ސްޓްރޯކެއް ޖެހުނު ބައްޕައަށް ވީގޮތެއް ނޭގި މަންމައަށް ފޭސްޓައިމް ކުރި ތިން އަހަރުގެ ދަރިފުޅުގެ ސަބަބުން ބައްޕަގެ ފުރާނަ ސަލާމަތް ކުރެވިއްޖެއެވެ.

އުމުރުން 27 އަހަރުގެ ޓްރެވޯ ނަމަކަށް ކިޔާ އެ ފިރިހެން މީހާއާއި އޭނާގެ ތިން އަހަރުގެ ދަރިފުޅު ތިބީ ގޭގައެވެ. އެހެން ހުއްޓާ ކުއްލިއަކަށް ބައްޕައަށް ސްޓްރޯކެއް ޖެހި ބިންމައްޗަށް ވެއްޓުނީއެވެ. އެ މަންޒަރު ފެނިފައި ބިރުން މޮލީ މަންމައަށް ފުރަތަމަ ފަރަހަށް ފޭސްޓައިމް ކުރުމުން ފޯނު ނުނެގިއެވެ.

ވާރްޖީނިއާގެ ހޮސްޕިޓަލެއްގައި ނަރުހެއްގެ ގޮތުގައި، މަސައްކަތް ކުރަމުންދާ މޮލީގެ މަންމައަށް އަނެއްކާވެސް މޮލީ ގުޅީ 15 މިނިޓް ފަހުންނެވެ. މިފަަހަރު މަންމަ ފޯނު ނެގިއެވެ. އަދި ބިރުން ހުރެ ބައްޕައަށް ވަމުންދާ ގޮތް މަންމައަށް ދައްކާލިއެވެ.

ވަގުތުން މޮލީގެ މަންމަ ވަނީ އޭނާގެ އަވަށްޓެރިއަކަށް ގުޅާ، ޓްރެވޯ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ޓްރެވޯގެ ފުރާނަ ސަލާމަތްވެ އޭނާއަށް އަދިވެސް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. ރިޕޯޓްތައް ބުނާގޮތުގައި، އޭނާގެ ހާލު ކުރިއަށްވުރެ ވަރަށް ބޮޑުތަން ރަނގަޅެވެ. ނަމަވެސް ވަރަށް މަދުން ނޫނީ މީހުންގެ ހަށިގަނޑުން ނުފެންނަ ކަމެއް އޭނާގެ ހަށިގަނޑުން ފެނިފައިވާކަމަށެވެ.

އިތުރަށް އެ ވާހަކަތައް ކިޔާދެމުން ޑޮކްޓަރުން ބުނިގޮތުގައި، އޭނާގެ ބޮލުގައި ލޯ ވަޅެއް އުފެދިފައިވާކަމަށެވެ. އަދި އެކަމަށް ސާޖަރީއެއް ހަދަން ޖެހޭ ކަމަށް ޑޮކްޓަރުން ބުންޏެވެ.

ޑޮކްޓަރުން ބުނީ، މޮލީއަށް އޭނާގެ މަންމައަށް ބައްޕައަށް ވީގޮތް ކިޔާދެވުންވެގެން ގޮސްފައި ވަނީ ބައްޕަގެ ފުރާނަ ސަލާމަތް ކުރެވުނު ގޮތް ކަމަށެވެ.

މޮލީގެ މަންމަ ބުނީ، ދަރިފުޅަށް ފޭސްޓައިމް ކުރަން އެނގުނީ ކިހިނެއްކަން އޭނާއަށް ނޭގޭ ކަމަށެވެ. ނަމަވެސް އެ މީހުން މޮލީގެ މާމަ މެންނަށް ފޭސް ޓައިމް ކުރާއިރު، އެތަން ފެނިގެން އޭނާ ދަސްކުރީކަމަށް ވެދާނެ ކަމަށް މޮލީގެ މަންމަ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަރިޔަށް ދައިތަ

    ފުރަތަމަ ފޭސްޓައިމަކީ ކޮބާ؟