ހުސްބަނޑާ ހުރެގެން ސައިފޮދެއް ބޮއެފިނަމަ ބަނޑަށް ގޮތްގޮތް ދިމާވެއެވެ. ބަނޑު ސަކަރާތްވެ ފާހަނައަށް ދެވޭ ގޮތްވެސްވެއެވެ. އަދި ބައެއް ފަހަރު ކުޅި އެއްޗެއް ކައިގެންވެސް ބަނޑު ސަކަރާތްވެ ރިއްސާ ގޮތް ދިމާވެއެވެ. މިއީ އާއްމުކޮށް ދިމާވާ ކަމެކެވެ. މިހެން ދިމާވަނީ ބަނޑުގައި އެސިިޑް ހުންނަން ޖެހޭ ވަރަށް ވުރެ ގިނަވުމުންނެވެ.

މިކަމަށް ހާއްސަ ބޭސްތައް ހުރެއެވެ. އަދި ބައެއް ކަހަލަ އެހެން ބާވަތްތައްވެސް ހުރެއެވެ. އޭގެ ތެރޭގައި ބާސިލް ފަތް، ފޮނިތޮށި، ބަޓާމިލްކް، އެޕަލް ސިޑާ ވިނަގާރ، ކުންމިން ސީޑް އަދި ކަރަންފޫ ހިމެނެއެވެ.

މީގެ ތެރެއިން އެކަމަށް އެންމެ ރަނގަޅު ބާވަތީ ކަރަންފޫކަމަށް ވެއެވެ.

ބަނޑުގައި މާބޮޑަށް އެސިޑް އުފެދިފައި ހުރިކަން އިނގޭނީ ކިހިނެއް؟

ދިލަ ގޮތަކަށް ބަނޑުގައި ރިއްސާގޮތް ދިމާވުން

ދިލަ ގޮތަކަށް ކަރުގައި އާއި ހިތުގައި ރިއްސުން

ނޭވާ ލާއިރު ނުބައި ވަސް ދުވުން

ހަޖަމް ކުރަން އުނދަގޫވުން

ބަނޑު ސަރަކާތްވުން

މާގިނައިން ފާހަނައަށް ދިޔުން

ސިއްހަތާއި ބެހޭ މާހިރުން ބުނާގޮތުގައި، ބަނޑުގައި ރިއްސާ ނުވަތަ ބަނޑު ކައްކާނަމަ ކަރަންފޫ ކޮޅެއް ކާލައިގެން ހަމަޖެހިދާނެއެވެ. އެއީ ކަރަންފުލަކީ ބަނޑުގެ އެސިޑްތައް ނައްތާލަދޭ ބާވަތެއްކަމަށްވާތީކަމަށް ވެއެވެ.

ކަރަންފޫ ބޭނުން ކުރާއިރު، ބޭނުން ކުރަންވީ ދޭއް ނޫނީ ތިން ކަރަންފުލެވެ. އަދި ބަނޑުގައި ރިއްސާނަމަ ބަތަށާއި، ރިހަ ތެރެއަށްވެސް ކަރަންފޫ އަޅައިގެން ކެވިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަބުޅޯ

    މިދުވަސްކޮޅު އެމް ޑީ ޕީ ކުދިންނަށް ވަރަށް ބޭނުން އެއްޗެއް ތިއީ.

  2. އަސްލަމް

    މިދުވަސްކޮޅު އެމް ޑީ ޕީ ކުދިންނަށް ވަރަށް ބޭނުން އެއްޗެއް ތިއީ.

    100percent ރަގަޅުވާހަކައެއް

  3. ޒިޔާ

    މިދުވަސް ކޮޅު ޕީޕީ އެމްކުދިން ވ ބޭނުންވާނެ ކަރަންފޫ

  4. މީ

    جزاك اللهُ خيرًا