ވަރަށް މަދުން ނޫނީ ނުފެންނަ ދޫންޏެއް ހިމާޔަތް ކުރުމަށް، ޖަރުމަންވިލާތުގައި ބުޅާތައް ތިން މަސް ދުވަހަށް ގޭ ބަންދު ކޮށްފިއެވެ.

ޖަރުމަނުގެ ހުޅަނގު ދެކުނުގެ ރަށެއް ކަމަށްވާ ވޯލްޑޯފްގެ ކަމާބެހޭ ފަރާތްތަކުން ވަނީ، ބުޅާ ގެންގުޅޭ ފަރާތަކަށް އޯގަސްޓް މަހުގެ ނިޔަލަށް ބުޅާތައް ގޭތެރޭގައި ބޭތިއްބުމަށް އަންގާ ގަރާރެއް ނެރެފައެވެ. މިއީ އެ ދޫނި ބިސް އަޅާ މޫސުން ކަމަށް ކަމާއި ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

މިއީ ކްރަސްޓެޑް ލާރކް ސަލާމަތްކުރުމަށް އެހީތެރިވެދޭ ގޮތަށް ހެދި ގަވާއިދެއް ކަމަށް މީޑިއާތަކުން ބުނެފައި ވެއެވެ. މިގަވާއިދުގެ ސަބަބުން ހާލި ބިންމަތީގައި ހަދާ މި ދޫނިތައް ބިސް އަޅައި، ބިސްތައް ފީކުރުމުގައި އުޅޭއިރު، ބުޅާލުގެ ޝިކާރައަކަށް ނުވާނެއެވެ.

ހުޅަނގު ޔޫރަޕުގައި މި ދޫނީގެ އާބާދީ ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

ވޯލްޑޯފްގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، އެހެން ކަންތައްތަކުގެ ތެރޭގައި، މި ބާވަތްތަކުގެ ދިރުން ބިނާވެފައި އޮންނަނީ ކޮންމެ ދޫންޏެއްގެ މައްޗަށެވެ.

މި ގަރާރުގައި ވަނީ އެ ސިޓީގެ ދެކުނުގެ ހުރިހާ ހިސާބެއްގައި ހިނގާނެއެވެ. އަދި ކުރިއަށް އޮތް ތިން އަހަރު ވެސް މި ގަރާރު ތަކުރާރުކުރާނެ ކަމަށް ބުނެފައި ވެއެވެ.