ފުވައްމުލައް ސީޓީގައި ފަތުރުވެރިންގެ މެދުގައި އެންމެ މަގްބޫލު "ޓައިގާ ޝާކް" ޕޮއިންޓަށް ޑައިވިންގ އަށް ފޭބި މުހައްމަދު ސައީދު (ސައިޓޭ) ގެއްލުނުކަމަށް އެމްއެންޑީއެފްގެ ކޯސްޓް ގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރްސީސީ)އަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެ މެންދުރު ފަހު 3:36ގައެވެ. ސައީދު ގެއްލިގެން އުޅޭތާ މިހާރު 24 ގަޑިއިރު ވެފައިވާއިރު، އޭނާ ހޯދުމުގެ މަސައްކަތް ސިފައިންނާއި، ރަށުގެ ޑައިވަރުންނާއި، އާއްމުންވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

އިއްޔެ 2:30 ހާއިރު ޑައިވިންގއަށް ފޭބި ސައީދަކީ ތަޖުރިބާ ކާރު ޑައިވަރެކެެވެ. އޭނާ ރަށުގައި ޑައިވް ސެންޓަރެއް ހިންގައެވެ.

ގެއްލިގެން ހޯދަމުންދާ ސައީދު

އެމްއެންޑީއެފް އިން ދިން މައުލޫމާތަށް ބަލާއިރު، ސައީދު ހޯދަން އެމްއެންޑީއެފްގެ ދެ ހާބާ ކްރާފްޓް ބޭނުން ކޮށްފައިވެއެވެ. އަދި މިއަދުވެސް ދެ ހާބާ ކްރާފްޓް ބޭނުން ކުރާނެ އެވެ.

ސައީދު ގެއްލުނު ސަރަހައްދު

އަދި ކަނޑު މަގުން 55 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވެއެވެ. ސައީދު ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދާއިރު، އޭނާގެ އަންހެނުން އާމިނަތު އިސްމާއިލް މީސް މީޑިއާގައި ލިޔުނު އަސަރުގަދަ ބަސްކޮޅުތަކަށް އެތައް ބައެއްގެ ސަމާލުކަން ލިބުނެވެ.

ފުވައްމުލަކު ނެރު ކައިރި
ފުވައްމުލަކު ނެރު ކައިރި

ފިރިމީހާ ގެއްލުނު ފަހުން އިއްޔެ އާމިނަތު ލިޔުނު ފުރަތަމަ ޕޯސްޓްގައި ވަނީ ސައީދަކީ އޭނާ އެންމެ ލޯބިވާ އޭނާގެ ފުރާނަ ކަމަށެވެ. އަދި އެއީ އޭނާގެ ހުރިހާ އުއްމީދު ކަމަށާއި، އެއީ އޭނާގެ ހިނިތުންވުން ކަމަށްވެސް ލިޔެފައި ވެއެވެ.

"އައިންތުގެ ހުރިހާ ހިތްހަމަޖެހުން، އައިންތު ދުނިޔޭގައި މި އޮތްހާ ދުވަހު ސަލާމަތުން ހުރުމުގެ ސަބަބު. އައިންތުގެ ފުރާނައެއް ފަދަ ލޯބިވާ ފިރިމީހާ ހެޔޮ ހާލުގައި ފެނުމުގެ ނަސީބު ލެއްވުުމަށް އެންމެން ދުއާ ކޮށްދީ". އާމިނަތުގެ އެ ޕޯސްޓްގައި ވެއެވެ. އޭނާގެ އެ ޕޯސްޓަށް 400 އާ ގާތް ކުރާ އަދަދަކަށް ރިއެކްޓް ލިބިފައިވާއިރު، 147 ޝެއާ ލިބިފައި ވެއެވެ. އަށް 500 އާ ގާތް ކުރާ އަދަދަކަށް ކޮމެންޓް ލިބިފައި ވެއެވެ.

އާމިނަތު ހިއްސާ ކުރި އިތުރު ޕޯސްޓެއްގައި ވަނީ ފިރިމީހާ ހެޔޮ ހާލުގައި ސަލާމަތުން އޭނާއަށް ފެނުމުގެ ނަސީބު މިންވަރު ކޮށްދެއްވުމަށް އެދި ދުއާ ކޮށްފައެެވެ.

ރަށުގެ ބަނދަރު ސަރަހައްދުގައި އާއްމުން ހަރަކާތްތެރި ވަނީ - ވަގުތު އިމޭޖްސް

ސައީދުއާއި އެކުގައި 19 އަހަރުގެ ޒުވާނަކު ވެސް ޑައިވް ކުރަން ދިޔައެވެ.

ޑައިވް ކޮށްގެން އުޅެނިކޮށް ހާލު ދެރަވި 19 އަހަރުގެ މަހްމޫދު ފާއިޒަށް ދ. އަތޮޅު ކަނޑިއްމަ ރިސޯޓުގައި މިހާރު ދަނީ ފަރުވާދެމުންނެވެ. އޭނާގެ ހާލު ވެސް ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޕޮގުބާ

    ވަގުތު ޖެހުނީމަ ތަޖުރިބާއެއް ނޯންނާނެ

    45
    9
  2. ޛަބި

    ސައީދުގެ އަނބި ދރިން ނަށާ އާއިލާގެ އެނމެހާ މީހުނައް ކެތްތެރިކަން ދެންވާދޭވެ.

    141
    • ޜެފްރީ

      އާމީން

      11
  3. ޭައަލީހުސެން67

    ދެރަނުވޭ....މިދުނިޔޭގަ ފިރިމީހާ ނެއް ދުވަހެއްގަ...އަޅުގަޑު މިހިރީ ކަމަނާއައް އެޙީވާން ތައްޔާރައް....

    3
    1
  4. ރަން ރީނދޫ

    މި ހިތާމަވެރި ދަނޑިވަޅުގައި،އެ އާއިލާގެ ހިތްދަތިކަމުގައި ބައިވެރިވަން. ދުޢާ އަކީ ހެޔޮގޮތް މިންވަރު ކުރެއްވުން.

    10
    2
  5. ނަން ނޭނގޭ

    ސަޢީދު ގެ ފުރާނަ އަށް ހެޔޮ ރަހުމަތް ލައްވާނދޭވެ.

    22
    1
  6. Anonymous

    އެމީހަކައް ލިޔެވޭ އެއްޗެއް އެމީހަކައް އެގެންވާނެ އަދި އުޅެނީ ގެއްލިގެން އަދި ރަސްމީ ފަރާތަކުން ވަކިއެއްޗެއް ނާގާ