ކައިވެންޏެއް ކުރުމަކީ ވެސް މިހާރު މާފަސޭހަ ކަމަކަށް ނުވެއެވެ. ކައިވެންޏަށް ތައްޔާރު ވުމަށް ލައްކަ ގިނަ މަސައްކަތްތައް ކުރެއެވެ. ނަމަވެސް ރާވާ ހުރިހާ ރޭވުމެއް ބައެއް ފަހަރު އެންމެ ރަނގަޅަށް ފުރިހަމަ ވެގެންނެއް ނުދެއެވެ.

ބެކީ ޖެފްރީސް ނަމަކަށް ކިޔާ އަންހެނަކު ޓިކްޓޮކްގައި އާއްމުކުރި ވީޑިއޯއެއްގައި ބުނެފައި ވަނީ އޭނާ ކައިވެނި ކުރާއިރު ލާނެ ހެދުމެއް ފެހިއިރު ހެދުން ޑިޒައިން ކުރީ ހެދުމުގެ ފަހަތައް ވަރަށް ބޮޑު ފޮތިގަނޑެއް އޮންނަ ގޮތަށެވެ. ނަމަވެސް ކައިވެނި ކުރިއަށް ދަނިކޮށް އޭނާ އަށް އެނގުނީ ހެދުމުގެ ފަހަތައް އޮތް ބޮޑު ފޮތިގަނޑު ނެތް ކަމެވެ. އެހިސާބުން ބެކީ ބޭނުންވީ ކައިވެނި މެދުކަނޑާލާށެވެ.

ބެލީ ބުނި ގޮތުގައި އެވަގުތު ވެސް ކައިވެނި މެދުކަނޑާލަން އޭނާ ބޭނުންވީ އެކަން އެގޮތައް ނުކޮށްފިނަމަ މުޅި އުމުރު ދުވަހު އެހިތާމައިގައި އޭނާ ހޭދަކުރަން ޖެހޭނެތީއެވެ.

ބެލީ ބުނި ގޮތުގައި ކައިވެނި ވަގުތުން މެދުކަނޑާލުމަށް ފަހު އޭނާގެ ހެދުމުގެ މަދުވާ ބައި ހެދުމުގައި ހަރުކުރިއެވެ. އަދި އެއަށްފަހު ކައިވެނި ޕާޓީ އަލުން ކުރިއަށް ގެންދިޔައެވެ.

ބެލީ ބުނި ގޮތުގައި މިގޮތައް ކައިވެނި މެދުކަނޑާލަން ޖެހި ހެދުމުގައި އަލުން ބައެއް ހަރުކުރަނިކޮށް ކައިވެނީގެ ދެރޭ ކުރިން އޭނާ އަށް ހުވަފެނުން ވެސް ފެނުނެވެ.

ބެލީ ބުނީ އޭނާގެ ހެދުމުގެ އެއްބައި ނެތި ކައިވެނި ޕާޓީއަށް ދެވުނީ އޭނާގެ މޭކަޕް ކަންކަން ކުރި މީހާ ހަނދާންނެތި ހެދުމުގައި އެބައި ހަރުނުކޮށް އޮތުމުންނެވެ. ކައިވެނީގެ ކުރިން ހެދުމުގެ ފަހަތް އޮތް ގޮތެއް ބަލާން ބެލީ ހަނދާން ނުވީ ހާސްވެފައި ހުރިވަރުންނެވެ.

ބެލީ އާއްމުކުރި ވީޑިއޯ ބެލި މީހުންގެ އަދަދު މިހާރު 30 މިލިއަނަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު