ބޮލީވުޑުގެ ސުޕަރ ސްޓަރ ސަލްމާން ޚާންގެ މަންމަ ސަލްމާ ޚާން ކައްކާ ބިރިޔާނީ ކޮންމެ ޢީދު ދުވަހެއްގައި ވެސް ކެއުމަކީ ސަލްމާނަށް ވަރަށް މުހިންމު ކަމެކެވެ.

މި އަހަރުގެ ފިތުރު އީދު ދުވަހާއި ގުޅިގެން ސަލްމާންގެ ކޮއްކޮ އަރްޕިތާ ޚާނާއި އޭނާގެ ފިރިމީހާ އަޔުޝް ޝަރުމާ ގިނަ ބަޔަކަށް ދިން ޢީދުގެ ކެއުމަކާއި ގުޅިގެން އަޔުޝްއާއި ކުރި އިންޓަވިއުއެއްގައި އަޔުޝް ބުނެފައިވެއެވެ.

''ޢީދު ދުވަހު މައިދައިތަ ކައްކާ ބިރިޔާނީއަކީ ކޮންމެހެން ވެސް ކާން ޖެހޭ އެއްޗެއް. ސަލްމާން ބޭބެއަށް މިއީ ވަރަށް މުހިއްމު އެއްޗެއް. ކޮންމެ ޢީދެއްގައި ވެސް މަންމަ މެންދުރަށް ބިރިޔާނި ކައްކާނެ. މިފަހަރު މި ބޭއްވި ޢީދުގެ ދަޢުވަތަށް ވެސް ބިރިޔާނީ ކެއްކީ މައިދައިތަ. އެންމެންނަށް ވެސް ބިރިޔާނި ވަރަށް މީރުވި. އަހަރެން ވަރަށް އުފާވި އެންމެންނަށް ބިރިޔާނި މީރުވީމަ'' އީޓައިމްސްއަށް ދިން އިންޓަވިއުއެއްގައި އަޔުޝް ބުނެފައިވެއެވެ.

އިތުރަށް އަޔުޝް ބުނެފައިވަނީ މި ޕާޓީއަކީ ކޮވިޑަށް ފަހު އެންމެން އެކީގައި އެއްވުމެއް ބޭއްވުނު ފުރަތަމަ ފަހަރު ކަމަށާއި މި ޕާޓީގެ ހުރިހާ ކަމެއް ބެލެހެއްޓީ ވެސް ސަލްމާން ކަމަށެވެ.

އަދި ޕާޓީގައި ސަލްމާ ކައްކާ ބިރިޔާނި ކޮންމެހެން ވެސް ހުންނަން ޖެހޭނެ ކަމަށް ވެސް ސަލްމާން ބުނެފައިވެއެވެ.

މި ޕާޓީއަށް ބޮލީވުޑުގެ ގިނަ ފަންނާނުން ތަކެއް ހާޒިރުވެފައިވެއެވެ. އޭގެތެރޭގައި ޝެހެނާޒް ގިލް، ޝާބިރް އަހްލުވާލިއާ، ރަންވީރު ސިންގް، ދީޕިކާ ޕާޑުކޯން، ޖެކުލިން ފެނާންޑަޒް ފަދަ ފަންނާނުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ަސަެއއސ

    އާމިރު ހާން، ޝާހްރުކުހާން، ސަލްމާން ހާނަށް ކޮން އީދެއް އަންނާނީ.
    ފާޅުގައި ރާބޯކަމަށް އެތައްފަހަރަކު އެތަށް ބޮޑެތި ހަފްލާތަކުގައި ވާހަކަ ދައްކާ އެއްބަސްވެފައި ތިބި ބައެއް.

    11
    2
    • ބަރާބަރު..

      ތިއީ ނަމެއްގައި އިސްލާމްކިޔައިގެން އުޅޭބައިގަނޑެއް. ދުނިޔެޔާހެދިބޫތުކައިފަ.. އަދި ސައިފް އަލީ ޚާނުވެސް މީ ވަކި ސަހަލު މީހެއްނޫން.. އިންޑިއާއެއްނުން.. ވާނީ ތިވަރު..

      3
      1
  2. ހުސޭނުބޭ

    އީދުދުވަހު ބިރިޔާނީ ކާން އީދު ނަމާދަށް ދިޔަތަ

    14
    3