މާލޭ މަގުމަތިން ވެނެއް ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވާން ފަށައިފިއެވެ.

މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެނިގެން ދަނީ އައިޖީއެމްއެޗް ސަރަހައްދުގައި ހުރި ކާނުގަނޑެއް ކައިރިން ވެނެއް ދުވާ މަންޒަރާއި ކާނުގަނޑު ތެރެއަށް އެ ވެން ވަންނަ މަންޒަރެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެވެނަކީ އެއީ ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރާގައި މާލޭގެ ބައެއް ސަރަހައްދުތަކަށް އުދައެރުމުގެ ސަބަބުން އުދައާއި އެކީ މާލެއަށް އަރާފައިވާ ވެނެކެވެ.

މަންޒަރު ފެނުނު ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި މާލެއިން ފެނުނު ވެނުގެ ދިގު މިނުގައި ގާތްގަނޑަކަށް 2 ފޫޓު ވަރު ހުންނާނެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރަމުން އަންނައިރު، މިއަދު މާލެއަށް ދޭތެރެ ދޭތެރެއިން ވަނީ ވައި ބާރުވެ ވާރޭ ވެހިފައެވެ. އަދި ބައެއް ހިސާބުތަކުގައި ފެންބޮޑުވެ އުދަ ވެސް އަރާފައެވެ. އުދަ އަރާފައިވަނީ އައިޖީއެމް ބިއްދޮށަށް ރަސްފަންނާއި ވީ ކޮޅަށެވެ.

ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައާއި ގުޅިގެން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް ބޯކޮށް ވާރޭވެހުމާއި އެކު ގުރުރުމާއި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މިރޭ 00:15 އާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ވެން

    ތީ ސީސްނޭކް އެއް

    8
    1
  2. ވެނުގެ ވެރިމީހާގެ އަންހެނުން

    ތީ ކޮންމެސް މީހެއްގެ ކަޅުވެނެއް ތިއަށް އަނިޔާނުކިރާތި ނަމަނަމަ

    10
  3. ޑޯޒް

    މމަސްބާނަން ތިބި ބަޔަކު ކުރި ކަމއް ތީ

    5
    1
  4. ދިރާސާ

    ކޮންމެ ހުޅަނގު ވިއްސާރައިގައި ތިސަރަހައްދަށް އުދައަރައި ގިރައި ، މަސްތައް އެއްގަމަށް އަރުމާއި ކަންކަން ހިނގާ ، މިހާރު އައިޖީއެމްއެޗް އިމާރާތް ހުންނާނީ ވަރަށް ބޮޑަށް ލޮނުގެ އަސަރުކޮށް ،ފައުންޑޭޝަން ފީވެފައި ،އެހެންކަމުން އައިޖީއެމްއެޗް އިމާރާތް ބޭނުންކުރުން ރައްކާތެެރި ކަމަކަށް ނުފެނޭ. ރަސްފަންނު ހަދަމުން ދިޔައިރު އުމުރުން ދުވަސްވީ ކާފަމެން އެސަރަހައްދުގައި ތިބެ ބުނަމުން ދިޔަ " މިއޮތް ހަދަނީ ގޯހެކޭ ، ހުޅަނގު ވިއްސާރައިގައި ތިޔަ ވެލިގަނޑު ދަމާލާއި ގިރާލާނޭ "..

    9
    5
  5. ކަނަމަދު

    ދެން ނުކެރޭނެ މާލޭ މަގުމަތީ ހެދޭ ފެންގަނޑަކަށްވެސް އެރޭކަށް، ވެނާ ރޮނޑާ ފާނަޔާއުޅޭތީ

  6. ާމިވެސް

    ފާހަނަކުރާއިރު ރަނގަޅައް ބަލާތި

  7. ރާއްޖެތެރެމީހާ

    އާސާރަށް ލާ ތިޔަވެން މާލޭ މީހުން ބަލަން މާލޭ މީހުންނަށް އާވާނެ

    12
    1