މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޗޯނަސްއާއި ލަވަކިޔުންތެރިޔާ ނިކް ޖޯނަސްއަށް އަންހެން ދަރިއަކު ލިބުނުކަން އާއްމުކޮށްފައިވަނީ މި މަހުގެ ކުރީ ކޮޅުއެވެ.

ސަރޮގޭޓް ކޮށްގެން ހޯދި މި ދަރިފުޅާއި ބެހޭ އެއްވެސް މައުލޫމާތެއް މީސް މީޑިޔާގައި ހިއްސާ ކޮށްފައެއް ނުވެއެވެ. ނަމަވެސް ޕްރިޔަންކާއާއި ނިކްއަށް ލިބުނީ އަންހެން ދަރިއެއްކަން ވަނީ ހާމަވެފައެވެ.

އިންޑިއާގެ ނޫޙެއް ކަމުގައިވާ ޓީއެމްޒެޑްގެ ރިޕޯޓްތައް ބުނާ ގޮތުގައި ޕްރިޔަންކާގެ ދަރިފުޅަށް ނަން ކިޔައިފިއެވެ. ޓީއެމްޒެޑްއިން ބުނެފައިވާ ގޮތުގައި ޕްރިޔަންކާގެ ދަރިފުޅުގެ އުފަންދުވަހުގެ ސެޓްފިކެޓް އެނޫހުގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ.

މި ސެޓްފިކެޓްގައިވާ ގޮތުން ޕްރިޔަންކާގެ ދަރިފުޅު އުފަންވެފައިވަނީ ޖެނުއަރީ މަހުގެ 15 ދުވަހުގެ ރޭ 8 ޖަހާއިރު ކެލްފޯނިއާގެ ސެން ޑިއޭގޯގައެވެ.

އެ ދަރިފުޅަށް ކިޔާފައިވާ ނަމަކީ މާލްތީ މާރީ ޗޯޕްރާ ޖޯނަސް ކަމަށް ވެސް މި ރިޕޯޓްގައި ލިޔެފައިވެއެވެ.

ރިޕޯޓްތަކުގައި ޕްރިޔަންކާގެ ދަރިފުޅަށް މާލްތީ މާރީ ޗޯޕްރާ ޖޯނަސްގެ ނަން ދީފައިވާ ކަމަށް ބުނެފައިވީ ނަމަވެސް ޕްރިޔަންކާއާއި ނިކް އަދި އާއިލާއިން ވެސް އެކަން ޔަގީން ކޮށްދީފައެއް ނުވެއެވެ.

މި ނަމާއި ބެހޭގޮތުން ވާހަކަ ދައްކާފައިވާ ފަރާތްތަކުން ބުނެފައިވަނީ ޕްރިޔަންކާއާއި ނިކް އެމީހުންގެ ދަރިފުޅަށް ނަން ކިޔާފައިވަނީ ދެމީހުންގެ ވެސް ގައުމުގެ ސަގާފަތާއި ގުޅުވައިގެން ކަމަށެވެ.

''މާލްތީ'' މި ނަމަކީ އިންޑިއާ މީހުން ކިއާ ނަމެއް ކަމަށާއި މި ނަމުގެ މާނައަކީ ހަނދުވަރުގެ އައްޔާއި މީރުވަސް ދުވާ މަލެވެ.

މާރީއަކީ ފްރެންޗް ނަމެއް ކަމަށާއި މި ނަމުގެ މާނައަކީ ''ކަނޑުގެ ތަރި'' އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަޔަކުން 5

    މަންޗީ މާރީ ވަރަށް ސަޅިނަމެއް އަދި އެހާމެ ޝަގާފީ

    10
  2. ބިސް

    މަންޗީ މާރީ

    14