ޓިކްޓޮކްގެ ތަރި ފާތިމަތު ރޫމާ (ޕްރިޓީ ރޫމީ) މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ހަބަރު އެއީ ސިއްސައިގެން ދާ ވަރުގެ ހަބަރެއް ހެެއްޔެވެ؟ ކޮންމެއަކަސް ރޫމީ މިހާރު ހުރީ ފުލުހުންގެ ބަންދުގައެވެ. އަނެއްކާ މީހަކު ލަނޑެއް ދިނީ ބާއެވެ؟ އެހެން ބުނާކަށް އަދި ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު އުމުރުން 43 އަހަރުގެ ތަރި ހައްޔަރު ކުރި ކަމެވެ.
"ވަގުތު" އަށް އެނގިފައިވާގޮތުން އޭނާ ހައްޔަރު ކުރީ ފިރިމީހާ، މުހައްމަދު ނަސީމާއެކު ދިރިއުޅެމުންދާ ހ. ބްލޫ ބްރިޖް އިންނެވެ. ނަސީމަކީ މަސްތުވާތަކެތިގެ ރެކޯޑް އޮންނަ މީހެއް ކަމަށްވެއެވެ.
ކޯޓު އަމުރެއްގެ ދަށުން ރޫމީގެ ގެއަށް ފުލުހުން ވަދެފައި ވަނީ ބުދަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. އެގެއަށް ފުލުހުން ވަދެފައި ވަނީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންގެ އިންޓަލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެންނެވެ.
މައުލޫމާތު އެނގޭ ބައެއް މީހުން ބުނެފައިވާގޮތުގައި އެގެއިން ހޯދި މަސްތުވަތަކެތީގެ ބަރުދަނުގައި 150 ގްރާމް ހުއްޓެވެ. އެކަމަކު އަދި މިކަން ކަށަވަރު ނުވެއެވެ.
މި މައްސަލައިގައި ފުލުހުން ހަމައެކަނި ވިދާޅުވީ، މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރުކޮށްފައިވާ ކަމެވެ. އިތުރު ތަފްސީލެއް ނުދެއެވެ. އެ މީހުންގެ ބަންދުގެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ގެންދިއުމުން، ބަންދަށް ޖަހާފައި ވަނީ ތިން ދުވަހެވެ.
ރޫމީއަށް އެތައް ބައެއްގެ ނުރުހުން!
މިފަދަ ބޮޑު ތުހުމަތެއް ރޫމީ އަށް ކުރެވިފައިވާއިރު، އޭނާއަކީ ރާއްޖޭގެ ޓިކްޓޮކް ކޮމިއުނީޓީގައި ގިނަބައެއްގެ ލޯބި ހޯދާފައިވާ މީހެކެވެ. ސަބަބެއްވެސް ނެތިއެއް ނޫނެވެ. އުމުރުގައި ބޮޑު ތަފާތެއް ހުރިނަމަވެސް، ޒުވާނުންނާއެކު އޭނާ ޓިކްޓޮކްގައި ވަރަށް ފޯރީގައި ހަރަކާތްތެރިވެއެވެ. ނެށުމުގެ އިތުރުން ލަވަވެސް ކިޔައެވެ. ޒުވާނުންނާއެކު އޭނާ އުޅޭއިރު، އެތައް ބަޔަކު ފާޑުކީނަމަވެސް އޭނާ އެކަމަށް އެއްޗެއް ނުބުނެއެވެ. ފާޑުކިޔާ މީހުންގެ އަނގަތައް ބަންދުކޮށް އޭނާ ފަހުންވެސް ދިޔައީ އެ ޒުވާނުންނާއެކު ޓިކްޓޮކްގައި ފޯރި އަރުވަމުންނެެވެ.
އޭނާގެ ޓިކްޓޮކް އެކައުންޓްގައި 25،000 އަށްވުރެ ގިނަ ފޮލޯވަރުން ތިބެއެވެ. 2018 ވަނަ އަހަރުގެ ފަހުކޮޅު ޓިކްޓޮކްގައި ގުޅުނު ރޫމީ ފޮލޯ ކުރަނީ 7063 އެކައުންޓެވެ. އޭނާގެ ޓިކްޓޮކް އެކައުންޓްގައި އެތައް ވީޑިއޯއެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ބައެއް މީހުންނާއެކު ކުޅެފައިވާ ވީޑިއޯތަކާއި، އަމިއްލަ ވީޑިއޯތައް ހިމެނެއެވެ.
އެންމެ ފަހުން އޭނާ ޓިކްޓޮކްއަށް ވީޑިއޯއެއް އަޕްލޯޑްކޮށްފައި ވަނީ މީގެ ތިން ވަރަކަށް ދުވަސް ކުރިންނެވެ. އެ ވީޑިއޯއަށް 659 ލައިކްސް ލިބިފައިވާއިރު، 65 ކޮމެންޓް ލިބިފައި ވެއެވެ.
އޭނާގެ އަޕްލޯޑް ކުރާ މިފަދަ ވީޑިއޯތަކަށް އެތައް ބައެއްގެ ސަމާލުކަން ލިބެއެވެ. އެކަމަކު މިހާރު ދެން ކިޔާނެ އެއްޗެއް ނެތެވެ. އޭނާގެ ނަން ކިލަނބުވާން ނެގީ ސިކުންތުކޮޅެކެވެ. އޭނާ ޑްރަގާއެކު ހައްޔަރުކޮށްފައިވާ ކަމަށް ބުނެ ފުރަތަމަ މީސް މީޑިއާގައި އެމްވީ ކްރައިސިސްއިން އާއްމު ކުރި ޕޯސްޓަށްވެސް ހާހަކަށްވުރެ ގިނަ ލައިކްސް ލިބުނެވެ. އެތައް ބަޔަކު އޭނާއަށް ފާޑުކިޔައި ކޮމެންޓް ކޮށްފައި ވެއެވެ.
"ތިކަހަލަ ކޮންމެ މީހެއްވެސް މަޝްހޫރުވެފައި އޮންނަނީ ތިކަހަލަ ގޮތަކަށް ކަންކަމުގެ ހަގީގަތް ބެލީމަ މި އެނގެނީ". ރޫމީ ހައްޔަރު ކުރި ކަމަށް ބުނެ މީހަކު ކުރި ޕޯސްޓްގައި ވެއެވެ.
ރޫމީ ހައްޔަރު ކުރި ހަބަރު "ވަގުތު" ގައި ޖެހުމުން އެ ހަބަރަށް ކޮމެންޓު ކުރި މީހަކު ބުނެފައި ވަނީ، "ތީ އޭނަ ކާންބޯން ކުރާ މަސައްކަތަކީ، ގޭދޮށު އެންމެނަށް އެގޭނެ. ވަރަށް ފާޅުގަ ކުރަނީ" މިހެންނެވެ.
އިތުރު މީހަކު ކުރި ކޮމެންޓެއްގައި ބުނެފައި ވަނީ، ޓިކްޓޮކްގެ ފަހަތުގައި ފޮރުވިފަ އޮތް ކަންތައްގަނޑު މިއޮތީ ފަޅާއަރާފައި ކަމަށެވެ.
އެންމެ މަތީ ހަރުފަތަށް ތިޔަ ޖެހިލީ ކަމަށް ބުނި މީހުންވެސް އެބަތިއްބެެވެ.
"ދިވެހި ފިލްމް ސްޓާރެއްގެ ގައިގައި ހުންނަން ޖެހޭ ހުރިހާ ސިފައެއް މިހާރު ތި ހަމަވީ". އިތުރު މީހަކު ކުރި ކޮމެންޓްގައި ވެއެވެ. މިފަދަ ގޮތަކަށް ކޮމެންޓް ކުރި ނަމަވެސް، ކޮންމެ ދިވެހި ފިލްމީ ތަރިއަކީ އެފަދަ މަގުން ދާނެ ބައެއް ނޫންކަން ގަބޫލުކުރަން ޖެހެއެވެ. އެގޮތުން ދާއިރާގައި އެތައް ޒަމާންވީ ތަރިންނާއި ގުޅޭގޮތުން އެފަދަ އަޑުތަކެއް އަރާފައެއް ނުވެއެވެ. އަދި އެ އޮންނަ "ޑިސިޕިލްން" ކޮންމެ ތަނެއްގައިވެސް ހިފަހައްޓާ ތަރިން އެބަތިއްބެވެ.
މިކަހަލަ އެތައް ކޮމެންޓެއް މީސް މީޑިއާގައިވެސް އޭނާއަށް ރައްދުކޮށްފައިވެއެވެ.
މިފަދަ ބޮޑެތި ތުހުމަތުތައް ކުރެވޭ މަޝްހޫރު މީހުން މަތިން ވަރަށް އަވަހަށް މީހުން ފޫހިވެއެވެ. އަދި ބައެއް ފަރާތްތަކުން އެފަދަ މީހުންނަށް ފޮލޯ ކުރުންވެސް ހުއްޓާލައެވެ.
ޑްރަގްގެ މައްސަލަތަކުގައި ހައްޔަރު ކުރި ބައެއް އަންހެން ތަރިން!
މީގެ ކުރިން މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ތަރިންގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރި މަލީހާ ވަޙީދު (މަލް) ހިމެނެއެވެ.
މަސްތުވާތަކެއްޗާއެކު، މަލް ހައްޔަރުކޮށްފައިވަނީ، އދ.މަހިބަދޫ ޕޮލިސް ސްޓޭޝަނާއި މާމިގިލީ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާމިގިލިން 2019 ވަނަ އަހަރުގެ އޮަގަސްޓް މަސް ތެރޭގައެވެ. މި މައްސަލައިގައި މަލްގެ އިތުރުން، އިތުރު އަންހެނަކު ހައްޔަރުކުރިއެވެ. މި ދެ މީހުންގެ މައްޗަށްވެސް އުފާލާފައި ވަނީ ޑައިމޯފިން ޓްރްފިކް ކުރުމުގެ ދެ ދައުވާއެެވެ.
މި މައްސަލައިގައި ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ހެކިވެރިޔެއްގެ ގޮތުގައި ހުށަހަޅާފައިވާ ފުލުހުންގެ ފޮރެންސިކް އޮފިސަރު ބުނިގޮތުގައި، މަލްގެ އަތުން ފެނުނު ޖޫސް ޕެޓީ ކޮތަޅުގައި މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ޑައިމޯފިން ހުއްޓެވެ.
މަލްގެ އިތުރުން ދެން، މަސްތުވާތަކެތީގެ ތުހުމަތުތަކެއް ކުރެވުނީ މަޝްހޫރު ލަވަކިޔުންތެރިޔާ ހައްވާ އަޝްރާގެ މައްޗަށެެވެ. އޭނާއާ ލޯބިވެރިޔާގެ މައްޗަށް ކޮށްފައި ވަނީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާއެވެ. އެކަމަކު އެ މައްސަލަ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އޭގެ ފަހުން ހައިކޯޓަށްވެސް މައްސަލަ ހުށަހެޅިއެވެ. ނަމަވެސް އަޝްރާގެ ބައި ދައުލަތުން އަނބުރާ ގެންގޮސްފައި ވަނިކޮށް އޭނާގެ ލޯބިވެރިޔާވެސް ހައި ކޯޓުން ވަނީ ސަލާމަތްވެފައެވެ.
އަޝްރާ އާއި އޭނާގެ ލޯބިވެރިޔާގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ އަށް ވަނަ ދުވަހު އެ ދެ މީހުން ތިބި ކޮޓަރި ތެރެއިން މަސްތުވާތަކެތި ފެނުމާ ގުޅިގެންނެވެ. ފުލުހުން އެ ކޮޓަރިއަށް ވަދެފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެ ކޮޓަރިއަށް ވަންއިރު އަޝްރާ އާއި ލޯބިވެރިޔާވެސް އެ ކޮޓަރީގައި ތިއްބެެވެ. އަދި ކޮޓަރިން ގިނަ އަދަދެއްގެ ޑްރަގާއި ފައިސާ ފެނުނު ކަމަށް ބުނެފައި ވެއެވެ.
އަޝްރާ އާއި އޭނާގެ ލޯބިވެރިޔާގެ މައްޗަށް އެ މައްސަލަ ސާބިތުވި ނަމަ، އެ ދެ މީހުން އުމުރަށް ޖަލަށްލުމާ އެކު އެއް ލައްކަ ރުފިޔާއިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެއެވެ.
ރޫމީ "ވަގުތު"އަށް ދިން އިންޓަވިއު!
ރޯދަ މަހު "ވަގުތު" އިން ގެނެސްދިން "ވަގުތު މައިޒާން" ޕްރޮގްރާމްގައި ވާހަކަދައްކަމުން ރޫމީ ބުނެފައިވާގޮތުގައި، އޭނާ ޓިކްޓޮކްއަށް ވަދެވުނީ މީހުން ކުޅޭތީ އެކަން އޭނާއަށްވެސް ވާނެ ކަމަށް ގަބޫލުކޮށްގެންނެވެ.
"އަހަރެން އަދި މާ އުމުރުން ބޮޑުކޮށް ހުއްޓަސް އަހަރެންނަށް ވާނެއޭ، ކުޅުނީމައޭ މިކަން ވާނީ، ކޮންމެ ކަމެއްވެސް ކުރީމައޭ ކުރެވުނީ". ރޫމީ އެ ދުވަހު ބުންޏެވެ.
ރޫމީގެ ތިން ދަރިންވެސް ތިބެވެ. އަދި ފަސް މާމަ ދަރިންވެސް ތިބެއެވެ.
އޭނާ ކިޔާދިންގޮތުގައި އޭނާއާ ފިރިމީހާގެ ކައިވެންޏަށް 23 ވަރަކަށް އަހަރުވެއްޖެއެވެ.
ރޫމީ ބުނީ، އޭނާ ހުރީ ފިލްމީ ދާއިރާއިން ކުރިއަށްދާން ބޭނުންވެފައި ކަމަށެވެ.
ރޫމީ އަސްލު ފިލްމީ ދާއިރާއަށް ވަދެވުނީ މީގެ 30 ވަރަކަށް އަހަރު ކުރިންނެވެ. އެއީ ދޮހޮއްކޮބޭގެ މަޝްހޫރު ލަވަ "މަސްލަހަތު ނެތް އަނބިން"ގެ ވީޑިއޯ ލަވައިންނެވެ. އެ ލަވައިގައި އެ ބުނާ އަތްބަކީ ރޫމީއެވެ. އެއީ ސިފައިންގެ ހިދުމަތަށް 100 އަހަރު ފުރުމާ ގުޅިގެން ތައްޔާރު ކުރެވުނު ލަވައެކެވެ. އެ ލަވަ ކުޅުނު އިރު އޭނާގެ އުމުރަކީ 15 އަހަރެވެ.
ކޮން އިރަކުތަ އެރީ، އެ އޮއްސޭކަށް 😏
ތިއުޅެނީ ދެފުއްކެހެރިންނާ ޑްރަގް ވިޔަފާރިކުރާ މީހުންނާ އެކަމް ދޭން ޖެހެނީ À+
މިއީ ތަނެއް ދޮރެއް ނުބަލައި ތަކެތި ލިޔާ ބައެއް. ތި ރޫމީއަކު ކޮން އިރަކުތަ ގަދަރަކާއި އިއްޒަތެއް އޮތީ.
30 އހަރު ކުރިން 15 އެކަމަކު 43 މީ ކިހިނެތް ވާ ކަމެއް! އޭނަ އަށް އޭރު 22 އހަރު ވެދާނެ! ސޯ ޝީ އިޒް 52! އޯ 53! އުމްރު މަދު ކުރަނީ ކީއްކުރަންބާ!
ސަރުކާރާއެކު ޑީލް ހަދާފަތިބިމީހުން ދޫކޮއްލާނެ
ލަދު ކުޑަ އަންހެނެއްގެ ހަގީގަތް ހާމަވީ! ލާރި ހޯދަން ރަގަޅު މަސެއްކަތް ކުރެވިދާނެެ! މިގޮތަށް ވިޔާނުދާވާކަށް ނުޖޭހޭނެ، ތި ހުރިހާ ޓިކްޓޮކް ސްޓަރުންނާ ތިކަހަލަ ހުރިހާ އެންމެން ތިއީ ހުސް މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން. އަދި ފަޅާ ނައަރަނީ
އަހަރުމެންނަށް އިނގޭ ޒުވާން ފިރިހެން ކުދިން ތީނަ ފަހަތުން ޓިކްޓޮކް ހަދަދަމުން ދުވި އިރުވެސް ފަހަތުގަ ފޮރުވިފައިވާ ބޮޑު ސިއްރެއް ވާނެކަން. އެން އޮންނަ ތަނަކަށް މަސްވެސް ދާނީ
ތަރިއަކަށް ވީ އިރެއް ކިޔާބަލަ އިހައް...ފިރިހެނުންނާ އެއްކޮށް ވައްވައް ޖެހީމަ އެޔަކީ ތަރިންނެއްނޫނޭ😡
މީދެން ތަރިޔެއްތަ؟ ނުދެނެހުރިން. ވަގުތުމީހުންނަށް ހާދަ އަވަހަކަށް މީހުން ތަރިންނަށް ވެޔޭދޯ. ދެން އެމީހާގެ ދިފާޢުގަ ރިޕޯޓުތައް ހަދައިގެން ލިޔަންފަށަންވީނު.
659 ލައިކް ތިއީ ވޯލްޑް ރެކޯޑު. ތިކަން ޖެހޭނެ ކޮންމެހެންވެސް ފާހަގަކުރަން. ތިޔައީ ހަމަ ފައްކާ ތަރިޔެއް. ތިޔަ ތަރިޔެއް ދެނެއް ނޯއްސޭނެ. އަބަދުވެސް ހުންނާނީ މެދުއުޑުގަ ފިޔަޖަހަޖަހާ.
މިކަހަލަ މީހުން ތަރިއަކައް ހަދާގެންވެސް އުޅެނީ ނޫސްވެރިން. ޓިކްޓޮކް ކުޅެލާއިރައް ތަރިއަކައްވޭތަ. މިކަހަލަމީހުންގެ ހަބަރު ނުގެނެސްދީބަ.
ޜޫމިގެ ފިރިމީހާ އަކީ މަސްތުވާތަކެތީގެ ރިކޯޑް އޮންނަމީހެކޭ ބުނެފަ އޮތީމާ ، ވަރަށް ސާފްދޯ ، މިއީ މޮދެމެފިރިންގެ ވިޔަފާރި އެހެން ނޫންތޯ
ނާހަމަ ތެދެއްތަ؟ ތިޔައީ ހަމައެކަނި ތަރިއެއްވެސް ނޫނެއްނު! ތިއީ ސާދަވިލޭރޭގެ ހަނދެއް ނޫންތަ؟
މިކަމުންވެސް އިނގެނީ ދިވެހިންގެ ބޮލުރޮދި ކެނޑިފަ ހުރިވަރު. ތީ ކާކު ކަން ނޭގޭ މީހަކު މިޤައުމުގަ މަދުވާނެ. ޓިކްޓޮކަށް ވީޑިއޯއެއްލާ އިރަށް އެވަރެއް ނެތް.
ތީ ކޮން ކަހަލަ ތަރިއެއް ބާ.
ތީ ފިލްމީ ދާއިރާ އަށް މާ ބޮޑަށް ވަންނަން ބޭނުންވެގެން އުޅޭ ތަރިއެކޯލަ. ދުމަށް އެރި ތަރި
ތި ތަރިވަނީ ވަރަށް ކުރިން އޮއްސިފަ. ދެން އޮއްސޭނެ އެއްޗެއް ނެތް. ތަރި އެކޭ ކިޔޭނެ ތަ އެކަހަލަ ބޮޑެތި ކުއްތަށް ކުރާ މީހުންނަށް.
ތިމައްސަލާގައި މުންކޮ ބުނެލަން ބޭނުންވަނީ މުންކޮ އަކީވެސް ރޫމީއާއި އެކުގައި ޓިކްޓޮކް ކުޅުނުމީހެކޭ އެކަމަކު އެއީއެއްފަހަރު ބުނަންމިއުޅެނީ ކޮންމެހެން މުންކޮ ރޫމާ އާއި އެކުގައި ޓިކްޓޮކް ކުލުނުވާހަކަށް އެއްނޫން ޕޮއިންޓަކީ ރޫމާ އާއި އޭނާގެ ފިރިކަލުން ފުލުހުން ހިންގި ޙާއްސް އޮޕަރޭޝަންގައި އަތުލައިގަތް އިރުގަ އެދެމީހުން ތިބީ ހަމަ އަސްލުވެސް މަސްތުގެ ހާލަތުގަތޯ ނުވަތަ އެއީ އަބަދުވެސް ޑުރަގުގެ ރެކޯރޑްސް އޮންނަ ދެމީހުން ތޯ އޭ މިކުރި ދެސުވާލުގެ ޖަވާބުގައި އާނ އެކޭ ބުނެވޭނަމަ އަހަރެން ވަރަށް ބޮޑަށް ހިތާމަ ކުރަމޭ ރޫމާ ޔާ އެކުގައި ޓިކްޓޮކް ކުޅެވުނީތީ އެއީތެދަކަށް ވާނަމަ މިވަގުތުން ފެށިގެން އަހަރެން ޓިކްޓޮކް ކުޅުން މިހުއްޓާލީ ޢޭ ނަމަވެސް ރޫމާ މެންގެ ބަންދަކީ ބަޔެއްގެ ރޭވުމަކުން ވީ ބަންދެއް ނަމަ ހަމަ މިހާރު ރޫމާ ޔާ އޭނާގެ ފިރިކަލުން ދޫކޮށް ލުމަށް މޯލްޑިވްސް ޕޮލިސް ސާވިސާސް އަށް ގޮވާލަމޭ
ކޮން އިރަކުތަ އެރީ...!!!
މިލިޔުން ކިޔާލީމަ ހީވަނީ ނެށުމާ ލަވަ ކިޔުމަކީ ދެން މާމޮޅު ކަމެއްހެން .މިނޫން ދުނިޔެ އެއް އޮތް ކަން ދަނެގެން އުޅެބަލަ
މަރުވާނީ ކޮން އިރަކު ކަމެއް ނޭގެ. އޭރުން ތިޔަ ބުނާ ޓިކްޓޮކް އަކުން ކުރާނެ ފައިދާއެއް ނޯންނާނެ .