މިދިޔަ އަހަރު ކައިވެނި ކުރި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް އާއި ބޮލީވުޑްގައި ތަރި ވިކީ ކައުޝަލްއަށް ދަރިއަކު ލިބެން އުޅޭކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ކެޓްރީނާގެ ބަނޑަށް ދެ މަސް ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ދެތަރިން ކައިވެނިކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަހު މަހުގެ ނުވަ ވަނަ ދުވަހުއެވެ.

ކެޓްރީނާ ބަނޑުބޮޑުކަމުގެ ވާހަކަތައް އިންޑަސްޓްރީގައި ދެކެވެމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ބޮލީވުޑް ހަންގާމާ އިން ބުނީ، ކެޓްރީނާ ބަނބޮޑުކަން އެނގުމާއެކު އާއިލާ ތެރެއަށް އިތުރު އުފާވެރިކަމެއް ގެނެސްފައިވާ ކަަމަށެވެ.

ބޮލީވުޑް ހަންގާމާއިން ބުނާގޮތުގައި، ކެޓްރީނާ އެމީހުންގެ ފިލްމުތަކަށް ސޮއިކޮށްފައިވާ އެތައް ޕްރޮޑިއުސަރުންނެއް ގާތުގައި ފިލްމްތަކުގެ މަަސައްކަތްތަކުގެ ތާރީހުތައް ބަދަލު ކުރަން އަންގާފައި ވެއެވެެ.

އޭނާ ސޮއިކޮށްފައިވާ މެރީ ކްރިސްމަސް ފިޔަވައި، އޭނާގެ ހުރިހާ ޝޫޓިންގތަކެއް 2023 ވަނަ އަހަރަށް ފަސްކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށްވެސް ބުނެފައި ވެއެވެ.

ދާދި އަވަހަށް ނެރެން ތައްޔާރުވެފައިވާ އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ފޯން ބޫތު، ޓައިގަރ 3، އަދި މެރީ ކްރިސްމަސް ހިމެނެއެވެ.

މިކަމާއި ގުޅޭގޮތުން ދެ ތަރިންވެސް އެއްވެސް އެއްޗެއް އަދި ރަސްމީކޮށް ހަމަކޮށްފައެއް ނުވެއެވެ.