އިއްޔެގެ ވަގުތެއްގައި މީޑީޔާތައް ހޭލައްވާލީ ފިލްމީ ދާއިރާގައި 50 އަހަރު ހޭދަކޮށްފައިވާ ސްރީ ދޭވީ މަރުގެ ހަބަރާއިއެކުއެވެ. ސްރީ ދޭވީ މަރުވެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ސްރީ ދޭވީ މަރުވިއިރު، އޭނާ ހުރީ އާއިލާ މީހެއްގެ ކައިވެނީގެ ހަފްލާއަށް ދުމާބީގައެވެ. އޭނާއާއެކު ފިރިމީހާ ބޮނޭ ކަޕޯރް އާއި ދަރިފުޅު ޚުޝީވެސް ދިޔައެވެ. އެހެން ނަމަވެސް އޭނާގެ ބޮޑު ދަރިފުޅު ޖަންވީއަށް މަންމަގެ ޖަނާޒާގެ ކަންތަކުގައިވެސް ބައިވެރި ނުވެވޭނެއެވެ. އެއީ ޖަންވީ ހުރީ އޭނާގެ ފުރަތަމަ ފިލްމްގެ ޝޫޓިންގއަކަށް ގޮސްކަމަށްވާތިއެވެ. ޖަންވީއާއެކު އެ ފިލްމްގައި ދެން ފެނިގެން ދާނީ އިޝާން ޚައްތަރްއެވެ. އެ ފިލްމް ނެރެން ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަސް ތެރޭގައެވެ.

ސްރީ ދޭވީ މަރުވީ ފާހަނަ ތެރޭގައި ފެއިންޓްވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ސްރީ ދޭވީގެ ފިރިމީހާ ބޮނޭޭގެ ކުރީގެ އަނބިމީހާ މޮނާ ކަޕޫރް އާއި

ސްރީ ދޭވީގެ މަރާއި ގުޅުމެއް ވެއެވެ. ފިލްމް ޕްރޮޑިއުސަރ މޮނާ މަރުވެފައި ވަނީ ކެންސަރާއި ހަނގުރާމަ ކުރަމުންދަނިކޮށް 2012 ވަނަ އަހަރުއެވެ. މޮނާ މަރުވީ އޭނާގެ ދަރިފުޅު އަރްޖުންގެ ކަޕޫރްގެ ފުރަތަމަ ފިލްމް ނެރެން ދެމަހަށް ވެފައިވަނިކޮށެވެ.

އަނެއްކާވެސް ބޮނޭ އެކަނިވީއެވެ.

ސްރީ ދޭވީ ޕޯސްޓްމޯޓަމް ވަނީ ހަދާފައެވެ. އެ ރިޕޯޓް ލިބުމާއެކު އޭނާގެ މަރުގެ ހަގީގަތް ދެނެގަނެވޭނެއެވެ. ސްރީ ދޭވީގެ ހަށިގަނޑު މިއަދުގެ ވަގުތެއްގައި އިންޑިއާއަށް ގެންދާނެއެވެ. އަދި މިއަދުގެ މެންދުރުގެ ވަގުތެއްގައި ވަޅުލާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޢއދ

    ދެރައެއްނުވޭ.

  2. ތަ

    ޖަންވީ އެއްވެސް ނޫން ޖާންވީ

  3. ްއެްއެ

    ކޮބައިތަ ޝައްކުކުރެވޭ ގުޅުމަކީ. ޚަބަރުކިޔައި ނިމުނުއިރުވެސް އެކަމެއް ނޭގުނު

  4. މަ

    އިއްޔެގެ ވަގުތެއްގައި މީޑީޔާތައް ހޭލައްވާލީ ފިލްމީ ދާއިރާގައި 50 އަހަރު ހޭދަކޮށްފައިވާ ސްރީ ދޭވީ މަރުގެ ހަބަރާއިއެކުއެވެ.؟؟؟؟

    ނޭނގުނު މަށަކަށް

  5. ސައިނީ

    މިއާޓިކަލްއިން ދޭހަވީ މިކުޔުނު މޮޔަކަމާއޭ

  6. މައިނާ

    ދުމާބީ އެއްވެސް ނޫން "ޑުބާއީ".....ހެހެހެ

    ވަރަށް ޓައިޕިންގ މިސްޓޭކްސް ގިނަ .....

    މިޚަބަރަކުން އެދެމީހުންގެ މަރުގެ ގުޅުމެއްވެސް ނޭނގުނު

  7. ހެހެ

    ބޮނޭ ހެހެ

  8. ޚިޔާލު

    ޚަބަރު ލިޔާއިރު ރަނގަޅު މަޢުލޫމާތު ހިމަނަބަލަ. ޙިންދޫ މީހުން ވަޅެއް ނުލާނެ އަންދާލާނީ. ޢިނގިރޭސި ބަހުން އޮތްއާޓިކަލް ތަރުޖަމާކޮށްފައި ވަނީ ވަރަށް ފެންވަރު ދަށްކޮށް. މިއަށްވުރެ ރަނގަޅު ފެންވަރެއްގައި ލިޔުންތައް ގެނެސްދިނުން މުހިއްމު

  9. ނުރަބޯ

    ބޯނީ ކަޕޫރު.

  10. ސްރީ

    ޥަޅުލަނީތަ ނޫނީ އަންދަނީތަ ކޮބައިތަ ރަނގަޅު ގޮތަކީ