެހޭނެ ކަމަށާއި، ބޮޑުބެރުގެ ދާއިރާއިން އަޒީންއަށް ކުރިއަށް ނުދެވޭނެ ކަމަށް ބުނެ ކުރި މަރާލަން އެތައް ބަޔަކު މަސައްކަތް ކޮށްފައިވެއެވެ.

"އޭރު އެންމެ ގިނައިން ބުނާނީ ބްރޯ އަކަށް ނުވާނެއޭ. މާ ކުޑައޭ. ދެން ޗިޅިއާ ގްރޫޕް ހަދައިގެން ބެރު ޖަހަން ފެށީމަ ބުނާނެ ތި ގްރޫޕް ކުރިއަކަށް ނުދާނެއޭ. ހަބޭސް އާ ގުޅުނީމަ ވެސް ބުނި އަޒީން އަކަށް އަހަރެެމެންްނާ އެއްފެންވަރަކަށް ނާދެވޭނެއޭ،" އަޒީން ކިޔައިދިނެވެ.

އަޒީން ބުނީ، އެތައް ފަހަރެއްގެ މަތިން އެ ބަސްތައް އަޑުއިވުމުގެ ސަބަބުން ބޮޑުބެރުން ކުރިއަށް ދެވޭނެ ކަމުގެ އުންމީދު ގެއްލުނު ދުވަސްތަކެއް އައި ކަމަށެވެ. އެ ދުވަސްވަރު ބޮޑުބެރާ ދުރަށް ދިޔަ ނަމަވެސް، އަޒީން ބުނީ ފަހުން އެފަދަ ބަސްތަކުން އިތުރު ހިތްވަރެއް ލިބުނު ކަމަށް އޭނާ ބުންޏެވެ.

"ބައެއް މީހުން އަޒީންއަށް ނުވާނެއޭ ބުންޏަސް، އަޒީންގެ އާއިލާ އާއި ރައްޓެހިން ވަރަށް ސަޮޕޯޓިވް،" ލޯބިވާ ގިނަ ބައެއްގެ ސަބަބުން ހިތްވަރު ލިބުންކަން އަޒީން ފާހަގަކުރިއެވެ.

އެ ލިބުނު ހިތްވަރުގައި ބޮޑުބެރުގެ ދުނިޔެއަށް ނުކުމެ، ކުރި ހޯދަން މަސައްކަތް ކުރަމުން އަންނަ އަޒީން ދަނީ މިއުޒިކް ދާއިރާގެ އެހެން އިންސްޓްރޫމެންޓްތައް ވެސް ކުޅެން ދަސްކުރަމުންނެވެ. އެގޮތުން މިހާރު "ކަހޯން" ކުޅެން ދަސްކުރުމުގެ މަސައްކަތް އޭނާ ކުރަމުންދާކަން ފާހަގަަ ކޮށްލެެވެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މުޙައްމަދުބެ

    އަޒީން ތިކަން ހުއްޓާލައި ހެޔޮމަގަށް ރުޖޫއަ ވުމަށް ބޭބެ ނަސޭހަތްތެރިވަން. މިއުޒިކު ކުޅުމަކީ ހަރާން ކަމެއް އެކޮއި. ތިޔަ ކުރެވެނީ އަދި ފޮނި އުންމީދުތަކެއް ނޫން. ވަރަށް ސަލާމް.

    29
    3
    • މޮޔަނިމޮސް

      ބަލަގަ ބެެރު ޖެހުމަކީ ހުއްދަ ކަމެއް

      2
      6
      • ހުއްދަކުރަމާ އަމިއްލަ އަށް

        އަމިއްލަ އަށް ހުއްދަކުރީމަ ހުއްދަވާނެ ހުރިހާކަމެއް ވެސް. މީ އެކަހަލަ ޒަމާނެއް.

  2. ޕަރިޕަރީ

    މީހަކު ޖަހާހާ ބެރަކަށް އެންމެނަކު ނުނަށާނެ. މިކަހަލަ ޕްރޮމޯޝަންތައް މިހާރު މިޤައުމުގައި ނުހިނގާނެ.

    22
    1
  3. ނަސީރު..

    ބެރުޖެހުމުން ކުރެވޭ ހުވަފެނީ އުންމީދަކީ އިބިލީހުގެ ރުހުން ލިބޭނެ ކަމެއް.

  4. Anonymous

    ލަވަޔާއި މިއުޒިކަކީ ސާފު ޙަރާމްކަމެއް. ޤުރުއާނާއި ސުންނަތުގައި. އަވަހަށް ޝައިޠާނާގެ ބެރުދުންމާރި ތާޅަފިލި ހުއްޓާލާ، ސީދާ މަގަށް އެނބުރުމަށް ގޮވާލަން. ހަމަޖެހުމެއް އުފަލެއް ލިބެން އޮތީ އެ މަގަށް ތަބާވެގެން ދިޔުމުން.

  5. އުގުރި

    އަޅުގަނޑުމެންގެ ލޯބިވާ ކޮއްކޯއެވެ ތިޔަ ހަރާމް ކަންތައްތައް ދުރުހެލިވާށެވެ.
    މާތް ﷲ ތިބާއަށް ހެޔޮ ރަހުމަތް ދެއްވާށި އާމީން..

    3
    1
  6. ޙލީ

    މައިންބަފައިންނަކީ ދަރީންގެ އަތުގަ ހިފައިގެން ހެޔޮމަގަށް ގެންދަން ތިބޭ ބަޔެއް. ބައްޕައަކު ދެއްކިި މަަގުން ހިނގައި ދަރިން ނުބައިމަގު އިޚްތިޔާރުކޮށްފިނަމަ އެކަމުގެ ޒިންމާ އެ ބައްޕަ އުފުލަން ޖެހޭނޭ ދުވަހެއް އަދި އަންނާނެ. އެހަދިޔާދެވުނު ކަމަށްޓަކައި އެދުވަހުން ދެރަވާނެ.

    4
    1
  7. ފަތަބެ

    ތިކަމުން ކުރިއެރުމެއް ނެތް. ތީހަމަ ހީއެއް. އެއްވެސް އުފަލެއް ނެތް

  8. ބެރު

    މާތް ކަލާކޯ .. ލޯލާރި ލިބޭކަމެއް ކުރިއްޔާ މާ ތާހިރުވާނެ.....