ބޮލީވުޑްގައި އެންމެ ކަމިޔާބު ތަރިންގެ ތެރޭގައި ހިމެނޭ ކެޓްރީނާ ކައިފް ބަނޑުބޮޑުކަމަށް ދެކެވެމުންދާ ވާހަކަތައް ދޮގުކޮށްފިއެވެ.

ކެޓްރީނާ ކައިވެނިކޮށްގެން އުޅެނީ ބޮލީވުޑްގައި މިހާރު ވިދަން ފަށާފައިވާ ތަރި ވިކީ ކައުޝަލް އާއެވެ. ބޮލީވުޑް ހަންގާމާއިން އިއްޔެ ރިޕޯޓްކޮށްފައިވާގޮތުގައި، ކެޓްރީނާ ބަނޑުބޮޑެވެ. އަދި އޭނާގެ ބަނޑަށް ދެ މަސް ކަަމަށް ބުނެފައި ވެއެވެ.

ބޮލީވުޑް ހަންގާމާއިން ރިޕޯޓްކޮށްފައިވާގޮތުގައި، އޭނާ ބަނޑުބޮޑުކަން އެނގުމާއެކު ފިލްމްތަކުގެ ޝޫޓިންގތައްވެސް ވަނީ ފަސްކޮށްފައެވެ.

އެހެން ނަމަވެސް މިހާރު އެ ހުރިހާ ވާހަކަތަކެއް މި ދަނީ ދޮގު ކަމަށް ބުނެފައެވެ. އެގޮތުން އީޓައިމްސް އިން ވަނީ އެކަމުގެ ތަފްސީލެއް ހޯދުމަށް ކެޓްރީނާގެ ޓީމާއި ވާހަކަ ދައްކާފައެވެ. އެގޮތުން އެފަދަ އުފާވެރި ހަބަރެއް ނެތްކަން އެ ޓީމުން ފާހަގަކޮށްފައި ވެއެވެ. ކެޓްރީނާގެ ޓީމުން ހާމަކުރި ގޮތުގައި އޭނާ މިވަގުތު ދަރިއަކަށް އިންތިޒާރު ނުކުރި ނަމަވެސް މިހާރު ބޮޑަށް ފޯކަސް ކުރަނީ އޭނާގެ ކެރިއަރަށް ކަމަށާއި، އަދި ކައިވެނި ކޮށްގެން ދިރިއުޅުމުގެ ފުރަތަމަ މަރުހަލާތަކުގައިވެސް އުފާވެރި ގޮތުގައި ހޭދަ ކުރުމަށް ކަމަށް ބުނެފައި ވެއެވެ.

ކެޓްރީނާއަކީ ކުޑަކުދިންދެކެ ވަރަށް ލޯބިވާ މީހެކެވެ. ކައިވެނިކޮށްގެން ދަރިން ހޯދަން ބޭނުންވާ ވާހަކަ ވަރަށް ގިނައިން މީޑިއާގައި ދައްކައެވެ.

މިވަގުތު ދެމަފިރިން މިވަގުތު އެމެރިކާގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު، ތަފާތު އެތައް ވާހަކަތަކެއް މީޑިއާ ތަކުން ދަނީ ދައްކަމުންނެވެ.

މިވަގުތު ކެޓްރީނާ އުޅެނީ ތިން ފިލްމެއްގެ މަސައްކަތުގައި އަވަދިނެތިއެވެ. އެއީ "މެރީ ކްރިސްމަސް" އާއި "ޓައިގަރ 3" އަދި "ފޯން ބޫތު"ގެ މަސައްކަތެވެ. ވިކީ އަވަދިނެތި އުޅެނީ "ގޯވިންދާ ނަމް މެރާ" އާއި ވައިއާރްއެފްގެ ފިލްމެއްގެ އިތުރުން ޕްރޮޑަކްޝަންގެ މަސައްކަތް ކުރަމުން އަންނަ "ރައުލާ" އާއިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙހހ

    ފޯރިއެއް އެބަހުއްޓޭ ދޯ ކެޓްރީނާ ބަނޑުބޮޑު ތޯ ބެލުމުގަ ، ތިވަރުން ނޫޅުނަސް ބަނޑުބޮޑު ވާނެ އަދި ، ކަލެމެން އަ އެއި