"ކުޗް ނާ ކަހޯ" ފަދަ މަޤްބޫލް އެތައް ފިލްމްތަކުން މީގެ ކުރިން ވިދާލި ލޯބީގެ ޖޯޑަކީ ތި ހީކުރެއްވި ފަދައިން އެކްޓްރެސް އައިޝްވާރިޔާ ރާއިއާއި އެކްޓަރު އަބީޝެކް ބައްޗަނެވެ. މީގެ އެތައް އަހަރެއް ކުރިން މި ދެ ފަންނާނުންގެ މިފަދަ ފިލްމުތައް "ވައި"ގައި ހިފި ނަމަވެސް، މިހާޜު މި ދެ ފަންނާނުން އެކުގައި ފިލްމަކުން ނުފެންނަތާ މިވަނީ ލައްކަ ދުވަސް ވެފައެވެ. ފޭނުން އަބަދާއި އަބަދުމެ، ދެ ބަތަލުން އެކުގައި ފިލްމަކުން ފެންނާނެ ދުވަހެއްގެ އިންތިޒާރުގައި ތިބި ނަމަވެސް، މި އިންތިޒާރުގައި ކުލަ ޖެހިފައެއް ނުވެއެވެ. ނަމަވެސް އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ފޭނުންގެ ހުވަފެން ތަކުގައި ކުލަ ޖައްސައިދީ، މި ދެ ފަންނާނުން އެއްކޮށް ފިލްމެއްގެ މަސައްކަތް ކުރުމަށް އެއްބަސް ވެއްޖެއެވެ.

އަށް އަހަރުދުވަހުގެ މެދު ކެނޑުމަކަށްފަހު އަބީޝެކާއި އައިޝްވާރިޔާ އެކުގައި މިފަހަރު ފެނިގެންދާން މިއުޅެނީ މަޝްހޫރް ޕްރޮޑިއުސަރު އަނުރާގް ކަޝްޔަޕް ޕްރޮޑިއުސްކޮށް އަދި ސާވޭޝް މެވާރާ ޑައިރެކްޓްކުރާ ބޮލީވުޑް ފިލްމު "ގުލާބު ޖާމުން" އިންނެވެ. މި ފިލްމަކީ ލޯބީގެ އަސަރުގަދަ ފިލްމެއް ނަމަވެސް މި ފިލްމުގައި އައިޝްވާރިޔާއާއި އަބީޝެކް ކުޅުމަށް ހަމަޖެހިފައިވަނީ ދެމަފިރިންގެ ރޯލެއް ނޫނެވެ.

"ގުރޫ" ފަދަ ކުރީގެ ފިލްމުތަކުގެ ޝޫޓިންއިން ދިމާވެ، ލޯބީގެ ގެ ގޮތުން ގުޅި އަދި މިހާރު ކައިވެންޏަށްވެސް 11 ވަރަކަށް އަހަރުވެފައިވާ މި ދެމަފިރިން މިހާރު ދަނީ ފިލްމާއި ބެހެ ގޮތުން ފިލްމުގެ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރާއި ވާހަކަ ދައްކަމުންނެވެ. އަދި ހުރިހާ ކަމެއް ފައިނަލް ވުމުން ވަރަށް އަވަހަށް ފިލްމާއި ބެހޭ ގޮތުން ރަސްމީ އެންގުމެއްވެސް އަންގާނެ ކަމަށް ޑައިރެކްޓަރު ސާވޭޝް ވަނީ ބުނެފައެވެ.

މި ޚަބަރާއިއެކު، އަބީޝެކާއި އައިޝްވާރިޔާގެ ފޭނުން ތިބީ އިތުރު އެހެން އުފާވެރި ޚަބަރަކަށް އިންތިޒާރު ކޮށްލަކޮށްލައެވެ.

ކިޔުންތެރިންގެ ހިޔާލު