އިންޑިއާގެ ބެންގަލޫރްގައި ހުންނަ ސްކޫލެއްގެ އަންހެން ކުދިންތަކެއް އާއްމު ތަނެއްގައި ތަޅާފޮޅާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މިޑިއާގައި އާއްމުވެއްޖެއެވެ.

މިހާރު އާއްމުވެފައިވާ ވީޑީއޯއިން ފެންނަނީ ސްކޫލް ޔުނީފޯމްގައި ތިބި ކުދިންތަކެއް، ބޭސް ބޯލް ބެޓް ހިފައިގެން ތިބެގެން އެކަކު އަނެކަކަށް އަނިޔާކޮށް، އެކަކު އަނެކަކުގެ އިސްތަށިގަނޑުގައި ހިފާ މަންޒަރެވެ.

އެ ވީޑިއޯއިން ޒުވާބު ކުރާ ތަންވެސް ފެނެއެވެ. އަދި ހަޅޭލަވާ އަަޑުއިވޭއިރު، އެކަކު އެހެން މީހެއްގެ އަތުގައި އޮތް ބޭސް ބޯލް ބެޓެއް ޖަހައިގަންނަން މަަސައްކަތް ކުރާ ތަން ފެނިގެންދެއެވެ. ސިިޑި މަތީގައި އެކަކު އަނެކަކަށް އަނިޔާ ކުރަމުންދިޔަ ދަރިވަރަކު ސިޑިން ވެއްޓޭ ތަންވެސް ފެނިގެން ދެއެވެ.

އެ ވީޑިއޯގައި އެކަން ހުއްޓުވުމަށް ބަޔަކު މަސައްކަތް ކުރާ ތަންވެސް ފެނިގެންދާއިރު، އަނެއްބަޔަކު އެ މީހުން ހުއްޓުވަން މަސައްކަތް ކޮށްފައެއް ނުވާތަންވެސް ފެނިގެން ދެއެވެ.

އަންހެން ކުދިންތަކެއްގެ މެދުގައި މި ތަޅާފޮޅުން ހިނގަން މެދުވެރިވި ސަބަބެއް ސާފެއް ނުވެއެވެ. އަދި މި ކަން ހިނގި ދުވަހެއްވެސް ސާފެއް ނުވެއެވެ.

ބެންގަލޫރޫގައި ހުންނަ އަޝޯކްނަގަރުގެ ފުލުހުން ބުނެފައި ވަނީ އެ މައްސަލައާ ބެހޭ އެއްވެސް މައުލޫމާތެއް އެ މީހުންނަށް ލިބިފައި ނުވާ ކަމަށެވެ.

އެ ސްކޫލްގެ މެނޭޖްމެންޓުންވެސް މިކަމާއި ގުޅޭގޮތުން އަދި އެއްޗެއް ބުނައެއް ނުވެއެވެ. ބައެއް މަސްދަރުތަކުން ބުނާގޮތުގައި، މިއީ ފިިރިހެނެއްގެ ކަމެއްގައި އެ މީހުންގެ ޖެހުނު މައްސަލައެކެވެ.

އެގޮތުން އެއް ސްކޫލެއްގައި ކިޔަވަމުންދާ ފިރިހެން ކުއްޖާގެ ލޯބިވެރިޔާއަށް އަށް އެންގުމަކާއި ނުލައި، އެހެން އަންހެން ކުއްޖަކު ގޮވައިގެން ބޭރަށް ދިއުމުން މައްސަލަ ހޫނުވީއެވެ. ނޫސްތަކުން ބުނީ އެ އަންހެން ކުއްޖާއަށް އެކަން އެނގުމުން އޭނާ އަނެއް އަންހެން ކުއްޖާއާ ސުވާލު ކުރިކަމަށާއި، އޭގެ ތެރެއިން ޒުވާބަކަށް ގޮސް މައްސަލަ ހޫނުވީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަލާކު

    މި ނޫސްވެރިން މި ޤައުމު ހަލާކު ކުރާނެ! ކޮބާ ތި ވީޑިއޯ އާއި ތި ޚަބަރު މި ޤައުމުގައި ފެތުރުމުގ ބޭނުމަކީ؟

    19
    1
  2. އަހަންމަދު

    ތިއީއިންޑިޔާއެއްނު! ވަރައްނާތަހުޒީބުވާނެ!

  3. މޯޑް

    އަސްލު ހަޤީގަތުގައި މީ ވަރަށް ދަށު ދަރަޖައިގެ ކަމެއްއިނގޭތޯ ވީޑިއޯ ނޫސްތަކަށްލީމަ އެކުދިންގެ މުސްތަގުބަލުގަ ހާދަ ބޮނޑު ލައްގަޑެކޭޖެހެނީ..ސިކުޑިން ވިސްނާލަބާ!

    6
    3