ސަލްމާން ޚާނަކީ ބޮލީވުޑުގެ އެންމެ ވަރުގަދަ އެއް ފަންނާނެވެ. ލޯބީގައި މާ ކާމިޔާބު މީހެއްކަމަށް ނުވާ ސަލްމާން އުމުރުން މިހާރު 52 އަހަރު ވެފައިވާއިރު އަދިވެސް ކައިވެނި ކޮށްފައެއް ނުވެއެވެ.

ހަބަރުތަށް ބުނާގޮތުން ސަލްމާން ޚާން ލޯބިވެގެން ލޯބީގެ ގޮތުން ގުޅެން ބޭނުން ކުއްޖާ ނުލިބޭތީ ހުސްކޮށް ހުރީއެވެ. އެއީ ތުން ތުން މަތިން އެންމެންވެސް އަޑުއަހާ ކެޓްރީނާ ކަމަށްވެސް ވުން އެކަށީގެން ވެއެވެ. އޭނާ ލިބޭނެކަމަށް އިންތިޒާރު ކުރަނީ ކަމަށް ވެސް ވުން އެކަށީގެންވެއެވެ.

ސަލްމާން ބުނީ އޭނާ މީހުން ކުރިމަތީގައި ރީތިވެލައިގެން ހިނިތުން ވެލައިގެން ހުރީމަ މީހުން ހީކުރަނީ އޭނާ އެއްވެސް ހިތާމައެއް ނުކުރާ ކަމަށެވެ. އެހެން ނަމަވެސް އެހެން އިންސާނުންނެކޭ އެއްފަދައިން އޭނާއަށްވެސް ހިތާމަވެރި އެތައް ކަމެއް ދިމާވެފައިވާ ކަމަށާއި ނަމަވެސް މަސައްކަތް ކުރާ ދާއިރާގެ ގޮތުން އެކަން ފޮރުވަން މަޖުބޫރުވަނީ ކަމަށެވެ.

"އަހަރެން މަސައްކަތް ކުރާ ދާއިރާގެ ގޮތުން މީހުން ކުރިމައްޗަށް ނިކުންނަ އިރު ހުންނަން ޖެހެނީ ވަރަށް ރީއްޗަށް ހެދުން އަޅައި ރީތިވެގެން. ރޮމެންޓިކް ފިލްމް ތަކާއި އެކްޝަން ފިލްމްތަކުން އަހަރެން ހުންނަނީ ވަރަށް ހެވިލާފަ. އެހެން އުޅެނިކޮށް ކޮންމެވެސް ނޫހަކުން އަހަރެންނާ ފިލްމްގައި އުޅޭ ބަތަލާ އޭ ކިޔާފަ ވާހަކައެއް ލިޔެފާނެ. ދެން ގެންދާނީ ކޯޓަށް. މީހުންނަށް އަހަރެން ފެންނާނީ "ބިގް ބޮސް" ގޮތަށް. އެއީ އަހަރެން ޖޯކް ޖަހާ ހެއްވާ ކަންތައްކުރާ ޝޯއެއް" ސަލްމާން ޚާން ބުންޔެވެ.

އޭނާ އިތުރަށް ބުނީ "މީހުން ހީކުރަނީ އަހަރެން އެއްވެސް ކަމަކާ ހިތާމަ ނުކުރާކަމަށް. އެކަމަު އަހަރެންނަކީ ދިރިއުޅުމުގައި އެތައް ހިތާމައެއް ކުރަންޖެހޭ މީހެއް. އަހަރެންގެ ކެރިޔާގެ ގޮތުން އަހަރެން ހެވިލާފައި ހުންނަނީ" އެވެ.

ސަލްމާން ޚާން އަކީ އެތަށް ބަޔަކު އިހްތިރާމްކުރާ ގިނަބައެއްގެ ސަޕޯޓް ލިބިފައިވާ ހުނަރުވެރި، ބޮލީވުޑްގެ އެންމެ ކުރީގައި ފިޔަޖަހަމުން އަންނަ ކުޅަދާނަ އެކްޓަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މައުސޫމާ ހަސަން

    ދެން ހިތާމަ ކުރާ ސަބަބުތަށްވެސް ހޯދާފަ ޖަހާލަ ދިންނަމަ އުފާވީމުސް/ ސަލްމާން ހާން އަކީ އަހަރެންގެ ފޭވްރައިޓް

  2. ލޮލި

    I'm sorry

  3. ސަ