ޖަޕާނުގައި އަންހެނެއްގެ ބޯ ބުރިކޮއްލި މައްސަލައިގައި އެމެރިކާގެ ފަތުރުވެރިއަކު ހައްޔަރު ކޮއްފިއެވެ.

މި އަންހެންމީހާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވަނީ ހަށިގަނޑާއި ވަކި ކޮއްލާފައި ފޮށިގަނޑަކަށް ލާފައި އޮތް އެއަންހެން މީހާގެ ބޮލެވެ.

މި ހިނގާ ފެބްރުއަރީ 17 ވަނަ ދުވަހު ގެއްލުނު މި އަންހެން މީހާ ގެއްލުމުގެ އެއް ދުވަސް ކުރިން ވަނީ އިންސްޓަގްރާމް މެދުވެރިކޮށް މި ދަނީ " ޖޭ" ނަމަކަށް ކިޔާ މީހަކާއި ބައްދަލު ކުރަން ކަމަށް ބުނެފައެވެ.

މި މައްސަލާގައި ޖަޕާނުގެ ފުލުހުން ވަނީ ވެގޭނީ ވަސިލިވިކް ބޭރަކްޓަރ ނަމަކަށް ކިޔާ އެމެރިކާގެ ފަތުރުވެރިއަކު ޖަޕާނުގެ ނާރާ ޕްރިފެކްޗަރ އިން ހައްޔަރު ކޮއްފައެވެ. އަދި ތުހުމަތު ކުރެވޭ އެމެރިކާ ފަތުރުވެރިއާއި ގެއްލިގެން ހޯދަމުންދިޔަ ޖަޕާނުގެ އަންހެން މީހާ އެކުގައި ޖަޕާނުގެ އޮސާކާގައި ހުރި އެޕާޓްމަންޓް އަކަށް ވަންނަ ސީސީޓީވީ ފޫޓޭޖެއް ވަނީ އާންމުކޮއްފައެވެ.

ސީސީޓީވީ ފޫޓޭޖުން ފެންނަ ގޮތުގައި ދެ މީހުން އެކު އެކީގައި އެޕާޓްމަންޓް އަށް ވަނުމަށް ފަހު އެމެރިކާގެ ފަތުރުވެރިއާ ބޮޑު ކޮތަޅެއް ހިފައިގެން ބޭރަށް ނިކުންނަ ތަން ފެނެއެވެ. ނަމަވެސް އަންހެން މީހާ އެޕާޓްމަންޓް އަށް ވަމުމަށް ފަހު ނިކުމެފައެއް ނުވެއެވެ.

ގެއްލިގެން ހޯދަމުން ދާ އަންހެން މީހާގެ ބޯ އޮތް ސޫޓް ކޭސް ފެނިފައިވަނީ އޮސާކާ ގެ އެހެން އެޕާޓްމަންޓް އަކުން އެމެރިކާގެ އެހެން ފަތުރުވެރިއަކަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަމިއްލެޔައް މަރުވާން ބޭނުންވާ މީހުންނަށް ދޭ ރަގަޅު ހިދުމަތެއް ކަމައް ބައެއް މީހުން ގަބޫލް ކުރޭ