ދޮށީ އުމުރުގައި، ދެމަފިރިއަކަށް ދަރިއަކު ލިބުމުން، ލިބުނު ތުއްތު ކުއްޖާ މަރާލައިފިއެވެ.

އަވަށްޓެރި އިންޑިޔާގެ ކަލްކަތާގައި މިކަން ހިނގާފައިވާއިރު، މި މައްސަލައިގައި މި ދެމަފިރިންވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އުމުރުން 47 އަހަރުގެ ދިލިޕް ޗަކްރަބޮޓީ އަދި އުމުރުން 42 އަހަރުގެ ސުނީތީ އަށް ލިބުނު ދަރިފުޅު މަރާލާފައިވާކަމަށް، އެމީހުން ވަނީ އެއްބަސްވެފައެވެ. އެމީހުންނަށް ލިބުނީ އަންހެން ކުއްޖަކަށްވާއިރު، އެމީހުންގެ އުމުރުން ދޮށީވުމުން، އެސަރަޙައްދުގެ އެތައް ބަޔަކު އެމީހުންނަށް މަލާމާތް ކުރަމުން ދިޔަކަންވަނީ އެނގިފައެވެ.

ކަލްކަތާގެ ޖަލްޕައިގުރީގައި ހުންނަ ކޯޓަކަށް، މި ދެމަފިރިން ހާޟިރުކޮށްފައިވާއިރު، މައްސަލަ އިތުރަށް ބަލާ ތަޙުޤީޤު ކުރުމަށް، އެމީހުންގެ ބަންދަށް ކޯޓުންވަނީ މުއްދަތު ޖަހާފައެވެ.

މި މައްސަލައާ ގުޅިގެން އެސަރަޙައްދުން، މި މައްސަލަ ތަޙުޤީޤު ކުރާ ފަރާތްތަކުން ބުނެފައިވަނީ، ދެމަފިރިން މި ކުއްޖާ މަރާލާފައިވަނީ މީހުން މަލާމާތްކުރާތީ ކަން، ފުލުހުންގެ ފަރާތުން ނުބުނެވޭނެކަމަށެވެ. އަދި، އެއީ އަންހެން ދަރިއަކު ލިބުމުން ކުރިކަމެއްކަމަށްވެސް ވުން އެކަށީގެންވާކަމަށާއި އެހެންކަމުން، އެކަން އިތުރަށް ބަލަމުންދާކަމަށް ބުނެފައިވެއެވެ.

އިންޑިޔާގެ ނޫހެއްކަމުގައިވާ "ހިންދުސްތާން ޓައިމްސް" އިން ބުނެފައިވާ ގޮތުގައި ތުއްތު ކުއްޖާ މަރާލިއިރު، އަދި އެކުއްޖާގެ އުމުރުން އެންމެ ހަފްތާއެއްވެސް ނުވާނެއެވެ. އަދި، އެކުއްޖާ މަރާލުމުގެ ކުރިން އެހެން އަނިޔާތަކެއްވެސް ދީފައިވާކަން ފާހަގަކުރެވިފައިވާއިރު، އެކުއްޖާ ފެނުނީ ފެންގަނޑެއްގެ ތެރެއިންކަމަށްވެސް، އެނޫހުން ބުނެފައިވެއެވެ.

މީގެއިތުރުންވެސް، އެހެން ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ދެމަފިރިންގެ އެހެން ކުދިންވެސް ތިބެއެވެ. އަދި، އެމީހުންނަށް މާމަ ކާފަ ކިޔާ ކުދިންވެސް ތިބޭކަމަށްވެއެވެ. އަދި، އެމީހުންނަކީ ވަރަށް ފަޤީރު ބައެއްކަންވެސް ވަނީ އެނގިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީ

    أستغفر ﷲ