ޓެކްނޮލޮޖީގެ ބަވަނަ ދުނިޔެއަށް އެންމެ ބޮޑެތި އިންޤިލާބުތައް ގެނައި މީހުންގެ ކުރީގައި ސްޓީވް ޖޮބްސްގެ ނަން ހިމެނޭނެއެވެ. އޭނާގެ ކުންފުނި "އެޕަލް" ގެ އުފެއްދުންތަކުގެ ސަބަބުން، މި ދާއިރާއަށް އެތައް ކުރިއެރުމެއް ލިބިފައިވާއިރު، އެކަމުގެ ސަބަބުން އޭނާގެ މަޝްހޫރުކަން އިންތިހާއަށް މައްޗަށްވެސް އެރިއެވެ.

1973 ވަނަ އަހަރު، ސްޓީވް ޖޮބްސް ވަޒީފާއަކަށް ކުރިމަތިލާންވެގެން ފުރާފައިވާ އެއްވަނީ އަގު ބޮޑުކޮށް ވިއްކާލުމަށްޓަކައި ނީލަމަކަށް ލައިފައެވެ.

ފޯމުގެ ބައެއް ބައިތައް އަތު ލިޔުމުންވެސް ފުރާފައިވާއިރު، ފޯމުންވެސް، އޭނާއަކީ ޓެކްނޮލޮޖީއަށް ޝައުގުވެރިކަން ހުންނަ މީހެއްކަން ވަރަށް ރަނގަޅަށް ހާމަވެއެވެ.

ޖޮބްސްގެ ސީވީ

ނޫސްތަކުން ބުނެފައިވާ ގޮތުގައި ނީލަމުގައި ފޯމު ވިއްކަން ފެށޭ އަގަކީވެސް 50،000 އެމެރިކާ ޑޮލަރެވެ. އަދި، އަގު މިއަށްވުރެވެސް މައްޗަށް ދިޔުމުގެ ފުރުޞަތު އޮތްކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

މި ފޯމު ނީލަމަށް ލައިފައިވަނީ އެމެރިކާގެ ބޮސްޓަންގައި ހުންނަ "އާރް އާރް އޯކްޝަން" އިންނެވެ.

މަޝްހޫރު މީހުންގެ މިފަދަ އެއްޗެހި ނީލަންތަކުގައި ގަނެ ވިއްކުމަކީ އާއްމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާވަހަރު އަލީ

    އެއްވަނީ އޯ. ހާތްހަހަހަހަހަ

  2. ކަނދޮޅު

    ސައުދީ ރަސްގެފާނަށް ނަމަނަމަ މިކަން ނާންގާތި.

  3. ނިކް

    1973 ވަނަ އަހަރު، ސްޓީވް ޖޮބްސް ވަޒީފާއަކަށް ކުރިމަތިލާންވެގެން ފުރާފައިވާ އެއްވަނީ އަގު ބޮޑުކޮށް ވިއްކާލުމަށްޓަކައި ނީލަމަކަށް ލައިފައެވެ." މިތަނުން ކޯޗެއް ބާ ސާފުވަނީ ވަޒީފާއަށް ކުރިމަތިލާފައިވާ އެއްވަނީ މިއީ ކޯޗެއްތޯ.... އެއްވަނަ ތޯ......