މީސް މީޑިއާގެ ސަމާލުކަމަށް އައި ހަބަރެކެވެ. ހަގީގަތް ހޯދަލަން ބޭނުންވިއެވެ. އެއީ ހަމަ އަސްލުވެސް ހިނގި ކަމެއްތޯއެވެ. ގޫގުލް ސާޗްގައި ޖަހާލުމުން ވަގުތުން އެ މައުލޫމާތު ލިބުނެވެ. އެކަމަކު އެއީ 2012 ގެ ހަބަރެކެވެ. މީގެ 10 އަހަރު ކުރީގެ ހަބަރެކެވެ.

މިއީ ސައުދި އަރަބިއްޔާއަށް މީހަކު ސްކޫލްގެ ޕްރިންސިޕަލް، ސުޕަވައިޒަރާއި ޓީޗަރުގެ އިތުރުން ދަރިވަރަކާއި ކައިވެނި ކުރި ވާހަކައެވެ. މި ވާހަކަ ނޫސްތަކުގައި ވެއެވެ. އެގޮތުން އަލް އަރަބިއްޔާ ނޫހާއި ހަވާލާދީ އެއިރު ނޫސްތަކުން މި ހަބަރު ކަވަރު ކޮށްފައި ވެއެވެ. އެ ނޫހުން މި ހަބަރު ކަވަރު ކޮށްފައި ވަނީ ސައުދީ ނޫހެއް ކަަމަށްވާ އޯކާޒްއާ ހަވާލާދީއެވެ.

އެ ނޫހުން ބުނެފައި ވަނީ އެއީ އެއިރު އުމުރުން 50 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ ފުރަތަމަ ކައިވެނިކޮށްފައި ވަނީ ތިން އަންހެނަކާއެވެ. އެއީ ސްކޫލްގެ ޕްރިންސިޕަލް އާއި ޓީޗަރެއްގެ އިތުރުން ދަރިވަރަކާއެވެ.

ފަހުން އޭނާ ވަނީ ހަތަރު ވަނަ އަންބަކު ހޮވާފައެވެ. އެ ފިރިހެން މީހާ ކައިވެނި ކޮށްފައި ވަނީ އޭނާގެ ދެން ތިބި ތިން އަންބިންވެސް މަސައްކަތް ކުރަމުންދާ ސްކޫލްގެ ސުޕަވައިޒަރަކާއެވެ.

އެ ފިރިހެން މީހާ ކައިވެނިކޮށްގެން އުޅޭ ޓީޗަރު ބުނެފައިވާގޮތުގައި، ވަޒީފާގައި އުޅޭއިރު ފިރިމީހާގެ އަނބިންނާ މުއާމަލާތް ކުރާ ގޮތް އެހެން ދަރިވަރުންނާއި ބޮޑުންނާ މެދު އަމަލުކުރާ ގޮތާ "ތަފާތު ނުވާ" ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ

    ފިރިމީހާގެ ހަތަރު އަނބިން ތިބުމަކީ ސަޢޫދީގެ މުސްލިމު އަންހެނުން ފަޚުރުވެރިވާ ކަމެކެވެ. އެއީ އެމީހުން ދެކޭ ގޮތުގައި އަނބިންނަށް ސަވާބުލިބޭ ކަމެކެވެ. އަދި އެއީ އެމީހުން ދެކޭ ގޮތުގައި ފިރިމީހާއާއި އަނބިންނާއި ޢާއިލާގެ ޤަދަރު މަތިވެރިވާ ކަމެކެވެ. އެ ސަގާފަތުގައި އެއީ މައްސަލައެއް ނޫނެވެ. އެ ސަގާފަތުގައި އެއް އަނބި އަނެއް އަނބީގެ ދަރިން ބެލުމާއި، އެއް އަނބީގެ ދަރިންނާއި އަނެއް އަނބީގެ ދަރިންނާ ދެމެދުގައި އޮންނަ އަޚުވަންތަކަމުގެ ގުޅުމަކީ ވެސް ވަރަށް ބަދަހި ގުޅުމެކެވެ.

    34
    3
  2. H

    Kobaa massala aki

    28
    4