ބޮލީވުޑު އަދި ހޮލީވުޑުގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސްއާއި ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ ދަރިފުޅުގެ ފޮޓޯ ފުރަތަމަ ފަހަރަށް މީސް މީޑިޔާގައި ހިއްސާ ކޮށްފިއެވެ.

ޕްރިޔަންކާ މި ފޮޓޯ ހިއްސާ ކޮށްފައިވަނީ ބައިނަލްއަޤްވާމީ މައިންގެ ދުވަހާއި ގުޅިގެން އެ ދުވަހުގެ ތަހުނިޔާ ކިޔުމާއި އެކު އިންސްޓަގުރާމުގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

ޕްރިޔަންކާގެ ދަރިފުޅު އެންއައިސީޔޫގައި ސަތޭކައަށް ވުރެ ގިނަ ދުވަހު އޮތުމަށް ފަހު ގެއަށް އާދެވިއްޖެ ކަމަށާއި މި ދުވަސްތަކުގައި އެހެން ބެލެނިވެރިންގެ އިހުސާސްތައް ވެސް އެނގިގެން ދިޔަ ކަމަށް އޭނާ ބުނެފައިވެއެވެ.

ކޮންމެ އާއިލާއަކީ ވެސް ތަފާތު އަދި ތަފާތު ޗެލެންޖުތަކާއި ކުރިމަތިލާން ޖެހޭނެ އާއިލާއެއް ކަމަށާއި ޕްރިޔަންކާގެ އާއިލާއަށް ވެސް ބޮޑު ގޮންޖެހުމަކަށް ފަހު އުފާވެރިކަން ލިބިފައިވާ ކަމަށް މި ޕޯސްޓުގައި ވެއެވެ.

ޕްރިޔަންކާގެ ދަރިފުޅު ގެއަށް އައުމުން ވަރަށް އުފާވެފައި ތިބި ކަމަށާއި ހޮސްޕިޓަލުގައި ދަރިފުޅު އޮތްއިރު އެ ދަރިފުޅަށް އެހީތެރިވި ލޮސް އެންޖަލެސްގެ ރަޑީ ޗިލްރަންސްގެ ހުރިހާ ޑޮކްޓަރުންނާއި ނަރުހުންނަށް ވަރަށް ހާއްސަ ޝުކުރެއް ވެސް ޕްރިޔަންކާ އަދާކޮށްފައިވެއެވެ.

ދަރިފުޅު ގެއަށް އައުމާއި ހަމައިން ޕްރިޔަންކާއާއި ނިކްގެ ދިރިއުޅުމުގެ މުޅިން އައު ސަފުހާއެއް ފެށިގެން ގޮސްފައިވާ ކަމަށް ޕްރިޔަންކާ ފާހަގަ ކޮށްފައިވެއެވެ.

ޕްރިޔަންކާއާއި ނިކް ވެސް ދަރިފުޅު ދެކެ ވަރަށް ލޯބިވާ ކަމަށް ބުނެ އިންސްޓަގުރާމުގައި ކޮށްފައިވާ ޕޯސްޓުގެ ''ކެޕްޝަން'' ނިންމާލާފައިވެއެވެ.

މައިންގެ ދުވަހުގެ ތަހުނިޔާ ހުރިހާ މަންމައިންނާއި ދަރިން ބަލަހައްޓަމުންދާ ހުރިހާ ފަރާތްތަކަށް ޕްރިޔަންކާ ކިޔާފައިވެއެވެ.

މިއީ ޕްރިޔަންކާއާއި ނިކްގެ ދަރިފުޅުގެ ފޮޓޯއެއް އާއްމުކުރި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެލޮކޮސް

    އެހެންމީހެއްގެ ބަނޑުއަޅާ ވިހޭ ދަރިއެއް ނޫންތަ ތީ؟

    13
    1
  2. ޅިޔަނުބެ

    ތީ ސިފަ ހުތުރުވެދާނެތީ ދަރިން ވިހަން ބޭނުންނުވާ

    4
    1
  3. ޅިޔަނުބެ

    ތީ ސިފަ ހުތުރުވެދާނެތީ ދަރިން ވިހަން ބޭނުންނުވާ މީހުންތީ. ބޭކާރު ބައެއް.

    5
    1