ލައްކަ ލޯބިވެރިންނެއް ނެގިއްޖެ ދޯއެވެ. ސީރިއަސް ވާން ނުވޭ ހެއްޔެވެ؟. ތިއުޅެނީ ސީރިއަސް ރިލޭޝަނަކަށް އަލަށް ގޮސްގެން ނަމަ ވިސްނާލަންވީ ކަންތައްތަކެއް އެބަހުއްޓެވެ. އެންމެ ފުރަތަމަ ކަމަކަށް ކުރީގެ ލޯބިވެރިޔާ މަތިން ހަނދާން ނައްތާލުމަށްފަހު އަލުން އާ ފެށުމަކުން ފަށައިގަންނަމާ ހިނގާށެވެ.

1 މިއީވެސް ވިސްނާލުން މުހިންމު ކަމެއް

ތިމާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހާގެ ހުރިިހާ ކަމެއް ތިމާއަށް ކަމުނުގޮސްދާނެއެވެ. އެއީ ހަމައެކަނި ތިމާއަށް އެކަނި ދިމާވާ ކަމެއް ނޫނެވެ. އޭނާއަށް ތިމާ ދެކެ ކަމުނުދާ ކަންތައްތަކެއް ހުރެދާނެއެވެ. އެހެންކަމުން އެފަދަ ކަންކަމާއި މާބޮޑަށް ނުވިސްނާ އެކަންތައް މަތިން ހަނދާން ނައްތާލުމަށްފަހު އޭނަގެ ރަނގަޅު ކަންތައްތަކުގެ ވާހަކަތަކާއެކު ފަށައިގަތުން ވަރަށް ބުއްދިވެރިއެވެ.

2 އޭނާ ރަނގަޅަށް ދަންނަން ވާނެ

އުޅެން ބޭނުންވަނީ ވަރަށް ސީރިއަސް ރިލޭޝަނެއްގައި ނަމަ ތިމާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހާ އިނގެން އެބަޖެހެއެވެ. އެއީ ކޮން ހިސާބެއްގެ، ކިހިނެއް ވާ މީހެއްކަމާއި، މިޒާޖު ދެނެގަންނަން އެބަޖެހެއެވެ.

3 އޭނާ އާއި މީނަ އާއި ހުރި ތަފާތު ނުބަލަމާ

އާއްމުކޮށް އެކަކު އަނެކަކުގެ ތަފާތުތައް އަދި އަޅާ ކިޔާ ހަދައެވެ. އެއީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެކަކު ގައިގާ ހުންނަ ސިފަތަކެއް އަނެކަކުގެ ނުހުރެދާނެއެވެ. ކޮންމެ މީހަކީވެސް އޭނާގެ ޒާތުގައި ތަފާތު މީހެކެވެ. އެހެންކަމުން ސީރީއަސް ރިލޭޝަނެއްގައި އުޅެން ބޭނުންވާނަމަ މިކަން ހުއްޓާލުން ވަރަށް މުހިންމެވެ.

4 ގޮތް ނިންމާނީ ދެ މީހުންގެ މަޝްވަރާގެވެސް މަތިން

ވާހަކަދައްކައިގެން ހުރިހާކަމެއް ހައްލުވާނެއެވެ. އެހެންކަމުން ދިރިއުޅުން ކުރިއަށްގެންދިޔުމުގައި ދެ މީހުންގެ ހިޔާލުވެސް ހޯދާ ދެ މީހުންގެ މަޝްވަރާތައް ހޯދުމަކި ވަރަށް މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު