އާންމުކޮށް ބާއްޖަވެރި ހަޔާތަކަށް ދެމީހުންގެ ލޯބި ބޭނުންވާނެއެވެ. ކާމިޔާބު ޒަވާޖީ ހަޔާތަކަށްވެސް އެންމެ މުހިއްމު ވަސީލަތަކީ ދެމީހުން އެކަކު އަނެކަކަށް ދޭން ޖެހޭ ލޯބި ހަމަހަމަކޮށް ދިނުމެވެ. ލޯބީގެ ގުޅުމެއް ފަށައިގެން ކުރިއަށްދާއިރު، ތަފާތު ކަންކަމާ ދިމާވާނެއެވެ. ހާއްސަކޮށް އެކަކު އަނެކަކު ވާ ލޯބި ދެނެގަނެވޭނެ ހާލަތްތައް އަންނާނެއެވެ. ކުދިކުދި ކަންތައްތަކުން އެތައް ވާހަކައެއް ބުނެދޭއިރު، ސައިންޓިފިކަލީވެސް މި ކަންކަން ދެނެގަނެވޭނެ ގޮތްތައް އެބަހުއްޓެވެ.

ދެމީހުންވެސް އެއްވަރަށް އެކަކު އަނެކަކު ދެކެ ލޯބި ނުވާކަން ފެންނާނެ ބައެއް ކަންތައްތައް ސައިންޓިފިކަލީވެސް ފެންނަން އެބަހުއްޓެވެ.

1- އެއްވެސް ކަމަކާ އެއްބަސްވުމަކަށް ނާދެވުން.

ކުރާ ކޮންމެ ޒުވާބެއްގައިވެސް ލޯބިވާ މީހާ ޖެހޭނީ ކަންތައްތައް ދޫކޮށްލާ، އަނެއް މީހާ ބުނާ އެއްޗެއް ގަބޫލުކޮށްގެން ނިންމާލާށެވެ. އެހެންވާ މީހުންނަށްވެސް މިހާރުވެސް ހާލަތު އިހުސާސް ކުރެވޭނެއެވެ.

2- ލޯބި އިތުރު ކުރަން އެކަކު މަސައްކަތް ކުރުން

އަބަދުވެސް ޕާރުސަލްތަކާ ގިފްޓްތަކާ ދޭން ޖެހެނީ ތި ފަރާތުން ހެއްޔެވެ. އަނެއް ކޮޅުން އެފަދަ ކަންކަން ނުކުރާނަމަ އެއީ މައްސަލައެކެވެ. އެކޮޅުން ލޯބި ނުވަނީއެވެ.

3- އަބަދުވެސް ކަމެއްގައި ދެރަވާން ޖެހުން

ކޮންމެ ކަމެއް ޖެހުނަސް ގުޅުން ރޫޅިދާނެތީ، ނޫނީ ޒުވާބެއް ފެށުނު ކަމުގެ އިހުސާސް ކުރެވޭނީ ލޯބިވާ މީހާއަށެވެ. އަނެއް މީހާ އެކަމާ މާބޮޑަށް ދެރައެއް ނުވާނެއެވެ. ގުޅުން ރޫޅުނަސް ހަމަކަމަށް ނިންމާލާނީއެވެ.

4- އަމިއްލައަށް ހަދާން ޕްލޭންތައް ކެންސަލް ކުރާނީ އެކަކު

އެހެން ރައްޓެހިންނާއެކު ހަދާފައިވާ ޕްލޭންތައް ދޫކޮށް ލޯބިވެރިޔާއާއެކު ކިހާވަގުތެއް ހޭދަކުރަން ހެއްޔެވެ. އެކަމަކު އަނެއް ކޮޅުން ބިޒީ ދުވަހެއް ނަމަ، އެކޮޅުން އެއްވެސް ވަރަކަށް ޕްލޭންތައް ބަދަލުކޮށް ބައްދަލު ކުރަން ނޫޅޭނަމަ އެއީ ގޯހެކެވެ.

5- އަމިއްލަ އެދުން ބޮޑުކޮށް ފެނުން

ކަންކަން ނިންމާނީ އަމިއްލައަށެވެ. ގިނަ ކަންކަމަށް ނުވެސް އަހާލާނެއެވެ. އެހިސާބުން އެއީ ލޯބި ނުވާ މީހާއެވެ. ތިހުރެވެނީ ގޯސް ގުޅުމެއްގައެވެ.

އެއްކޮޅުން ލޯބިވާ ރިލޭޝަންޝިޕްތަކަކީ އިންތިހާއަށް އެމޯޝަނަލް ވޭން ތަހައްމަލް ކުރަން ޖެހޭ ރިލޭޝަންޝިޕްތަކެކެވެ. އެހެންކަމުން އެފަދަ ގުޅުމަކުން ވީހާވެސް އަވަހަކަށް ދުރުވާން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ދެމީހުންވެސް އެކަކު އެނެކަކުދެކެ ލޯބިނުވާ ރިލޭޝަންޝިޕެއްގަ މިއުޅެނީ.

    9
    1