މީގެ އެތައް އަހަރެއް ކުރިން ވަޅުލެވިފައިވާ ސަންދޯކެއް، ދާދިފަހުން މިޞްރުންވަނީ ފެނިގެން ގޮސްފައެވެ. މި ސަންދޯއް ހުޅުވައިގެން، އޭގެ އެތެރެ ބަލާފައިވާއިރު، މިކަމަށް އެތައް ބައެއްގެ ޝައުގުވެރިކަން ލިބިގެން ދިޔައެވެ.

އަނެއްކާވެސް، އެތައް ހާސް އަހަރެއް ކުރިން، ބިމުގައި ވަޅުލެވިފައިވާ އެއްޗެއް، ތާރީޚީ މިފަދަ ހޯދުންތައް ހޯދާ ފަރާތްތަކަކަށް ވަނީ ފެނިފައެވެ. މި ހޯދުމާއެކު އެތައް ބަޔަކަށް ހައިރާންކަންވެސް ލިބިގެންދިޔައެވެ. އެއީ، ސަބަބެއް ނެތިއެއްވެސް ނޫނެވެ.

އާކިއޯލޮޖިސްޓުން ވަނީ، މީގެ ހަތަރު ހާސް އަހަރުކުރިން، ދުނިޔޭގެ ބިމުގައި ވަޅުލެވިފައިވާ ރޮއްޓެއް ހޯދާފައެވެ. ރޮށި ނުވަތަ މި ފްލެޓް ބްރެޑް ހޯދާފައިވަނީ، މެދުއިރުމަތީގެ ޤައުމެއްކަމަށްވާ އުރުދުންގެ (ޖޯޑަންގެ) އިރު އިތުރު ސަރަޙައްދުންނެވެ.

މި ހޯދުން ހޯދުނު ފަރާތްތަކުން ބުނާގޮތުގައި، މި ރޮށި ފެނުނީ ކުރީ ޒަމާނުގައި، މީހުން ބޭނުންކޮށް އުޅުނު އުނދުނެއް ކައިރިންނެވެ. މިފަދަ ދެ އުނދުނެއް، ތާރީޚީ ތަންތަން ކޮނެގެން، ބަލައި ހޯދާ ޢިލްމުވެރިންނަށް ފެނުނުކަމަށްވެސް، ބައިނަލްއަޤުވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެއެވެ.

ތާރީޚީ މައުލޫމާތު އެއްކުރާ ފަރާތްތަކުން ބުނާގޮތުގައި، ދުނިޔޭގައި ދަނޑުވެރިކަން ކުރުމާއި، ދަނޑު ހައްދައިގެން ކާބޯތަކެތި ބޭނުންކުރުމުގެ ކުރިން، މިފަދަ ރޮއްޓަކީ، އިންސާނުންގެ ދުވަހުގެ ކެއުމުގައި މުޙިއްމު ދައުރެއް އަދާކުރި އަދި، އޭރު ކެއިންބުއިމުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރި އެއްޗެވެ. އެގޮތުން، ޤަދީމީ މިޞްރުންވެސް، ކުރީ ޒަމާނުގައި އުޅުނު މީހުން ރޮށި ފިހުނުކަމުގެ ނުވަތަ ގޮދަނުން މިފަދަ ބާވަތްތައް ތައްޔާރުކުރިކަމުގެ، ސާބިތު ހިފޭ ހެކިވަނީ ފެނިފައެވެ.

މީގެކުރިން، ތަޖުރިބާކާރުންވަނީ މީގެ 5000 އަހަރު ކުރީގެ ރޮއްޓެއްވެސް ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ާއިބޫ މުހައްމަަދު ސާލިހު

    ކޮބާތަ އެރޮށި! ރޮށި ފިހުނު ތާރީހު ބުނެފައި ފަނީ އިންސާފުން ކަމަށް ގަބޫލު ނުކުރަން.

  2. ހުސޭނުބޭ

    ތި ރޮށީގެ ރެސިޕީ ދީބަލަ!

  3. ްއައްޑޫ

    ރޮށި އައު ކޭބާކިޔަ.....

  4. Anonymous

    އެހެން ވިއްޔާ ރޮއްޓކީ ހަލަާކުވާ އެއްޗެއް ނޫން ދޯ

  5. އާދަމް ޝަރީފް

    އެހެން ވިއްޔާ ރޮއްޓކީ ހަލަާކުވާ އެއްޗެއް ނޫން ދޯ

  6. ޭއެކަނިވެރިޔާ

    އެހާގިނަ ދުވަހު އޮވެދާނެތަ ހަލާކުނުވެ ??? ދަގަނޑު ރޮއްޓެއްބާ؟؟؟؟

  7. Roshi

    Dhangadu roshi vias dhabarah hilaanethaa?