އައިފިލްމްސް އިން "ބިރުވެރި ވާހަކަ" ގެ ނަމުގައި ޑްރާމާ ސިލްސިލާތަކެއް ގެނެސްދިނުމަށް ނިންމާ ފުރަތަމަ ލަވަ "ޝައިތާނާ" ދައްކާލައިފިއެވެ.

ދިރާގު ޓީވީއިން މި ސިލްސިލާ ޑްރާމާ ގެނެސްދެން ނިންމާފައިވާއިރު، މި ސީރީޒް ގެނެސްދޭން ހަމަޖެހިފައިވަނީ އެޕިސޯޑްތަކަކަށް ބަހާލައިގެން ވަކި ވަކިންނެވެ.

ސީރީޒް ލިއެ ޑައިރެކްޓް ކޮށްފައިވާ އިލްޔާސް ވަހީދު "ވަގުތު" އަށް ބުނީ، އެއިން ކޮންމެ އެޕިސޯޑެއްގައި ގެނެސްދީފައިވަނީ ތަފާތު ވާހަކައެއް ކަމަށެވެ. އަދި މުޅި ޖުމުލަ ސީރީޒްގެ ސްޓޯރީލައިނާއި ކޮންމެ އެޕިސޯޑެއް ވެސް ވާނީ ގުޅި ލާމެހިފަ ކަމަށް އިއްލެ ބުންޏެވެ.

ސީރީޒްގެ ފުރަތަަމަ ލަވަ "ޝައިތާނާ" އާންމު ކުރި ނަމަވެސް، "ބިރުވެރި ވާހަކަ" ގެ އެޕިސޯޑުތައް ދައްކާނެ ވަކި ދުވަހެއް ހާމަ ކޮށްފައެއް ނުވެއެވެ.

އިއްލެ ބުނީ، ހިޔާލީ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ މި ސީރީޒްގައި ޖުމުލަ 15 އެޕިސޯޑް ހިމެނޭ ކަމަށެވެ.

"މީގެ ދެ އަހަރެއްހައި ދުވަސް ކުރިން އިއްލެ ބޭއްވި އޮޑިޝަނުން ހޮވުނު ކުދިން ސީރީޒްއިން ފެނިގެންދާނެ. ކޮންމެ އެޕިސޯޑެއްގައިވެސް 30 - 40 މިނެޓްގެ ދިގު މިނެއް ހުންނާނެ،" އިއްލެ ބުންޏެވެ.

އިއްލެ ބުނީ، އާ ދެތިން މޫނުގެ އިތުރުން ދެން ފެނިގެންދާނީ އިންޑަސްޓްރީގައި މިހާރުވެސް މަސައްކަތް ކުރަމުންދާ ފަންނާނުން ކަމަށެވެ. އެގޮތުން، މަރްޔަމް އައްޒަ، ނުޒުހަތް ޝުއައިބް، ޝަރަފް، އަދި އައިޝަތް ރިޝްމީގެ މޫނު މި ސީރީޒްގެ އެޕިސޯޑުތަކުން ފެނިގެންދާނެ ކަމަށް އިއްލެ ބުންޏެވެ.

"ޝައިތާނާ" ލަވައިން އެކަނިވެސް އެތައް ކަމެއް ފެނިގެންދެއެވެ. ބިރުވެރިކަމާއި ނާމާންކަމެވެ. އެ ލަވައިގެ ކޮންމެ މަންޒަރަކުން ވެސް ބިރުވެރިކަން ސިފަވެގެންދެއެވެ. ލަވަ އެހާ ބިރުވެރިކޮށް ގެނެސްދީފައިވާއިރު، މި ސީރީޒް އަކީ ޝައުގުވެރި އެތައް ކަމެއް ފެނިގެންދާނެ ސީރީޒް އެއް ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

ލަވައިގައި ފެނިގެންދަނީ އަންހެނެކެޗެ. ބިރުވެރި ސިފަތަކެއްގައި އޭނާ ފެނިގެންދާއިރު، އެ މޭކަޕް ކޮށްފައިވަނީ ކުޅަދާނަ އާޓިސްޓް ރުތްބާއެވެ. އަދި ލަވަ ކިޔައި، ވީޑިއޯއިން ފެނިގެން ގޮސްފައިވަނީ ލަވަކިޔުންތެރިޔާ އަންދަލާ ހަލީމް "އަންޏަ" އެވެ.

އެ ލަވައިގައި ކިޔަނީ ޖިންނިއެއްގެ ވާހަކައެވެ. ދޮންކަމަނަގެ ފައިގައި ކައްޓެއް ހުރި ވާހަކައަކާއި، ރައްކާތެރިވުމަށް އިސްމުތައް ކިޔަވާ ވާހަކައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އުގުރި

    މިއީ ހަމަ އެބުނާ އިންސާނުންގެ ސިފައިގައި ތިބި ޝައިތާނުން ނަކީ..

    25
  2. Anonymous

    މި ލަވައިން ދިވެހީންނަށް ދިވެހި ބަހުން ދޭން އުޅުނީ ކޮން ކަހަލަ މެސެޖެއް ކަމެއް އަޅުގަނޑަކަށް އެއްްގޮތަކަށް ވެސް ދޭހައެއް ނުވި.
    އެހެންނަމަވެސް ޝައިޠާނަށް އިސްމުަތަކެއް ކިޔަވާށޭ ކިޔާފައި އެއީ ކޮން އިސްމުތަކެއްކަން ކިޔާ.އެއީ "ގައިކޮޅު ގައިގާ ދުރު".
    އަޅުގަނޑު ދަންނަވާނީ ދިވެހީން ގުނބޯ ހައްދަން ނޫޅޭށޭ. ބަޔަކު ޖަހާހާ ބެރަކަށް ނުނަށާށޭ.
    ޖިންނި ޝައިޠާނުންގެ ފަރާތުން ސަލާމަތްވުމަށްޓަކާ ﷲ ތަޢާލާ އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މެދުވެރިކުރައްވާ އަންގަވައިދެއްވާފައިވާ ޛިކުރުތަކަކީ ތިޔަ ވިދާޅުވާ ގައިކޮޅު ގައިގާ ދުރެއް ނޫނޭ. އެކަން ދަސްކުރައްވާށޭ.

    39
    1
    • ޚަލޭ ޙަާަދަގަމާރޭ

      ކުޜީގަ މީހުން ކިޔާ އެއްޗެއްވީމަ ޖޯކް ޖަހަނީ ކަމެއް ގެޓް އެއް ނުވޭތަ؟

      1
      2
      • Anonymous

        އޭ ހާދަ ގަމާރޭ އަށް
        ތިޔަ ވިދާޅުވާ ހަމައިން ދަންނަވަންޏާ އިސްލާމްދީނާ ދެކޮޅަށް ވެސް ޖޯކު ޖަހަންވީނުން. ބުނާ ބުނުމުގައި ކޮންމެވެސް ބޭނުމެއް އޮންނަންވާނެ. އެ ބޭނުން ނުފުދޭގޮތަށް އަޑުތަކެއް ގޮއްވާ އުޞޫލުން ދާކަމަށްވަންޏާ ތިމާ ފާފަވެރި ވެސް ވެދާނެ.

        • ޙަާދަގަމަރ

          ޟީ ދިވެހިން ކީ އެއްޗެއް ، މިހާރުވެސް ކިޔާ އެއްޗެއް ، ދީން މިތަނައް ވައްދަން ނޫޅޭ ....ކަމެއް ވައިރައް ދީނޭ ކިޔަފަ ނުއިރޭ .... ޢެންމެނައްވެސް ދީން އެންގެ .... ޢޮތްގޮތައް އުޅެނި މަދުބއެއް .... ޜަންގަލު ގޮތަ ނުބައގޮތް ނިއްމާނި ހެއްދެވިފަރާތުން ކަލެ އެއް ނޫން ....

  3. ޭއިބުރޭ

    މިދެން އަޅެފަހެ ކޯންޗެއް

    23
  4. Anonymous

    މި ކޯޗެއް ބުރޯ

    2
    1