ބޮލީވުޑުގެ ސްޕަރ ސްޓަރ ސަލްމާން ޚާން އެކަކާއި އެކު މާގިނަ ދުވަހު ނޫޅެވޭނެ ކަމަށް ބުނެފިއެވެ.

1989 ވަނަ އަހަރުގެ ފިލްމު ''މެއިނޭ ޕިޔާރު ކިޔާ'' އިން ފެށިގެން މިއަދާއި ހަމައަށް ވެސް ސަލްމާނަކީ އެތައް އަންހެން ކުދިންނެއްގެ ހިތްތަކުގައި ރަސްކަން ކުރަމުން އަންނަ ފަންނާނެކެވެ.

ނަމަވެސް އަދި ވެސް ސަލްމާން ހުރީ ކައިވެންޏެއް ނުކޮށްކަން ސަލްމާން އެނގޭ ހުރިހާ ފަރާތްތަކަށް ވެސް ސިއްރު ކުރެވިފައެއް ނެތެވެ.

ސަލްމާންއާއި ''މައިނޭ ޕިޔާރު ކިޔާ'' ގެ ބަތަލާ ބަގިޔާޝްރީ ޔޫޓިއުބުގެ ޗެނަލްއަކަށް ދިން އިންޓަވިއުއެއްގައި ބަގިޔާޝްރީ ބުނެފައިވަނީ ސަލްމާނަށް ރަނގަޅު އަންހެން ކުދިން ކަމުނުދާ ކަމަށެވެ. އެފަދަ ކުދިން ދެކެ ވަރަށް އަވަހަށް ފޫހިވާ ކަމަށެވެ.

ބަގިޔާޝްރީ ގާތުގައި ސަލްމާން މި ބުނި ބުނުން އަދި ވެސް އޭނާގެ ހަނދާނުގައި ހުރިކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ބަގިޔާޝްރީ މިހެން ބުނުމުން އެކަމަށް އެއްބަސްވެ ސަލްމާން ވެސް ބުނެފައިވަނީ އޭނާއަށް މާގިނަ ދުވަހު އެކަކާއި އެކު ލޯބީގެ ގޮތުން ގުޅިގެން ނޫޅޭވޭނެ ކަމަށެވެ.

އެކަކާއި އެކު މާގިނަ ދުވަހު އުޅެން މަސައްކަތް ކުރި ނަމަވެސް އެ ގުޅުމަކަށް ފޫހިވާ ކަމަށާއި އެކަމުގެ ސަބަބުން އެއްވެސް އަންހެނަކު ސަލްމާނާއި މާބޮޑަށް ކައިރި ނުކުރާ ކަމަށް ވެސް ސަލްމާން ބުނެފައިވެއެވެ.

ސަލްމާންގެ މި ވާހަކަތައް ހިއްސާ ކުރުމުން ބަގިޔާޝްރީ ބުނެފައިވަނީ ސަލްމާން އަންހެން ކުދިން ފަހަތުން ދުވުމަށް ވުރެ ސަލްމާންގެ ފަހަތުން ދުވާ އަންހެން ކުދިން ގިނަ ކަމަށެވެ.

އަދި ސަލްމާނަކީ އޭނާގެ އާއިލާ ދެކެ ވަރަށް ލޯބިވާ މީހަކަށް ވާތީ އޭނާގެ ހަޔާތަށް އަންނަ އަންހެނެއް ދެކެ ވެސް ވަރަށް ލޯބިވާނެ ކަމަށް ވެސް ބަގިޔާޝްރީ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޕޮގުބާ

    ތީ އެއްވެސް ތާކުންތާކު ޖެހޭ މީހެއް ނޫން

    13
    2
  2. މުބީނު މާރނީ

    ރާ ބޯ މީހުންނަކީ ވަރަށް އެހެން ފާޑެއްގެ ބައެއް. އެމީހުން ގެ ކިބައިގައި ޑިޕްރެޝަން ނުވަތަ މާޔޫސް ބަލި ވެސް ހުންނަ ކަމެއްވޭ. އެމީހުންނަކީ އަންހެނުން ގައިގައި ތަޅާ ވެސް ބައެއް. ފަތް ބޯ މީހުންނަކީ ވެސް އެފަދަ ބައެއް. އެމީހުންނަށް ރަނގަޅާ ނުބައި ވަކި ކުރާކަށް ނޭންގޭނެ. މަތީގައި ބުނެފައި މީހުންގެ ތެރެއިން ވަރަށް މަދު ބަޔަކާއި ނޫނީ ވާހަކަ ދައްކާލާ ވެސް ނޫޅެވޭނެ. ސަލްމާން އަކީ ރާ ބޯ މީހެއް. ވީމާ ރަލުގެ އަސަރު ލޭ ގައި ހުންނާނެ. ވީމާ ނޯމަލް މީހުން އުޅޭގޮތަކަށް ނޫޅެވޭނެ.

    4
    2
  3. ޝާނީ

    ސަލްމާން އަކީ ކުރިން ރާބުއި މީހެއް ނަމަވެސް މިހާރު އެކަންވަނީ އެއްކޮން ހުއްޓާލާފަ

    3
    5
  4. Anonymous

    އޭނާ ރާބުއިން ހުއްޓާލި ކަމުގެ ދަލީލަކީ ކޮބާ؟ ކޮން ދަލީލެއްގެ މައްޗަށް ތިހެން ތިބުނީ؟