ދެކުނު ކޮރެޔާގެ އެކްޓަރ ލީ ޑޮން ވުކް ކައިވެނި ކުރަން އެންމެ ބޭނުންވާ އަންހެން ކުއްޖެއްގެ ހުންނަން ޖެހޭނެ ސިފަތަކާއި ކައިވެނި ކުރާނެ ދުވަހާއި ބެހޭގޮތުން ވާހަކަ ދައްކައިފިއެވެ.

ޔޫޓިއުބް ޗެނަލްއެއް ކަމަށްވާ ''ސްޓޫޑިއޯ ވެފްލް'' އަށް ވުކް ދިން އިންޓަވިއުއެއްގައި އެންމެ ކަމުދަނީ ކޮންވައްތަރެއްގެ އަންހެން ކުދިންނެއް ތޯ ސުވާލު ކުރިއެވެ.

''އަހަރެން އެންމެ ބޭނުންވާ މީހާގެ ވަކި ހާއްސަ ސިފަތަކެއް ހުންނާކަށް ނުޖެހޭ. ނަމަވެސް ކުރު އިސްތަށިގަނޑަކާއި އެކު ވެސް ރީތި މީހެއް ނަމަ އަހަރެންގެ ހިތް ކިޔާނެ'' އިންޓަވިއުގެ ސުވާލަށް ޖަވާބު ދެމުން ލީ ޑޮން ވުކް ބުންޏެވެ.

ކައިވެނި ކުރަނީ ކޮން އިރަކުންތޯއާއި އިންނަން ބޭނުންވާ މީހާއާއި ދިމާވާން ބޭނުންވަނީ ކިހިނެއް ތޯ ވެސް ސުވާލު ކުރިއެވެ. އެ ސުވާލަށްވެސް އޭނާ ޖަވާބު ދީފައި ވެއެވެ.

''އަހަރެން ހިތަށް އަބަދުވެސް އަރާ މާ ޑުރާމާ ބޮޑުކޮށް ނޫން ގޮތަކަށް އަހަރެންގެ ހަޔާތުގެ ބައިވެރިޔާއާއި ދިމާވާން. މަތިންދާބޯޓުގައި ދަތުރު ކުރާއިރު ހިތަށް އަރާ ޖެހިގެން އިން ސީޓުގައި އަހަރެންގެ ހުވަފެނީ އަންހެން ކުއްޖާ އައިސް އިށީންނާނެ ނަމައޭ'' ވުކް ބުނެފައިވެއެވެ.

ކައިވެނި ކުރާނީ ކޮން ދުވަހަކުން ތޯ އެހުމުން ލީ ޑޮން ވުކް ބުނެފައިވަނީ އުމުރުން 50 އަހަރުވުމުގެ ކުރިން ކައިވެނި ކުރާނެ ކަމަށެވެ.

ލީ ޑޮން ވުކްގެ އުމުރުން މިހާރު 40 އަހަރުވެއްޖެއެވެ.

ލީ ޑޮން ވުކްގެ ޑުރާމާތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ޑުރާމާއަކީ ގޮންގް ޔޫއާއި އެކު ކުޅެފައިވާ ''ގޮބްލިން'' އެވެ. އޭގެއިތުރުން ''ޓޭލް އޮފް ދަ ނައިން ޓެއިލްޑް'' ޑުރާމާ ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަބީޙް

    ބުނާއިރު އެކަމަނާ ރީތީ ކުރިއްޔާމުންނެ އިސްތަށިފުޅު
    ހުރީމާ ވޭހެ ބާކީބައި ފަސާދައިގާ މޮޑެވި ހިތްޕުޅު
    މިޒާތުގެ ދެއުޅިނެތް ބަސްތައް ނެތޭ ބޭނުން އަހާ ކަށް އަދު
    ތިމާ ކީއްތޯ ކުރެއްވުން ދަސް އެ އުޚުތުން ވާ ޙަޤީޤީ އަގު.

    3
    3
  2. ޝީޒާ

    ދެން މީނަޔައް ކަމުދާނީވެސް ކުޑަކޮށް ފިރިހެން ވައްތަރަށް ތިބޭ އަންހެނުންތާ. މީނަ ހީވަނީ އަންހެން ކުއްޖެއްހެން ވީއްޔާ

    1
    4