މި އަހަރުގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު އޮތް އާލިއާއާއި ރަންބީރުގެ ކައިވެނީގެ ބައެއް ސިއްރުތަކާއި ކުރިން ނުދައްކާ ހުރި ވާހަކަތައް ރަންބީރުގެ މަންމަ ނީތޫ ކަޕޫރު ހިއްސާކޮށްފިއެވެ.

''ފިލުމު ކޮމެޕޭނިއަން'' އަށް ދިން އިންޓަވިއުއެއްގައި ނީތޫ ބުނެފައިވަނީ އާލިއާއާއި ރަންބީރު ކައިވެނި ހަފުލާ ބާއްވަން އެންމެ ފުރަތަމަ ބޭނުންވީ ދެކުނު އެފްރިކާގެ ތީމްއަށް ކަމަށެވެ.

2020 ވަނަ އަހަރު ކައިވެނި ކުރުމަށް ނިންމި ކަން ފާހަގަކުރިއެވެ. ކައިވެނީގެ ކަންތައް ސިއްރު ކުރީ އާލިއާއާއި ރަންބީރުގެ އެދުމުގެ މަތިން ކަމަށް ބުންޏެވެ.

ކައިވެނި ކުރާކަން އެންމެންނަށް ކުރިން އެނގިއްޖެ ނަމަ އެކަމުގެ ވާހަކަތައް އެންމެން ދައްކާނެ ކަމަށާއި އެކަމާ ޖޯކް ޖަހައި އެ ވާހަކަތައް ގޮތްގޮތަށް މީޑިޔާގައި ދައްކާނެ ކަމަށް ބުނެފައި ވެއެވެ. އެހެން ކަމުގައިވަނީ ނަމަ ރަންބީރާއި އާލިއާއަށް ނަފުސާނީގޮތުން އުދަނގޫވާނެ ކަމަށް ބުންޏެވެ.

ކައިވެންޏަށް ތައްޔާރުވުމަށް އެއްވެސް ވަރަކަށް ''ޝޮޕިން'' ކުރަން ވެސް ނުދެވޭ ކަމަށާއި ''ޝޮޕިން'' ކުރަން ފޮނުވަން ޖެހެނީ އެކި މީހުން ކަމަށް ވެސް ނީތޫ ބުނެފައިވެއެވެ.

ނަމަވެސް ކައިވެނީގެ ހެދުން ގެއަށް ގެނައުމާއި ގޭގައި ބޮކި ފަތިތައް ދިއްލާލުމުން އެންމެންނަށް ވެސް އެކަން އެނގުނު ކަމަށް ނީތޫ ފާހަގަ ކޮށްފައިވެއެވެ.

ކައިވެނި ހަފުލާގައި ބައިވެރިވީ 40 މީހުންނެވެ. ކައިވެނީގެ ފަހުން ބޭއްވުނު ހަފުލާގައި ވެސް ބައިވެރި 40 މެހެމާނުންނެވެ.

ނީތޫ، ރިދިމާ، ސަމައިރާ، ކަރިޝްމާ، ކަރީނާ އަދި ރިމާ ޖެއިން ރަންބީރުއާއި އާލިއާއަށް ހާއްސަ ''ސަޕްރައިޒް'' އެއް ދިން ކަމަށް ވެސް ބުނެފައިވެއެވެ.

މީހުންނަށް އެނގިދާނެތީ ދެކުނު އެފްރިކާއަށް ގޮސް އެތަނުގެ ސަގާފަތާއި އެއްގޮތަށް ކައިވެނި ކުރުމަށް ރަންބީރުއާއި އާލިއާ ބޭނުންވި ކަމަށް ވެސް ނީތޫ ބުނެފައިވެއެވެ.