އިންޑިއާގެ އެތައް ބައެއްގެ ހިތްތައް ފަތަހަކޮށްފައިވާ ސްރީ ދޭވީ މިދިޔަ ހޮނިހިރު ދުވަހު މަރުވިއިރު، އޭނާގެ ޕޯސްޓްމޯޓަމް ހަދާފައިވާކަަމަށް އިންޑިއާ ނޫސްތައް ބުނަން ފަށައިފިއެވެ.
އާއިލާގެ ކައިވެނީގެ ހަފްލާއަކަށް ދުބާއިއަށް ގޮސް ހުއްޓާ ފާހަނަ ތެރެއަށް ފެއިންޓެވެގެން މަރުވި ސްރީ ދޭވީ މަރުގެ ހަގީގަތް ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދާފައި ވަނީ އިއްޔެއެވެ.
ސްރީ ދޭވީގެ ޕޯސްޓްމޯޓަމް ހަދާފައި ވަނީ ގިނަ ބައެއްގެ އެދުމުގެ މަތިންނެވެ. އެއީ އޭނާގެ މަރާއި މެދު ބައެއް މީހުންގެ މެދުގައި ހިޔާލު ތަފާތުވުމެއް އުޅޭތީ އާއި އޭނާއަކީ ގިނަ ބަޔަކު ދަންނަ މީހަކަށްވާތީ ޕޯސްޓްމޯޓަމް ހަދަން ބޭނުންވީއެވެ.
އަދި މިހާރު ޕޯސްޓްމޯޓަމްގެ ހުރިހާ ކަމެއް ނިމިފައިވާއިރު، އޭނާގެ ހަށިގަނޑު އިންޑިއާއަށް ގެންދިޔުމުގެ މަސައްކަތް މިއަދު ކުރާނެ ކަމަށް ހަބަރުތައް ބުނެެއެވެ.
އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އޭނާގެ ކަށުކަމާއި ކެމީގެ ކަންތައް މިއަދު މެންދުރު 1:00 ޖަހާއެހާކަންހާއިރު ކުރާނެއެވެ.
ސްރީ ދޭވީ އަކީ އުމުރުން އެންމެ ހަތަރު އަހަރުން ފެށިގެން އިންޑިއާގެ ފިލްމް އިންޑަސްޓްރީގައި ފިޔަޖަހަމުން އަންނަ ތަރިއެކެވެ. އޭނާ ފިލްމީ ދާއިރާގާ 50 އަހަރު ދުވަސް ހޭދަކޮށްފިއެވެ.
ސްރީ ދޭވީ މަރުވިއިރު، އޭނާގެ އުމުރަކީ 54 އަހަރެވެ.
ކށުކަމާކެމީގެ ކަންތަކޭ؟ ބަލަގަ ކަށުކަމާކެމީގެކަންތައް އެއީ މުޙައްމަދުގެފާނުގެ އުއްމަތަށް އޮތްކަމެއް! އެނޫން އުއްމަތްތަކުގެމީހުން މަރުވުމުން އޭނަޔާމެދު ކަންކުރާގޮތަށް ކިޔަނީ ޖަނާޒާ ނުވަތަ އެހެން ނަމެއް!
ދެން ކޮންކަމެއްތަ.....
ކަށުކަމާ ކެމީގެ ކަންތަކޭ..؟؟އެއީ މުސްލިމެއްތަ؟؟؟؟؟