އިންސާނުންގެ "އޮރިޔާން" ފޮޓޯ ޖައްވަށް ފޮނުވަން ސައިންސްވެރިން ނިންމައިފިއެވެ.

ސައިންސްވެރިން ބުނާ ގޮތުގައި އިންސާނުންގެ އޮރިޔާން ފޮޓޯ ޖައްވަށް ފޮނުވަން އެފަރާތްތަކުން ނިންމާފައިވަނީ ޖައްވުގައި އުޅޭ އޭލިއަނުންގެ ސަމާލުކަން ހޯދުމަށެވެ.

ނާސާގެ ސައިންސްވެރިން އުއްމީދު ކުރަނީ 150 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ފޮރުވިފައިވާ އޭލިއަނުންގެ ދިރިއުޅުން އެ ފޮޓޯތައް ބޭނުން ކޮށްގެން ހޯދޭނެ ކަމަށެވެ. އެކަމަށް ބޭނުން ކުރުމަށް ނިންމާފައިވަނީ ފިރިހެނުންގެ އިތުރުން އަންހެނުންގެ އޮރިޔާން ފޮޓޯގެ އިތުރުން އަތުގެ އިޝާރާތުން ގޮވާލާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.

އިންސާނުންގެ އޮރިޔާން ފޮޓޯ ޖައްވަށް ފޮނުވަން ނިންމާފައިވަނީ "ބީކަން އިންދަ ގެލެކްސީ (ބީއައިޓީޖީ) ޕްރޮޖެކްޓްގެ ދަށުން ކަމަށެވެ. ބީއައިޓީޖީ ޕްރޮޖެކްޓުގެ މަގްސަދަކީ ޖައްވުގައިވާ ދިރުންތަކަށް އިންސާނުންނާއި ގުޅުމަށް ދައުވަތުދީ މެސެޖެއް ދިނުމެވެ.

އޭލިއަނުންގެ ސަމާލުކަން ހޯދައި އެފަރާތްތަކާއި މުއާމަލާތް ކުރުމަށް ސައިންސްވެރިން މިފަދަ ޕްރޮޖެކްޓެއް ކުރިއަށް ގެންދަން ނިންމި ނަމަވެސް، އެކަމުން އަންނާނެ ނަތީޖާ އަކީ ކޮބައިކަން އަދި އެފަރާތްތަކުން ހާމަ ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހުސޭނުބޭ

    ބޯގޮވާފަ ތިބި ބައެއްތަ؟ ދެން ތި ދައްކައިގެން ޖަނަވާރުންނާއި މަސްމާމެހި ތެޅިނުގަންނަނީ ކީއްވެޔޯ؟

    38
  2. އަޙްމަދް

    ސްޕޭސް އަށް ސިގްނަލް ފޮނުވާ ފޮނުވާ ނާސާގެ ސައެންސްވެރިންތަށް ބޯގޯސްވީތާ!
    ޖައްވަށް މީހުންފޮނުވާނިއްޔޭ ކިޔައިގެން އުޅެފަ ކޮންތާކު ތިޖެހުނީ؟

    27
    1
  3. މުޙައްމަދު123

    މިހާރުވެސް ޖިންނި އަވަލާލެއް މަދީތަ އޮރިޔާން ދައްކައިގެންވެސް އެމީހުންގެ ސަމާލުކަން ހޯދަން އެއުޅެނީ. މި ސައިންސުވެރިން ނުވާނެ ރަނގަޅެއް.

    27
    2
  4. Anonymous

    ދެން ތީ ނުވެއޮތްކަން

    25
  5. މުހައްމަދު

    🤦

    20
    1
  6. Anonymous

    އޭލިއަނުންނޭ؟! ދުނިޔޭގައި އިންސާނުން ލައްވާފައިވާ ގޮތަށް ޖިންނިން ލައްވާފައިވާ ކަމަށް ގަބޫލުނުކުރާ އެތީސްޓުން މީހުން މޮޔަ ހައްދަން މޮޅެތި ކަންތައް ކުރިޔަސް އޭލިއަނުންނަކީ އެއީ އުޅޭ އެއްޗެއް ނޫން. އިންސާނުން އުފެދުނީ ހަމަ ހުރެލާފަ ކަމަށާ އިންސާނުންގެ އަސްލަކީ މައިކްރޯ އޯގަނިޒަމެއް ކަމަށާއި އިންސާނުންނަކީ ބަޔޮލޮޖިކަލް ގޮތުން ބަދަލުވަމުންދާ އެއްޗެއް ކަމަށް ބުނާމީހުންނަށްވުރެ ބޮޑެތި މޮޔައިންނަކީ ކޮބާ؟ ހިތާމައަކީ މުސްލިމުންގެ ތެރޭގައިވެސް މި ތިއަރީ ގަބޫލުކުރާ މީހުން އުޅޭކަން.

    8
    2
  7. Anonymous

    ރާމާ މަކުނުގެ އޮރިޔާންފޮޓޯ ފޮނުވަންވީނު! އެއީ ކަލޭމެން ގަބޫލުކުރާ އިންސާނުންގެ އަސްލު.

    13
    2
  8. ޒުވާނުން

    އޭލިއަނުން ބުނީ ތިޔަކުން އެމީހުންނަށްކުރާނެ އަސަރެއްނެންކަމަށް ތިޔައީ އެމީހުން ބަލާހިތްވާ އެއްޗެއްނޫނޯ. އަދި ބުނި އިންސާނާ މޮޔަވީހެއްޔެވެ.