އައިފިލްމްސް އިން ގެނެސްދޭން ނިންމާފައިވާ "ބިރުވެރި ވާހަކަ" ޑްރާމާ ސިލްސިލާގެ ފުރަތަމަ ޓީޒާ އާއްމުކޮށްފިއެވެ.

ދިރާގު ޓީވީއިން މި ސިލްސިލާ ޑްރާމާ ގެނެސްދޭނެއެވެ. މި ސީރީޒް ގެނެސްދޭން ހަމަޖެހިފައިވަނީ އެޕިސޯޑްތަކަކަށް ބަހާލައިގެން ވަކި ވަކިންނެވެ. އެހެން ނަމަވެސް ސީރީޒް ނެރެން ހަމަޖެހިފައިވާ ތާރީހެއް އަދި އިއުލާނު ކޮށްފައެވެ.

ބިރުވެރި ވާހަކަ ސީރީޒްގެ ޓީޒާގެ މަންޒަރެއް

މި ސީރީޒް އިން ފިލްމީ ދާއިރާއަށް އަލަށް ނުކުތް ފަންނާނުންނާއި، މިހާރުވެސް ދާއިރާގެ ފިޔަޖަހަމުން އަންނަ ފަންނާނުން ފެނިގެން ދެއެވެ. އޭގެ ތެރޭގައި ބަތަލާ ރިޝްމީ ރަމީޒާއި، ނުޒުހަތު ޝުއިބް އާއި ޝަރަފުއްދީން އަބްދުﷲ (ޝަރަފް)، އަދި ޓިކްޓޮކްއިން މަޝްހޫރުކަން ހޯދި ފާތިމަތު ޝަރާ އާއި ނޫސްވެރިޔާ މަރިޔަމް ވަހީދާ (ޔަމް)ގެ އިތުރުންވެސް އިތުރު ފަންނާނުން ހިމެނެއެވެ.

ބިރުވެރި ވާހަކަ ސީރީޒްގެ ޓީޒާގެ މަންޒަރެއް

އެގޮތުން އިއްޔެ އާއްމުކޮށްަފއިވާ މި ސީރީޒްގެ ފުރަތަމަ ޓީޒާއަށް ބަލާއިރު، ފެނިގެން ދަނީ ލެއިން ތަތްތެޅިފައިވާ އަންހެނެއްގެ އަތެެވެ. އޭގެ ފަހުން ފިރިހެނެއްގެ ހިނިތުންވުން ފެނިގެންދާއިރު، ކުޑަކުއްޖެއް ފެނިގެން ދެއެވެ. އަދި އަނިޔާ ލިބިފައިވާ އަންހެނަކު ރޯތަން ފެނިގެން ދެއެވެ. އަދި އަންހެނަކަށް އަނިޔާ ކުރާ ތަން ފެނިގެން ދެއެވެ. އޭގެ ފަހުން ދެން ފެނިގެން ދަނީ ބިރުވެރި މަންޒަރުތަކެވެ. ޖިންނި އަވަލަވާފައިވާ މީހަކު އުޅޭ ގޮތެވެ. އިތުރަށް އެ ސީރީޒްގެ ބައެއް ތަރިންގެ ޝޮޓްތައް ފެނިގެން ދެއެވެ.

ސީރީޒް ލިއެ ޑައިރެކްޓް ކޮށްފައިވާ އިލްޔާސް ވަހީދު (އިއްލެ) އެވެ.

އޭނާގެ ފިލްމް ހައުސް އައިފިލްމްސް އިން ގެނެސްދޭ މި ފިލްމްގެ ފުރަތަމަ ލަވަވެސް ދާދި ފަހުން ވަނީ ނެރަފައެވެ. ޝައިތާނާގެ ނަމުގައި ނެރުނު އެ ލަވައަށް މިހާތަނަށް 10،000 ވިއުސް ލިބިފައި ވެއެވެ.

އިއްލެގެ މީގެ ކުރިން "ވަގުތު"އަށް ބުނީ، ހިޔާލީ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ މި ސީރީޒްގައި ޖުމުލަ 15 އެޕިސޯޑް ހިމެނޭ ކަމަށެވެ.

އެ ސީރީޒްގެ ކޮންމެ އެޕިސޯޑެއްގައި ގެނެސްދީފައިވަނީ ތަފާތު ވާހަކައެއް ކަމަށެވެ. އަދި މުޅި ޖުމުލަ ސީރީޒްގެ ސްޓޯރީލައިނާއި ކޮންމެ އެޕިސޯޑެއް ވެސް ވާނީ ގުޅި ލާމެހިފަ ކަމަށް އިއްލެ ބުންޏެވެ.

ސީރީޒްގެ ފުރަތަަމަ ލަވަ "ޝައިތާނާ" އާންމު ކުރި ނަމަވެސް، "ބިރުވެރި ވާހަކަ" ގެ އެޕިސޯޑުތައް ދައްކާނެ ވަކި ދުވަހެއް ހާމަ ކޮށްފައެއް ނުވެއެވެ.

"މީގެ ދެ އަހަރެއްހައި ދުވަސް ކުރިން އިއްލެ ބޭއްވި އޮޑިޝަނުން ހޮވުނު ކުދިން ސީރީޒްއިން ފެނިގެންދާނެ. ކޮންމެ އެޕިސޯޑެއްގައިވެސް 30 - 40 މިނެޓްގެ ދިގު މިނެއް ހުންނާނެ،" އިއްލެ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖުހާ

    އޭނާވެސް އެހާ ބިރުވެރި..އެކައްޗެއް ނޫޅެވުނު.

  2. ޖިންނި

    ތިފިލްމުގައި ޖިންނި އެއް ނުހުރޭތަ އަންހެން ކުއްޖެއްގެ ސިފައަށް ބަދަލުވެގެން
    ޖިންނިންނަކީ ވަރަށް ކުޅަދާނަ ބައެއް ކަމަށް މައުލޫމާތު ލިބޭ
    ކުޅަދާނަ ކަމުން ބޭނުން ސިފައަކަށް ބަދަލުވެސް ވާ ކަމަށްވަނީ

  3. ހެޔޮނުވާނެ

    މިފަދަ ފިލްމުތަކުން ފާހަގަވާ އެއްކަމަކީ، މުޖުތަމައަށް ދޭ މެސެޖު. މީގަ ޝައިތޯނުންގެ ކިބައިން ސަލާމަތްވުމަށް އޮތް އެންމެ ފަސޭހަ މަގަކީ ކޮބައިކަން އެއްވެސް ފިލްމަކުން ލިބޭ މެސެޖުގެ ތެރޭގަ ހިމެނިފައެއް ނުހުރޭ.