އެވޯޑް ހަފްލާއަކަށް އަޅައިގެން ދިޔަ ގަހަނާތައް އަނބުރާ ހަވާލު ނުކުރާކަމަށް ބުނެ، ބޮލީވުޑްގެ އެކްޓްރެސް ހީނާ ޚާން އަށް ގާނޫނީ އިންޒާރުގެ ނޯޓިސް ފޮނުވާފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، އޭނާ ގެންދިޔަ ގަހަނާގެ އަގު 11 ލައްކަ ރުޕީސްއަށް އަރައެވެ. އެ ގަހަނަާތައް އޭނާ ގެންގޮސްފައި ވަނީ އެވޯޑް ހަފްލާއަކަށް ކަމަށާއި، އެ ހަފްލާ ނިމުނު ފަހުންވެސް އެ ގަހަނާތަައް ހަވާލުކޮށްފައިނުވާތީ ގަހަނާ ވިއްކާ ކުންފުންޏަކުން އެ މައްސަލައިގެ ގާނޫނީ އިންޒާރު އޭނާއަށް ވަނީ ފޮނުވާފައެވެ.

ނަމަވެސް އޭނާ އެ އިންޒާރުގެ ސިޓީ ލިބުނުކަމަށް އެއްބަހެއް ނުވެއެވެ.

ހީނާ ބުނީ، އެ އިންޒާރުގެ ސިޓީ އޭނާގެ ގެއަށް ލިބިފައިނުވާ ކަމަށާއި،އެ ސިޓީތައް ލިބިފައި ވަނީ މީޑިޔާތަކުގެ ގެއަށް ކަމަށެެވެ.

ހީނާ ގަހަނާ ގެންދިޔަކަމަށް ބުނާ އެ ކުންފުންޏާއި، ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، ހީނާ އެ ހަފްލާއަށްކަމަށް ބުނެ، ކަންފަތުގައި ލާ މުންޖާއި، އަގޮޓިއެއްގެ އިތުރުންވެސް، އިތުރު އެއްޗެހި ވަނީ ގެންގޮސްފައެވެ.

ގާނޫނީ ވަކީލްވެސް ވަނީ އެ ނޯޓިސް އޭނާގެ އަތުގައި އެބަ އޮތް ކަމަށާއި، އެ ސިޓީ އިއްޔެގެ ވަގުތެއްގައި ހީނާގެ ގެއަށް ފޮނުވާފައިވާނޭ ކަމަށް ބުނެފައެވެ.

ހީނާ ޚާން އަކީ އިންޑިއާގެ ޓެލެވިޒަން އެކްޓްރެސްއެކެވެ. އޭގެ ތެރެއިންވެސް އޭނާއަކީ ވަރަށް އަގުބޮޑު އެކްޓްރެސްއެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު