މިއީ ޕާކިސްތާނަށް ނިސްބަތްވާ އަރްޝާދް ޚާން (ޗައިވާލާ)އެވެ. މިއީ އެންމެ ފޮޓޯއަކުން ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ހޯދި ޒުވާނެކެވެ. އެ ޒުވާނާގެ ރީތި ނޫ ދެލޮލުގެ ޖާދޫގައި އެތައް ބަޔަކު ޖެހި އެއް ދުވަސްވަރެއްގައި ވަރަށް ބޮޑަށް މަޝްހޫރުވިއެވެ. އޭނާއަށް ހާއްސަކޮށް ލަވައެއް ވެސް ހެދިއެެވެ. މޮޑެލްއެއްގެ ގޮތުގައި އެތައް ޕްރޮޖެކްޓްތަކެއް އޭނާއަށް ހުށަހެޅިގެން ދިޔައެވެ.

އެ ފުރުސަތުތައް ޗައިވާލާ ބޭނުންކުރިއެވެ. ނަމަވެސް މާ ގިނަ ދުވަހެއްވަންދެން އެ މަޝްހޫރުކަމުގައި އޭނާއަށް ނޫޅެވުނެވެ. ކުއްލިއަކަށް އޭނާގެ ނަން ފޮހެވިގެން ދިޔައެވެ. އޭނާގެ ހަބަރެއް ދަބަރެއް ނުވިއެެވެ.

ނަމަވެސް ދާދި ފަހުން ޗައިވާލާގެ ހަބަރެއް މި ވަނީ ވެފައެވެ. މިފަހަރު އޭނާ އިންސްޓަގްރާމް ކުރީ ދިރިއުޅުމުގެ ހިތިކަމެއްގެ ވާހަކައެވެ.

ޗައިވާލާ ބުނީ، ދިރިއުޅުމުގައި އޭނާ އެންމެ ހިތާމަ ކުރާ އެއް ކަމަކީ ރަނގަޅު ތައުލީމެއް ލިބިފައި ނެތުން ކަމަށެވެ. ޗައިވާލާ މިގޮތަށް ބުނި ނަމަވެސް، އެތައް ބަޔަކު ދަނީ އޭނާއަށް އަދި ކިޔެވިދާނެކަމަށް ބުނަމުންނެވެ. އެތައް ބަޔަކު ބުނަމުންދަނީ އޭނާއަކީ ޒުވާނެއް ކަމަށާއި، އަދި ކިޔެވުމުގެ ފުރުސަތު ނުގެއްލޭ ކަމަށެވެ.

އިންސްޓަގްރާމް މެދުވެރިކޮށް މިގޮތަށް ބުނިއިރު، އެ ވީޑިޔޯގައި ޗައިވާލާ ވަރަށް ވާހަކަދެއްކިއެވެ. އަދި ތައުލީމްގެ މުހިންމުކަމާއި ގުޅޭގޮތުންވެސް ކޮންމެވެސް ވަރަކަށް އަލިއަޅުވާލިއެވެ.

2016 ވަނަ އަހަރު ތެރޭގައި މަޝްހޫރުވެގެން ދިޔަ ސައި ވިއްކަން ހުއްޓާ ނެގި ފޮޓޯއަކަށް އެތައް ބައެއްގެ ސަމާލުކަން ލިބުމުންނެވެ. އެތައް އަންހެން ކުދިންނެއް މީސް މީޑިޔާގައި އޭނާގެ ވާހަކަދެއްކިއެވެ. ދުނިޔޭގެ ހުރިހާ މީޑިޔާއެއްގައި އޭނާގެ ވާހަކަދެއްކިއެވެ.

ކިޔުންތެރިންގެ ހިޔާލު