ޕާކިސްތާނުގައި ހުންނަ ތާރީހީ ހަސަންއާބާދު ބްރިޖް ވެއްޓިއްޖެއެވެ.

މި މަހުގެ ހަތް ވަނަ ދުވަހު ވެއްޓިފައިވާއިރު، ބްރިޖް ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ވަނީ މީސް މީޑިއާގައި އާއްމުވެފައެވެ.

އިންޑިޕެންޑެންޓް ނޫހުން ބުނީ ގިލްގިޓް ބަލްޓިސްތާން ސަރަހައްދުގައި އޮންނަ ބްރިޖްގެ ފެންގަނޑު ބޮޑުވެ، އެތައް ހާސް އާއްމުންނާއި ފަތުރުވެރިންނަށްވެސް އޭގެ އަސަރު ކުރި ކަމަށެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

އެ ސަރަހައްދުގެ މީޑިއާތަކުން ބުނެފައި ވަނީ، މިކަން މިހެން ދިމާވީ ދާދި ފަހުން އެ ސަރަހައްދުގައި ވަރަށް ބޮޑަށް ހޫނު ގަދަވެގެން ގޮސް، ފެން ގަނޑުތަކާއި ވަށައިގެންވާ ސަރަހައްދުތަކަށް ބޮޑެތި އަދަދުތަކުން ފެން ބޭރުވުމުގެ ސަބަބުން ކަމަށެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ފާއިތުވި 20 ދުވަހުގެ ތެރޭގައި "ޝިސްޕަރ ގްލޭސިއާ" ލޭކްގެ ފެނުގެ މިންވަރު 40 އިންސައްތަ ވަނީ އިތުރުވެފައެެވެ. މިކަން މިގޮތަށް ދިމާވީ އުތުރުގެ ސަރަހައްދުތަކުގައި އާދަޔާ ހިލާފަށް ހޫނުގަދަވުމުގެ ސަބަބުން ކަމަށް ބުނެފައި ވެއެވެ.

ފާއިތުވި 10 އަހަރެއްހާ ތެރޭގައި ޕާކިސްތާނުގައި އެންމެ ހޫނުގަދަ ދުވަސްތަކެއް ކަމަށް ރެކޯޑް ކުރެވިފައި ވަނީ އޭޕްރީލް މަސް ކަމަށް ބުނެފައި ވެއެވެ.

ޕާކިސްތާނުގެ ފެޑެރަލް މިނިސްޓަރ ކްލައިމެޓް ޗޭންޖް އަދި ސެނެޓަރ ޝެރީ ރެހްމާން ހިއްސާކުރެއްވި ވީޑިއޯއަކުން ފެންނަނީ ފެނުގެ މިންވަރު މަތިވަމުން ގޮސް ބްރިޖް ވެއްޓޭ ތަނެވެ.

އެ ވީޑިއޯގެ ކެޕްޝަންގައި އޭނާ ލިޔުއްވާފައި ވަނީ ކަރަކޯރަމް ހައިވޭގެ ބްރިޖް ވެއްޓިފައިވަނީ ޕާކިސްތާނުގެ އުތުރުގެ ސަރަހައްދެއް ކަމަށްވާ މައުންޓް ޝިޝްޕަރ ކައިރީގައި އޮންނަ "ޝިޝްޕަރ ގްލޭސިއާ" ވިރުމުގެ ސަބަބުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފޭލި ކިނބޫ

    އަނެއްްކާ އިންޑިޔާ ބްރިޖަށް މިހެންނުވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު.. ދޯ އިބްރާހިމާ؟؟؟

    16
    1