އުމުރުން އެންމެ ތުއްތުއިރު ވެސް ވަރަށް ބޮޑަށް ޝައުގުވެރިއެވެ. މަންމަ ބުނާ ގޮތުންނަމަ އުމުރުން ދެ ތިން އަހަރުގައި ވެސް ކުލަޖެއްސުމުގެ ކަންކަމުގައި އުޅުނެވެ. އެއިރުން ފެށިގެން މިކަމަށް ހުއްޓުމެއް ނާދެއެވެ. އެއިރު ކުޑަކުޑަ ފޮތެއްގައި ކުލަޖެއްސިޔަސް، މިހާރު ބޮޑެތި ފާރުތަކުގައި ވެސް ކުރަހަނީއެވެ. ކުލަ ވެސް ޖައްސަނީއެވެ. އެކި ޑިޒައިންތަކާއި، އެކި މަންޒަރުތަކުގެ ކުރެހުމެވެ. މިއީ އއ. ތޮއްޑޫއަށް އުފަން އުމުރުން 26އ.ގެ އަލީ އާޒިމް (ޒިމް)ގެ އެންމެ ކުރު ގޮތަކަށް ދެވޭނެ ތައާރަފެވެ.

ރަށު ސްކޫލްގެ އިތުރުން މާލެ ސްކޫލްތަކުގައި ވެސް ތައުލީމް ހާސިލް ކުރި އާޒިމް ބުނި ގޮތުގައި، އޭނާ ހަނދާން ހުންނަ ގޮތުގައި ފެށުނީއްސުރެ ކުރެހުމާއި، ކުލަޖެއްސުމުގެ ކަންކަމުގައި އުޅެއެވެ.

"ހަނދާން ފެށީއްސުރެ ކުރަހަން، މަންމަ ބުނި އެލްކޭޖީ، ޔޫކޭޖީ ހިސާބުގައި އޭރުވެސް، ކުރަހާ ކުލަޖައްސަން ވަަރަށް އިންޓްރެސްޓް ހުންނަކަން ފާހަގަކުރެވޭ. އެހެންވީމަ ވަކި ހަނދާނެއް ނެތް މިވެނި ހިސާބަކުއޭ އެންމެ ކުރަހާ ހިތްވީ"

އެހެންކަމުން އޭނާއަކީ އަބަދުވެސް އާޓްގެ މަސައްކަތުގައި އުޅޭ ޒުވާނެއްކަން މި ވަނީ އެނގިފައެވެ. އެކަމަށް ހިތްޖެހިގެން ވެސް މިހާރު ވަގުތު ލިބޭތީ، އެ އުޅެނީ ކުރެހުންތައް ކުރަހައިގެން އެކަމުން އާމްދަނީ ހޯދައިގެންނެވެ. މިވަގުތު އޭނާ ވަރަށް "ފްރީ" ކޮށް ހުރީމަ އާއި ވެސް އެއްކޮށްންނެވެ.

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގައި، ކެބިން ކްރޫއެއްގެ ވަޒީފާ އަދާކުރަމުންދާ ޒިމް ބުނިގޮތުގައި، އޭނާ ކުޑައިރުގެ އެންމެ ހަނދާން ވަނީ އިމާދުއްދީން ސްކޫލްގެ ގްރޭޑް ތިނެއްގައި އުޅުނުއިރު، އޭނާގެ ކުރެހުންތައް ފެނިގެން ޓީޗަރުން ހައިރާން ވެގެން އުޅުނު ކަމެވެ. މިއީ އޭނާއަށް ކުރެހުމުގެ ހުނަރު ހުރިކަން އެނގުނު ހިސާބެވެ. އަދި އެކަމާ އެއިރު ވެސް އޭނާ ވަރަށް ބޮޑަށް ފަހުރުވެރިވިއެވެ.

ޒިމްގެ މަސައްކަތުގައި

"އެއިރު ވެސް ބޭނުން އެއްޗެއް މިހެން ކުރަހާށޭ ބުނީމަ ކުރެހެނީ، ކަނޑު އަޑީގެ އެއްޗެހި، މޫދު، ދެން މީހުންގެ މޫނު، ލޮލާއި ތަންތަން ޕާސްޕެކްޓިވް ދިމާވާ ގޮތަށް، މީހުން ވަރަށް ހައިރާންވާނެ އެފަދަ ކުރެހުންތައް ފެނުނީމަ، މިއީ އަނެއްހެން އައިބު ނުވާ ގޮތަށް، އަދި އެއްޗެއް ނުބަލާ އާއްމުކޮށް މީހުންގެ މޫނު ދެ ލޯ ލައިގެން ކުރަހާނީ".

ޒިމް ކިޔާދިންގޮތުގައި، އޭނާ ގްރޭޑް ތިނެއްގައި އުޅުނުއިރު، އެއްޗެހި ބަލައިގެން ކުރަހަން ވަރަށް މަސައްކަތް ކުރިއެވެ. އެކަން އެކުގައި އުޅުނު ބައެއް އާއިލާ ކުދިން ވެސް ފާހަގަކުރެއެވެ.

"ފޮތްފޮތުގައި ހުންނާނެ ފޮޓޯ ދޯ. ކައިރީގައި ބައިންދައިގެން ހަމަ ކުރަހާނީ ކުރަހާނީ،ވަރަށް ވައްތަރު ވަންދެން ހަމަ ފުހެފުހެފައި ކުރަހާނީ. އެ ކަރުދާސްގަނޑު އޮންނާނީ ކިރިޔާ ހަލާކުނުވެ، އެކަމަކު އަހަރެން ހަމަ ޓްރައި ކުރާނީ". މިއީ އާއިލާ ތެރޭގައިވެސް އޮތް ހުނަރެއްކަން އޭނާ ގަބޫލު ކުރެއެވެ. އެހެން ނަމަވެސް އޭނާގެ ބޭބެ އާއި ދައްތަމެން މި މަސައްކަތުގައި ރަސްމީކޮށް އުޅޭތަން ނުފެންނަ ކަމަށް ފާހަގަކުރިއެވެ.

ޒިމްގެ ތައުލީމީ ހަޔާތުގައި އާޓްގެ ދާއިރާއިން ކުރިއަށްދާން ފުރުސަތުތައް ލިބި، އޭގެ ބޭނުން ވަރަށް ބޮޑަށް ހިފިއެވެ. ހާއްސަކޮށް އަހުމަދިއްޔާ ސްކޫލަށް ގްރޭޑް ނުވައަކަށް ދިޔަ އަހަރުން ފެށިގެން އޭނާގެ އެ މަސައްކަތްތައް ވަރަށް ބޮޑަށް ފުޅާކުރަން ފުރުސަތު ލިބުނެވެ. އެގޮތުން އެ އަހަރު ސްކޫލްގައި އާޓް ކްލަބެއް އުފައްދާ އެ ކްލަބްގެ ރައީސްކަމުގައި އޭނާ އުޅުނެވެ. އަދި އެ ސްކޫލްގެ ފަރާތުން އެއިރު އޮންނަ ހުރިހާ އާޓް މުބާރާތްތަކުގައި އޭނާ ބައިވެރި ކުރުވިއެވެ. އަދި ސްކޫލަށް އެއް ވަނަވެސް ގެނެސްދިނެވެ. އޭގެ އިތުރަށް އާޓަށް ހާއްސަ ޓިޗަރެއް ވެސް ސްކޫލުން އެ ކްލަބަށް ގެނައެވެ. އެގޮތުން އޭނާ ފާހަގަކުރީ އެ ސްކޫލަށް އާޓަށް އައި ސޯފީނާޒް ނަމަކަށް ކިޔާ ދިވެހި ޓީޗަރެވެ. އެ ޓީޗަރުގެ އާޓް ކުރިއަރުވަން ވަރަށް ގިނަ ކަންކަން ކޮށްދޭ ކަމަށް އޭނާ ކިޔާދިނެވެ.

އެގޮތުން އާޓްކްލަބްގެ ކުދިންގެ ކުރެހުންތައް، އާޓް ގެލެރީގައި މީހުންނަށް ދައްކާލަން ފުރުސަތު ދިނީވެސް އެ މިސްކަން އޭނާ ފާހަގަކުރިއެވެ. އަދި އޭނާ އެއަށް ކުރެހި ކެންވަސްއެއް އެ ހާއްސަ މައުރަޒުގެ ތެރެއިން ވިއްކާލެވުނު ކަމަށް ވެސް ބުންޏެވެ.

"އެއީ އަލަށް ވިއްކާލެވުނު ޕެއިންޓްތަކަކީ، ކެންވަސްއެއްގައި އަންޑާ ވޯޓާ ކުރަހާފައި އިންނާނީ، އަހަރެންގެ ކުރެހުމެއް ވިކިއްޖެޔޭ ބުނެވުނު ފަހަރަކީ އެއީ. އެ ކުރެހުން ވިއްކީ 800ރ އަށް". އެއިރު އުމުރުން 15 އަހަރު ކަން ފާހަގަކުރަމުން ޒިމް ބުންޏެވެ. ޒިމް ބުނީ، އެ މައުޒަށް އެކި ކުދިން ގެންދިޔަ އެހެން އެއްޗެހިވެސް އެފަހަރު ވިކުނެވެ.

އޭނާ ގްރޭޑް 10 ނިންމާލިއިރު، އާޓް މާއްދާ ޖީސީ އޯލެވެލްގައި ހެދިއެވެ. އަދި އެފަހަރު ރާއްޖެއިން އެއްވަނަ، އަދި ދުނިޔެއިން ހަތަރު ވަނަވެސް ލިބުނެވެ.

އޭގެ ފަހުން ޒިމް އެންމެ ފުރަތަމަ ވަނީ ތޮއްޑޫ ސްކޫލްގެ އާޓް ކިޔަވަދޭ ޓީޗަރަކަށެވެ. ގްރޭޑް އެކަކުން ހަތަކާއި ހަމައަށް އޭނާ ކިޔަވާދެމުން ދިޔައެވެ. ވަރަށް ބުރަކޮށް އޭނާ އުޅެމުންވެސް ކުރަހާ އުޅުނެވެ. އެހެން އުޅެމުން އޭނާއަށް ރަށުގެ ގެސްޓް ހައުސްތަކުގެ ކޮޓަރި އާއި އެނޫންވެސް ތަންތަނުގައި ކުރަހަން އޭނާއަށް ފުރުސަތު ލިބުނެވެ.

އޭނާގެ އެތައް ކުރެހުމެއް، މިހާރުވެސް ފެންނަން އެބަހުއްޓެވެ. ހުޅުމާލެ އާއި މާލެ ރެސްޓޯރެންޓްތަކާއި، ކެފޭތަކުގައިވެސް އޭނާގެ ކުރެހުންތައް ފެންނާނެއެވެ. އަނެއްކާ ތޮއްޑޫގެ ގެސްޓް ހައުސްތަކަށް ބަލާއިރު، އޭނާގެ މޮޅެތި ކުރެހުންތައް ފެނިގެން ދެއެވެ.

ޒިމް އިތުރަށް ކިޔާދިންގޮތުގައި، އޭނާ ކެބިން ކްރޫއަކަށްވުމަށް، މޯލްޑިވިއަންގެ އިންޓަވިއުއަށް ދިއުމުން ވެސް އޯލެވެލްގައި އާޓްއިން ދުނިޔެއިން ހަތަރު ވަނައަށް ގޮސްފައި ހުރި ކުއްޖަކު ކެބިން ކްރޫއަކަށް ވާން ބޭނުންވީ ކީއްވެގެންތޯ ސުވާލު ކުރިއެވެ.

"އަހަރެން ބުނިން، މޯލްޑިވިއަންގައި އުޅުނަސް، ފްލައި ކުރިޔަސް، ކުރަހަން ބޭނުންވާ މީހެއްވެއްޖެޔާ ކުރަހާނެއޭ. މިސާލަކަށް އޮފް ދުވަހު އެކަން ކުރެވޭނެ. އޯލް މޯސްޓް ސިކްސް އިޔާސްގައި މޯލްޑިވިއަންގައި މި އުޅުނީ، ފްލައިކޮށްފައި އައިސް ޗޭންޖްކޮށްލައިގެން އެބަދަން ކެފޭ ތަކުގެ ވޯލްތަކުގައި ކުރަހަންވެސް". އެއިރު އެހާ ބިޒީކޮށް އުޅެމުންވެސް އެކަންކަމުގައި އޭނާ އުޅުނީވެސް އާޓްއަށް އޮންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުންނެވެ.

މިވަގުތު ޒިމް ހުރީ ވަޒީފާއިން ކުޑަ ބްރޭކެއްގައެވެ. އޭނާ ދަނީ ކުރެހުމުގައި ލިިބޭ ފުރުސަތުތަކުގެ ބޭނުން ހިފައިގެން ކުރިއަށް ދަމުންނެވެ. އިންސްޓަގްރާމް މެދުވެރިކޮށް އޭނާއަށް މެސެޖްކޮށްގެން، އޭނާ ލައްވާ ކުރެހިދާނެއެވެ.

ޒިމް މިހާރު ކުރާ މިފަދަ މަސައްކަތްތަކުގެ ތެރޭގައި ތުއްތު ކުދިންނަށް ހާއްސަކޮށް ވޯލް ޕެއިންޓިންގ ހިމެނެއެވެ. އޭގެ އިތުރުން ޓީޝާޓް ފަދަ އެއްޗެހީގައިވެސް ކުރެހުމުގެ މަސައްކަތް ވެސް ކުރެއެވެ..

ޒިމްގެ އިންސްޓަގްރާމްގައިވެސް އޭނާގެ އެތައް މަސައްކަތެއްގެ މަންޒަރުތައް ފެނިގެން ދެއެވެ. ކޮންމެ މަސައްކަތެއްވެސް ތަފާތެވެ. ހުނަރުވެރިކަން ވަރަށް ބޮޑަށް ފެނިގެން ދެއެވެ. ބައެއް މަސައްކަތްތައް ފެނިފައި އަޖައިބާވަރުވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Zims fan

    Yes, it's true cause zim is the best artist that I have seen.

    26
    8
  2. ސަސ

    އިސްލާމް ދީނަށް އޮތް ލޯބި ތިހާ ބޮޑުނަމަ މާ ފައިދާކުރާހުއްޓެވެ. އެއީ އާޚިރަތް ގަބޫލުކުރާ އަދި ރަސޫލާގެ ރިސާލާތު ގަބޫލުކުރާ އެންމެހާ ބަޔަކަށް ކަށަވަރު ކަމެކެވެ. ހަގީގީ ކުރިއެރުމަކީ އެއީއެވެ.

    45
    13
    • ހެލޮ

      kon kamakah dheen naganee keeve. mee ey dhivehinge mahsala akee

      16
      14
      • ސސ

        ދީން ނޭނގޭތީ ތިހެން ތިޔަ ބުނެވެނީ. އިސްލާމްދީނުގައި އިންސާނާގެ މުޅި ހަޔާތުގެ ހުރިހާކަމެއް އެކުލެވިގެންވޭ.. އަދި ދުނިޔޭގެ ހަޔާތުގައި ކަންކަން ތަރުތީބު ކުރަންޖެހޭގޮތާއި މިންވަރު އަދި އިސްކަންދިނުމުގައި އިންތަކަކާއި މިންތަކެއް ކަނޑައަޅުއްވަފައިވޭ. އިސްލާމް ދީނަކީ އެހެން ދީންތައްފަދަ އުނި ދީނެއް ނޫން.

        21
        7
  3. Anonymous

    ކުރާ ބޭކާރު ކަންކަން
    ޒިމް ކީމަ ނިކް ނޭމްވެސް ކަމަކު ނުދޭ

    12
    24
  4. ނާލި

    ލޮލް

    12
    8
  5. Zims fan

    އާޓިސްޓެން ކަމުގައި ވިޔަސް ދީނަށް ލޯބި ކުރާ މީހުން ހުރޭ. 😊