ޑޮކްޓަރުގެ އެޕޮއިންޓްމެންޓެއްގައި ރުއި ކަމަށް ބުނެ އެމެރިކާގެ އަންހެނަކު 40 ޑޮލަރު (ގާތްގަނޑަކަށް 616 ރުފިޔާ) ދައްކަން ޖެހިއްޖެއެވެ.

މަޝްހޫރު ޔޫޓިއުބް އަދި އިންޓަނެޓް ޝަހުސިއްޔަތެއް ކަމަށްވާ ކެމިލް ޖޯންސަން ޓްވިޓާގައި ވަނީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮގެ މެޑިކަލް ބިލްގެ ފޮޓޯއެއް ހިއްސާކޮށް، "ބްރީފް އިމޯޝަނަލް/ބިހޭވިއަރަލް އެސެސްމެންޓަކަށް" އޭނާގެ ކޮއްކޮއަށް ޗާޖް ކުރި ކަމަށް ބުނެފައެވެ.

އޭނާ ބުނެފައިވާގޮތުގައި ކޮއްކޮއަކީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ޖެހިފައިވާ ކުއްޖެކެވެ. އަދި އޭގެ ސަބަބުން ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އެހީތެރިކަމާއި އަޅާލުން ބޭނުންވެފައިވާ ކަަމަށް ބުންޏެވެ.

އާއްމުކޮށްފައިވާ މެޑިކަލް ބިލް އިން ދައްކާ ގޮތުގައި ޖޯންސަންގެ ކޮއްކޮ ވަނީ އޭނާގެ ހާލަތު ހުރި ގޮތުން މިދިޔަ ޖެނުއަރީ މަހު ޑޮކްޓަރަށް ދައްކާފައެވެ. މި ޒިޔާރަތުގެ އެކި ހަރަދުތަކުގެ ތެރޭގައި ވިޝަން އެސެސްމަންޓް ޓެސްޓެއްގެ އަގު 20 ޑޮލަރު ނަގާފައިވާ ކަމަށް ދައްކާއިރު، 15 ޑޮލަރުގެ ހީމޮގްލޮބިން ޓެސްޓަށް ނަގާފައި ވެއެވެ. ކެޕިލަރީ ބްލަޑް ޑްރޯއެއް 30 ޑޮލަރަށް އަދި ޕްރިވެންޓިވް ހެލްތު ސްކްރީނިންއެއް ހެދުމަށް 350 ޑޮލަރު ނަގާފައި ވެއެވެ. އެކަމަކު ޖޯންސަންގެ ސަމާލުކަން އަތުލި އެއްޗަކީ ރުއި ކަމަށް ބުނެ 40 ޑޮލަރުގެ ޗާޖެއް ނެގި ނެގުމެވެ.

އެ ޓްވީޓްގައި 25 އަހަރުގެ މި ޒުވާނާ ލިޔެފައިވާ ގޮތުގައި، ރުއީ ކީއްވެކަމެއް ބެލުމެއް، އެއްވެސް ދިރާސާއެއް ހެދުމެއް ނެތި، އެއްވެސް ޕްރިސްކްރިޕްޝަނެއް، އެއްވެސް އެއްޗެއް ނުހަދާ 40 ޑޮލަރު ވަނީ ނަގާފައެވެ.

އެ ފޮޓޯއަށް އެތައް ބައެއްގެ ސަމާލުކަން ލިބުނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޕިސް

    40 ޑޮލަރ 616.80 ރުފިޔާ

  2. Anonymous

    އެހެންވީމަ މިހާރު ރާއްޖޭގަވެސް ޑޮލަރެއްގެ ރޭޓް މިއުޅެނީ 54 ރުފިޔައިގަތާ.