ފިރިހެނަކާއި ދިމާލަށް ތަލަ މީހެކޭ ބުނުމަކީ ޖިންސީ ފުރައްސާރަ ކުރުން ކަމަށް އިނގިރޭސިވިލާތުގެ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަކުން ހުކުމް ކޮށްފިއެވެ.

މި ހުކުމް ކޮށްފައިވަނީ އެގައުމުގެ ކުންފުންޏެއްގައި 24 އަހަރު ދުވަސްވަންދެން މަސައްކަތް ކުރަމުން ދިޔަ ފިރިހެނަކު ވަޒީފާއި ވަކި ކުރުމާއި ގުޅިގެން އޭނާ ހުށަހެޅި މައްސަލަ ބެލުމަށްފަހުއެވެ.

ވަޒީފާއިން ވަކި ކުރުމާއި ގުޅިގެން އޭނާ ވަނީ އެކުންފުނީގެ މީހުން ގޮވައިގެން ޓްރައިބިއުނަލްއަށް ގޮސްފައެވެ. އޭރު އޭނާ ބުނެފައިވަނީ އެތަނުގެ ތެރޭގައި އޭނާއަށް ޖިންސީ ފުރައްސާރަ ކޮށްފައިވާ ކަމަށެވެ.

ވަޒީޒާގައި ހުރިއިރު އެތަނުގައި ހިނގާ ދިޔަ ހާދިސާއަކާއި ގުޅިގެން އެތަނުގެ ސުޕަވައިޒަރެއް އޭނާ އާއި ދިމާލަށް ތަލަ މީހެކޭ ގޮވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އަންހެނުންނަށް ވުރެ ފިރިހެނުންގެ މެދުގައި ބޮލުގެ އިސްތަށި ފޭބުން މާ ބޮޑަށް ވެސް އާންމުވެފައިވާއިރު، އެބަސް މީހަކު ސިފަކޮށްދޭން ބޭނުން ކުރުމަކީ ތަފާތު ކުރުމުގެ ވައްތަރެއް ކަމަށް ޓްރައިބިއުނަލްގެ ފަނޑިޔާރަކު ވަނީ ބުނެފައެވެ.

ތިން ފިރިހެނުންގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ ބެންޗުން ކުރި މި ހުކުމުގައި ބުނެފައިވާ ގޮތުގައި ފިރިހެނަކާއި ދިމާލަށް ތަލަ މީހެކޭ ބުނުމަކީ އަންހެނެއްގެ އުރަމައްޗާއި ދިމާލަށް ބަސް ބުނުމާއި ދާދި އެއްގޮތް ކަމެކެވެ.

އަދި ފިރިހެނަކާއި ދިމާލަށް އެހެން ބުނުމަކީ އެމީހެއްގެ އިއްޒަތް ނަގާލުން ކަމަށާއި ޖިންސީ ފުރައްސާރައިގެ ވައްތަރެއް ކަމަށް ބެންޗުން ވަނީ ނިންމާފައެވެ.

މައްސަލަ ހުށަހެޅި މީހާ ބުނެފައިވާ ގޮތުގައި އޮފީހުގައި ކުރާ މަސައްކަތެއް ގޯސްކޮށް ކުރެވޭ ނުވަތަ އޮފީހުގައި މައްސަލައެއް ޖެހޭ ކޮންމެ ފަހަރަކު އެތަނުގެ ބައެއް ވެރިން އޭނާއަށް ތަލަ މީހެކޭ ގޮވައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޓަކިބެ

    އަމައްޔާއި ދެން އުޅޭ ފާޑެއް. އަންހެނަކާ ދިމާލަށް ހާދަ ރީއްޗޭ ބުނީމަވެސް ސެކްޝުއަލް ހެރެސްމަންޓަކަށް ވާނެދޯ!؟!

    14
    • އާދަނު

      އާނ. ވެފަ އޮންނަނީ...

    • ސިމްޕް

      ކޮންމެހެން ހިލޭ އަންހެނަކާ ދިމާލަށް އެހެންބުނަން ޖެހޭތަ.

      6
      1
  2. އަލީ

    ތިހެންވިއްޔާ ބަނޑެއްލާފަ ހުންނާތީ އެވާހަކަ ގޮވުން އަނެއްކާ ޖިންސީ ފުރައްސާރައަށް ނުވޭބާ؟

    11
    • އހ

      ވާނެ

  3. ކޭ

    ތަލައަކީ ޖިންސީ ގުނަވަނެއްކަމަށް ނިންމާފަތިއޮތީ އެހެންވީމަ ތަލަޖެހޭނެ ނިވާކުރަން

    14
    1
  4. ކޮއިމަލާ

    ތަހަފިރިހެނުން ނަކީ ވަރަށް ކާމިޔާބުބައެއް އަދި އަބިންނަ ވަރަން ހެޔޮބައެއް އިޚްލާސްތެރި ބައެއް އަދި ވަޒީފާގައިވެސް ތެދުވެރިބައެއް އަތްމަތި ތަނަވަސްބައެއް

    13
    2