ކައިވެންޏަށް ތައްޔާރުވަމުންދިޔަ އަންހެން މިހާ އައީ ރުޅިއެވެ. ހައްތާވެސް ކައިވެނި ލަސްވަނީއެވެ. ފިރިހެން މީހާ ކައިވެނީގެ ހަފްލާއަށް ނައިސް އުޅުނީ ރަހުމަތްތެރިންނާއެކު މަސްތު ހާލަތުގައި ހުރެގެން ނަށާށެވެ. އެހެންވެ އެކަމާއި ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިގެން އަންހެން މީހާ ވަނީ އެހެން މީހަކާއި ކައިވެނިކޮށްފައެވެ.

ރަޖަސްތާންގެ ޗުރޫ ޑިސްޓްރިކްޓްގައި ހިނގި މި ހާދިސާގެ މައުލޫމާތު ހާމަ ކުރަމުން މީޑިއާތަކުން ބުނީ މިދިޔަ އާދީއްތަ ދުވަހު ސުނިލް އާއި އޭނާގެ ގާތް ތިމާގެ މީހުން ވަނީ އޭނާގެ ކައިވެންޏަށް އަންހެން މީހާ ދިރިއުޅޭ އަށަށް އައިސްފައި ކަމަށެވެ.

އަދި އެރޭ ނުވައެއް ޖެހިހާއިރު އޮތް ބަރާތް އަށްވެސް ފިރިހެން މީހާއަށް ނުދެވުނެވެ. އެކަމާއި ބަރާތް ވަރަށް ބޮޑަށް ލަސްވީއެވެ. ފިރިހެން މިހާ އާއި އޭނާގެ ރަހުމަތްތެރިން މަސްތުހާލަތުގައި ތިބެގެން އުޅުނީ ނަށާށެވެ.

މިއާއެކު އެ އަންހެން މީހާ އާއި އޭނާގެ އާއިލާ މިހުން ވަރަށް ބޮޑަށް ރުޅި އައެވެ. އެންމެ ފަހުން އެކަން ނިމުމަކަށްވެސް ގެންނަން ބޭނުންވިއެވެ.

އަދި އަންހެން މީހާ އެހެން މީހަކާއި ކައިވެނި ކުރުވަން ނިންމީއެވެ.

މިކަމާއި ގުޅިގެން ފިރިހެން މީހާގެ އާއިލާއިން ވަނީ މައްސަލަ ފުލުހަށް ހުށަހަޅާފައެވެ.

އެންމެ ފަހުން އަންހެން މީހާގެ އާއިލާއިން ބުނެފައިވާގޮތުގައި، އެ ކައިވެނި އެގޮތަށް ކުރުވަން ބޭނުން ނުވީ ފަހުންވެސް އެފަދަ ކަމެއް ވެދާނެ ކަމަށް ބަލާފައި ކަމަށެވެ. މިކަމާއި ދެ އާއިލާ ދެމެދު ހޫނު ބަހުގެ ހަމަލާތަކެއް ރައްދު ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު