ޗައިނާގެ އިރުމަތީ ޕޯޓް ސިޓީ ޒޫޝާންގައި ދިރިއުޅޭ މީހުންނަށް ހަފްތާ ބަންދުގައި ލިބިގެން ދިޔައީ ބޮޑު ހައިރާން ކަމެކެވެ. އެ ސިޓީގެ އުޑުމަތި ކުޑަ ވަގުތުކޮޅަކަށް ރަތްކުލައަށް ބަދަލުވެގެން ދިޔައީއެވެ. މިއާއެކު އެތައް ބަޔަކު އަންތަރީސްވިއެވެ.

އެއްބަޔަކު ބުނަނީ ކައިރީގައި އަލިފާން ރޯވެ އަނދަމުންދަނީ ކަމުގައެވެ. އަނެއްބަޔަކު ބުނީ އެއީ އެޕޮކަލިޕްސް ކަމަށެވެ.

މިހާރު އާއްމުވެފައިވާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަނީ، އުޑުމައްޗަށް ރަތް ކުލައަރާފައިވާއިރު، އެ މަންޒަރުގެ ފޮޓޯ އާއި ވީޑިއޯ ނެގުމަށް އެތައް ބަޔަކު ބޭރަށް ނުކުމެ އުޅޭ ތަނެވެ. އެއްބަޔަކު ބުނެފައި ވަނީ މިފަދަ މަންޒަރެއް މީގެ ކުރިން ފެނިފައި ނުވާ ކަމަށެވެ. އަނެއް ބަޔަކު ބުނަނީ، އުޑުމަތިން ފެންނަނީ ރަތް ލޭގެ ކުލަ ކަމަށެވެ.

އިންޑިޕެންޑެންޓް ނޫހުން ބުނީ ޒޫޝާންގެ މޫސުމާ ބެހޭ މާހިރުން ވަނީ ބިރުވެރި ގޮތަކަށް އެ ސަރަހައްދުގެ އުޑުމައްޗަށް ރަތް ކުލަ އަރާފައި ވަނީ ކީއްވެގެންތޯ ދެނެގަތުމަށް ކެތްމަދުވެފައި ކަމަށެވެ. އަދި އެ މީހުން ބެލި ބެލުމުން އެނގުނުގޮތުގައި، އެއީ އެ ސަރަހައްދުގައި ހަރަކާތް ތެރިވަމުންދިޔަ ބޯޓްތަކުގެ ލައިޓްތަކުން އައި އެއްޗެކެވެ.

އަދި އެ ސަރަހައްދުގެ މޫސުންވެސް ގޯސްނޫން ކަމާއި، އެއީ ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށްވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އެމީހުން ދައްކާ ވާހަކަ ދޭހަވާނަމަ ހާދަރަނގަޅޭ ހީވޭ.

    8
    1
  2. Unknown

    ޖުމްހޫރީ. އަސްލު ވެސް.