ޕޮލެންޑަށް ނިސްބަތްވާ އަންހެނަކު ދިމާވެފައިވާ، މަދުން ނޫނީ ނުފެންނަ ސިއްހީ މައްސަލައެއްގެ ސަބަބުން އިށީންދެގެން ނީދެވޭތާ 30 އަހަރު ވީއެވެ. ޖޯއާނާ ކްލިޗް ނަމަކަށް ކިޔާ މި އަންހެން މީހާ އަލަށްވެސް އިށީންނީ އޭނާ ވަރަށް ކުޑައިރުއެވެ. އެ ވާހަކަ އަޑުއިވުނީވެސް މަންމަ ފަރާތުންނެވެ. އޭނާ އެކަން ހަނދާން ނުހުރެއެވެ.

މިހާރު އުމުރުން 32 އަހަރުވެފައިވާ އެ އަންހެން މީހާއަށް ދިމާވެފައިވާ ހާލަތުގެ ސަބަބުން މައްސަލަތައް ކުރިމަތިވަނީީ ހުޅުހުޅަށެވެ. އޭނާގެ އުނަގަނޑުގައި ވަރަށް މަދުން ނޫނީ ނުހުންނަ، ބަލިކަށި ހާލަތެއް ހުރެއެވެ. އޭގެ ސަބަބުން އޭނާގެ އުނަގަނޑުގެ ޖޮއިންޓްތަކަށް ގޮތްގޮތްވެފައިވާ، ދެ ފައި "ކޮންމެ ފަދަ ވަގުތެއްގައި ވެސް ފެއިލްވެ" ދާނެ ކަމުގެ ބިރުވެސް އޮތީއެވެ.

މި ޖެނެޓިކް ހާލަތަކީ ސްޕައިނަލް މަސްކިއުލާ އެޓްރޮފީއެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގެ މަސްތަކާއި، ހިނގާބިނގާވެ އުޅުމަށް ހީނަރުކަން އާދެއެވެ.

"އަހަރެންނަށް އިށީންދެގެން ނީދެވޭ، އަބަދު ހުންނަން ޖެހެނީ ކޮޅަށް". އޭނާ ކިޔާދިނެވެ.

އޭނާގެ ހާލަތު ސީރިއަސްއެއް ނޫނެވެ. 21 އަހަރު ވަންދެން އުޅުނީ ޕޮލެންޑްގައެވެ. އުޅުނީ އާއްމު މީހުން އުޅޭ ގޮތަށެވެ. މަސައްކަތުގައި އާއި ކިޔެވުމުގައެވެ.

"އަހަރެން ރުޅިއާދޭ، ކުރިން ކުރެވުނު ކަންތައް މިހާރު ނުކުރެވޭތީ"

އޭނާ ވަނީ 2011 ވަނަ އަހަރު އިނގިރޭސިވިލާތުގެ ސްޓެފޯޑްޝަޔަރގައި ހުންނަ ސްޓޯކް-އޮން-ޓްރެންޓް އަށް ބަދަލުވެފައެެވެ. އޭނާ އިނގިރޭސިވިލާތަށް ބަދަލުވީ އޭރުގެ ލޯބިވެރިޔާއާއެކުގައެވެ. އޭނާގެ ހާލަތު ގޯސްވީ އެތަނަށް ދިޔަ ފަހުންނެވެ. އޭގެ ފަހުން ސްޓޭންޑިންގ ވީލްޗެއަރއެއްގައި އޭނާ ވަގުތު ހޭދަކުރަން މަޖުބޫރުވީއެވެ. އޭނާ އަދިވެސް އެ ވީލްޗެއަރ ބޭނުން ކުރެއެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ ނެއިލް ޓެކްނީޝަނެއްގެ ގޮތުގައި ބިއުޓީ ބިޒްނަސްއެއް ފެށިކަމެވެ.

އިތުރަށް އޭނާ ކިޔާދިންގޮތުގައި، ދިރިއުޅުމުގެ ހުރިހާ ކަމެއްގައި އޭނާއަށް އެހީތެރިކަން ބޭނުންވާ ކަމަކަށެވެ. އެގޮތުން އޭނާއަށް ހާއްސަ ވަކިން ފާހަނައެއްވެސް ހުންނަން ޖެހޭ ކަމަށާއި، ކޮންމެ ދުވަހަކުވެސް އުޅެނީ ވޭނުގައި ކަމަށް ބުންޏެވެ.

ފަހުން އޭނާގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަރީނާ

    އެވަރުންވެސް ނޫހުގަ އޮތީ އޭނަގެ ޙާލަތު ސީރިއަސްއެއް ނޫނޭ.

    14