އިންޑިއާގެ މަދްޔާ ޕްރަދޭޝްގައި ގެއްލިގެން ހޯދަމުންދިޔަ ސިކުނޑި ހަމަނުޖެހޭ އުމުރުން 65 އަހަރުގެ ފިރިހެނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. އެ މީހާއާ މަރުވެފައި އޮއްވާ ފެނުނުއިރު، އޭނާ ކައިރިން "ނަމަކީ މުހައްމަދު" ތޯ މީހަކު ސުވާލު ކުރާއިރު، ޖަވާބު ދޭން އުނދަގޫވުމުން އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާއްމުވެފައެވެ. މިހާރު އެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.

އެ ވީޑިއޯގައި އެ މީހާއަށް އަނިޔާ ކުރާ މީހާވެސް ވަނީ ދެނެގަނެވިފައެވެ.

އެ ވީޑިއޯއިން ފެންނަ ހަމަލާދިން މީހާއަކީ ދިނޭޝް ކުޝްވާހާ ނަމަކަށް ކިޔާ މީހެެކެވެ. ކުޝްވާހާ އަކީ ބީޖޭޕީގެ ކުރީގެ ކޯޕަރަޓައިޓަރެއްގެ ފިރިމީހާއެވެ.

ފުލުހުން ބުނެފައިވާގޮތުގައި، އުމުރުން ދުވަސްވީ ބަންވަރުލާލް ޖެއިނަކީ ރަތުލަމް ޑިސްޓްރިކްޓްގެ ސަރްސީ އަށް ނިސްބަތްވާ މީހެކެވެ. އޭނާ ގެއްލުނީ ރާޖަސްތާނުގައި އޮތް ދީނީ އިވެންޓަކަށް ކުރި ޒިޔާރަތަކަށް ފަހު މި މަހުގެ 15 ވަނަ ދުވަހު ކަމަށް ބުނެފައި ވެއެވެ.

އޭނާ ގެއްލިގެން ހުށަހެޅި ޝަކުވާއަކާއި ގުޅިގެން ފުލުހުން ވަނީ އޭނާގެ ފޮޓޯތަކާއެކު އެލާޓަށް ގެެނެސްފައެވެ.

އޭނާގެ ހަށިގަނޑު ފެނިފައިވަނީ ނީމުޗް ޑިސްޓްރިކްޓްގެ މަގެއްގެ މަތިން އިއްޔެގެ ވަގުތެއްގައި ކަމަށް ވެއެވެ. އަދި އޭނާގެ ހަށިގަނޑު ވަނީ އާއިލާއާ ހަވާލުކޮށްފައެވެ.

އާއިލާއަށް އެ ވީޑިއޯގެ ކަންތައް އެނގުނީ މާ ފަހުންނެވެ. އެ ވީޑިއޯއިން ފެންނަނީ ޖައިން ބެންޗެއްގައި އިށިންދެގެން އިންދާ ކުޝަވަހާ ނަމަކަށް ކިޔާ މީހަކު އައިސް އޭނާ ކައިރިން "ނަމަކީ ކޮބާތަ؟. މުހައްމަދުތަ؟. އަހާ ތަނެވެ. އަދި އޭނާގެ މޫނު މަތީގައި ޖަހައެވެ. "ނަން ރަނގަޅު ބުނެބަ. އަދަރު ކާޑު ދައްކަ".

އެ ވީޑިއޯއިން އެ އުމުރުން ދުވަސްވީ މީހާ އޭނާއަށް ކޮންމެވެސް އެއްޗެއް ދޭން އުޅޭ ތަން ފެނެއެވެ. އެހެން ނަމަވެސް އޭނާ އެ މީހާއަށް އެކި ގޮތްގޮތުން ވަރަށް ބޮޑަށް އަނިޔާ ކުރެއެވެ. އެ ވީީޑިއޯއިން އެ ފިރިހެން މީހާގެ ހާލަތު އޭނާއަށް ނޭނގޭ ހިސާބަށް ގޮސްފައި ހުރިކަން އެނގެއެވެ. އޭނާ ފަހުންވެސް އެ މީހާއަށް ކޮންމެވެސް އެއްޗެއް ދިނުމަށް ގަމީހު ފަހަތުގައި ހުރި ދަބަހެއް ކަހަލަ އެއްޗަކުން، ނަގަން އުޅެއެވެ. އެހެން ނަމަވެސް އެ މީހާ އަނިޔާ ކުރާތީ އެކަން ނުކުރެވެއެވެ.

އެެ މައްސަލަ އާއިލާއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    އިންޑިޔާގައި މިޒާތަށް ހިންގާ ހަރަކާތްތަކަށް، ޙައްޤު އަދަބު ނުދޭތީ މިކަން ކުރާ ބަޔަކަށް ވަނީ ވަރަށް ބޮޑަށް ހިތްވަރު ލިބިފައި. އެހެންކަމުން އެއްވެސް މަޢުލޫމާތެއް ނެތި، ހަމައެކަނި ބުއްދީގެ ވިސްނުމަކުން އަޅުގަނޑު މިދަންނަވަނީ އިންޑިޔާގެ ވެރީން ވަނީ ހިންދީންނަށް، މުސްލިމުން މަރަން ހުއްދަކޮށްފައޭ.

    35
    2
  2. މަރީނާތު

    މީ ހައްދުފަހަނަ އެޅުމެއް ނޫން. މިވަރުގެ ނުބައި ހިންދޫންގެ އަތް ދަށަށް މިޤޢުމު ގެންދަން އަންނި މިއުޅެނީ

    24
    1
  3. ބޭކާރު

    ތި ހަބަރުން ދެ ރަަށެއްގެ ނަރުދަމާ އެޅޭޅެނެތަ..ބުނެބަލަ..

    2
    15