އަންގާރަ ދުވަހު އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާތަށް އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށް ބަކިންހަމް ޕެލަސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފި އެވެ.

"ރާނީ އަދިވެސް ގެންދަވަނީ އެޕިސޮޑިކް މޮބިލިޓީގެ މައްސަލަތަކެއް ތަހައްމަލު ކުރަމުން، އަދި އެކަމަނާގެ ޑޮކްޓަރުންގެ މަޝްވަރާގެ މަތިން، އެކަމަނާ ވަނީ މާދަމާ ގާނޫނު ހަދާ މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިނުގަންނަވާނެ ކަމަށް އުޒުރުވެރިކަމާއެކު ނިންމަވާފައި،" އެ ބަޔާނުގައި ވެއެވެ.

"ޒޭބާގެ އެދުމުގެ މަތިން، އަދި ކަމާބެހޭ ފަރާތްތަކުގެ އެއްބަސްވުމާއެކު، ޕްރިންސް އޮފް ވޭލްސް، ރާނީގެ ފަރާތްޕުޅުން ރާނީގެ ތަގުރީރު ދެއްވާނެ، ޑިއުކް އޮފް ކޭމްބްރިޖްވެސް މަޖިލިސް ހުޅުވުމުގައި ބައިވެރިވެވަޑައިގަންނަވާނެ" ގަނޑުވަރުން އިތުރަށް ބުންޏެވެ.

މި ތަޤްރީރަކީ ތަހުތުގައި ހުންނަވާ ފަރާތެއްގެ އެންމެ މުހިންމު އެއް ރަމްޒީ ވާޖިބު ކަމަށްވާއިރު، މި ތަޤްރީރަކީ ގާނޫނު ހަދާ މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާތުގެ މުހިންމު އެއް ބައިކަންވެސް ފާހަގަ ކުރެވެ އެވެ.

މި ތަޤްރީރު ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ތައާރަފު ކުރުމަށް ވެސް ބޭނުން ކުރާނެ އެވެ.

ރާނީ ތަހުތުގައި ހުންނަވައިގެން ދެފަހަރެއްގެ މަތިން ގާނޫނު ހަދާ މަޖިލީސް ހުޅުވުމަށް މިގޮތަށް ބޭއްވި ރަސްމިއްޔާތުގައި ތަޤްރީރު ނުދެވި ދެވުނެވެ. އެގޮތުން 1959 ވަނަ އަހަރު އަދި 1963 ވަނަ އަހަރު އެކަމަނާއަށް ވަނީ މި ތަޤްރީރު ނުދެވި ގޮސްފައެވެ.

އުމުރުފުޅުން 96 އަހަރުގެ ރާނީ ވަނީ މި އަހަރު ބޭއްވި ބޮޑެތި ގިނަ ހަރަކާތްތަކެއްގައި ބައިވެރި ނުވެ ދޫކޮށްލާފަ އެވެ. ގިނަ ހަރަކާތްތަކުގައި އެކަމަނާއަށް ބައިވެރި ނުވެވުނީ ސިއްހީ ހާލަތު ގޯސްވުމުންނެވެ. ރާނީ މިހާރު ތައްޔާރުވަމުން ގެންދަވަނީ އެކަމަނާގެ ރަސްކަމަށް 70 އަހަރު ފުރޭ މުނާސަބަތު ފާހަގަ ކުރެއްވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    އިނގިރޭސިވިލާތަށް ނިއުކުލިއަރ އެޅުމުގެ ކުރިން ކަށްވަޅަށް ދާހިތުން ދޯ ތިއުޅެނީ.

    2
    2
  2. ޝަރުމަން ، އައްޑޫ ، ޕެންސިލްވިލާ

    އަދިވެސް ރާނީ ވެގެން.... އިނގިރޭސީން އެންމެ ފޫހިވާ ޙާނދާން...ޖަލަ ގަޅާލާނެ ކަމުގެ ބިރުން ވ ލޯބިވާކަމަ ހެދިގެން އުޅެނީ

  3. ށޮ

    ހޫކެއަރެސް