އިނގިރޭސި ވިލާތުގައި އާދަޔާ ޚިލާފަށް ހޫނުވާތީ އެކަމަށް ސަމާލުވުމަށް ޕަބްލިކް ހެލްތް އިންގްލޭންޑް (ޕީ.އެޗް.އީ) އިން އަންގައިފިއެވެ. މިގޮތަށް އަންގާފައިވަނީ އާދަޔާ ޚީލާފަށް ހޫނުވުމުގެ ސަބަބުން އެތައް ބަޔަކު ފިހިގެން ޑޮކްޓަރަށް ދެއްކުމުގެ ސަބަބުންނެވެ.

ޕީ.އެޗް.އީ އިން ބުނެފައިވަނީ މިދިޔަ ދެ މަސް ދުވަސް ތެރޭގައި މިގޮތަށް ހޫނުގެ ސަބަބުން ފިހިގެން 220 މީހުނަށް އެޑްމިޓް ކުރެވިގެން ފަރުވާ ދެވިފައިވާ ކަމަށެވެ. އަދި މިއީ މެލިގަންޓް މެލާނޮމިޔާ ނަމަކަށް ކިޔާ ހަމުގެ ކެންސަރަށް މަގުފައިވެދާނެ ކަމެއް ކަމަށްވާތީ ސަމާލުވުމަށްވަނީ އަންގާފައެވެ.

ޕީ.އެޗް.އީ އިން ބުނެފައިވަނީ މިއަންނަ ހަފްތާގައިވެސް އާދަޔާ ޚިލާފަށް ހޫނުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި މިހެންކަމުން އިރުގެ ދޯދިން ހަންގަނޑު ރައްކާތެރި ކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ގޮވާލާ ކަމަށެވެ. މިގޮތުން އަވިގަނޑުގައި ގިނަ އިރު ނުހުރުމަށާއި ބޭރަށް ދާއިރު ސަން ލޯސަން ބޭނުން ކުރުމަށްވަނީ ހަނދާކޮށްދީފައެވެ.

ޕީ.އެޗް.އީ އިތުރަށް ބުނެފައިވަނީ މިއަންނަ ހަފްތާގެ ތެރޭގައި މުޅި އިނގިރޭސި ވިލާތަށްވެސް އަންނަ އެންމެ ހޫނު ދުވަސް އަންނާނެ ކަމަށް ލަފާކޮށްފައިވާ ކަމަށާއި މިހެންކަމުން ޚާއްސަ ސަމާލުކަމެއް މިކަމަށް ދިނުމަށް އެދޭ ކަމަށެވެ. އަދި މިދުވަސްވަރު ހަށިގަނޑަށް އިތުރަށް ފެން ބޭނުންވާނެ ކަމަށާއި މިހެންކަމުން ދުވާލު ގަޑީގައި ވީހާވެސް ގިނައިން ފެންބުއިމަށްވަނީ ގޮވާލާފައެވެ.

މިދުވަސްވަރާއި ދިމާކޮށް، ޑިމާޑް އިތުރުވާތީ، އިނގިރޭސިވިލާތުގައި ސަން ލޯޝަންގެ އަގު އަރައިގެން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގުލްނަވާ

    އެޔޮތީ މަހެއްތަ އަޅެފަހެ އަވީގަލާފަ

    • ލޮނުއެޅިމަސް

      ހަހާ...ވެދާނެ ތިހެންވެސް